Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިދިކޮޅު ކޯލިޝަންގެ \"އިންޑިއާ އައުޓް\"

އިދިކޮޅުން ދައްކާ "ސިޔާސީ ބަހަނާ"!

އިދިކޮޅު ކޯލިޝަނުން ވަނީ "އިންޑިއާ އައުޓް" ކެމްޕެއިން އެއް ފަށާފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 13 އޮކްޓޯބަރު 2020 | އަންގާރަ 17:34
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު، އިކޮޅު ކޯލިޝަން ޕީއެންސީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ކުރީގެ ދިފާއީ ވަޒީރު އާދަމް ޝަރީފް

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު، އިކޮޅު ކޯލިޝަން ޕީއެންސީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ކުރީގެ ދިފާއީ ވަޒީރު އާދަމް ޝަރީފް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ވެރިން، ނުވަތަ މިހާރު އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ އިސްވެރިން ދައްކަވާ ވާހަކަތައް ފެންނަނީ އެއްވެސް ކޮޅެއްގައި ނުޖެހި، ތާކުންތާކު ނުޖެހޭ "ސިޔާސީ ބަހަނާ" ތަކެއް ގޮތުގައެވެ. ތޯތޯ ވާހަކަތަކެއްގެ ގޮތުގައެވެ.

މިހާރު އެންމެބޮޑަށް ރަށުތެރޭގައި އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ލީޑަރުންނާއި އެކޯލިޝަނަށް ތާއީދުކުރާ ފަރާތްތަކުން ދައްކަމުންދާ އެއްވާހަކައަކީ އަދި ކުރަމުންދާ ކެމްޕެއިނަކީ "އިންޑިއާ އައުޓް" އޭ ކިޔާ ހިންގަމުންދާ ކެމްޕެއިނެވެ.

ތައުލީމީ ދާއިރާގެ ގިނަ ދުވަހު ހިދްމަތް ކުރެއްވުމަށްފަހު، ރައީސް ޔާމީންގެ ވެރިކަމުގައި، ޑިފެންސް މިނިސްޓަރުކަން ކުރެއްވި އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރުު އާދަމް ޝަރީފްއަކީ އިދިކޮޅު ކޯލިޝަނުގެ އެންމެ އިސްލީޑަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ބޭފުޅެކެވެ. އާދަމް ޝަރީފްއަކީ ދިފާއީ ވަޒީރުކަން ކުރެއްވި ބޭފުޅަކަށްވާތީ، ގައުމީ ސަލާމަތާ ގުޅުންހުރި ކަންކަންވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ގަބޫލު ކުރެވެއެވެ.

އެކަމަކު، އާދަމް ޝަރީފާއި، އެމަނިކުފާނުގެ ކޯލިޝަނުގެ އިސްވެރިން، ރައީސް ޞާލިހު ވެރިކަމާ ހަވާލުވެވެވަޑައިގެންނެވިފަހު، އިންޑިއާއަށް ނަފްރަތުކޮށް، އިންޑިއާއިން ވެދެމުން ގެންދާ އެހީތަކާ ދެކޮޅަށް އަޑު ނޫފުލާ ހަމަ އެއްމެ ދުވަހެއްވެސް ނުދެޔޭ ބުންޏަށް ދޮގަކަށް ނުވާނެ އެވެ. އަދި އެންމެފަހުން "އިންޑިއާ އައުޓް" އޭ ގޮވާލާ ބޮޑު ކެމްޕެއިނެއް ފަށައިގެން އުޅޭއިރު، ދިވެހި ގައުމު ދުނިޔޭގެ ސިޔާސީ ހަލަބޮލި ކަމުގެ ތެރެއަށް ވައްޓާލަން ދަނީ މަސައްކަތް ކުރަމުންނެވެ.

ރައީސް ޞާލިހުގެ ވެރިކަމުގައި، ރާއްޖެއާއި އިންޑިއާ އާދެމެދު ރައީސް ޔާމީންގެ ވެރިކަމުގައި އޮތް ނުތަނަވަސްކަން ފިލުވައި، ކުރިއަށް ވުރެ ގާތްގުޅުމެއް އިންޑިއާއެކެ ރައީސް ޞާލިހުގެ ސަރުކާރުން ގާއިމު ކުރުމަކީ، ސިޔާސީ ގޮތުން އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕްގެ ބޭފުޅުންނަށް ނުރައްކަލެއްކަމަށް ހީވިޔަސް، އިންޑިއާއަކީ ދިވެހި ގައުމަށާއި ދިވެހި ރައްޔިތުންނަށް އޮތް ނުރައްކަލެއް ނޫނެވެ. މިއީ ޒަމާނުއްސުރެން އޮތް ގާތް ގުޅުމެކެވެ.

އާދަމް ޝަރީފްމެންވެސް "އިންޑިއާ އައުޓް" އޭ ގޮވަމުން އެގެންދަވަނީ ކޮންމެހެން، އިންޑިއާގެ ނުރައްކާ ރާއްޖެއަށް އޮތުމަކުން ނޫންކަން އެނގެއެވެ. މިސަރުކާރުން ހިންގާ މަޝްރޫއަތަށް ހަޖަމު ނުވަނީ އެވެ. އިންޑިއާއިން އެހެން ގައުމުތަކަށް ބޭރު ނުކުރެވޭ ބޭހާއި ކާބޯތަކެތީގެ ބައެއް ބާވަތްތައް ހަމައެކަނި ރާއްޖެއަށް ހާއްސަކޮށް، ރާއްޖެއަށް ފޯރުކޮށްދެމުންދާތީ އެކަންވެސް ހަޖަމު ނުވަނީ އެވެ. އިރާނާއި ޕާކިސްތާންގެ ޑްރަގް ނެޓްވޯޓުތަކުން ރާއްޖެއަށް ގެންނަ މަސްތުވާތަކެއްޗާއި އަދި ހިންގާ ޓެރެރިޒަމްގެ އަމަލުތައް ފަދަ ޖަރީމާތަކާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި އިންޑިއާގެ އެހީތެރިކަން ލިބެމުންދާތީ ކެތްނުވަނީ އެވެ. އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ބަޔަކު ޕާކިސްތާނަށް ވަޑައިގަތް، ޕާކިސްތާނާއި ރާއްޖެއާ ދެމެދު ކާގޯ ފެރީ ނިޒާމެއް ގާއިމު ކުރެވޭނެގޮތެއް އޮތްތޯ މަޝްވަރާ ކުރެއްވިއިރު، އަދި އެގައުމުގެ އިންޓެލިޖެންސް އޮފީހަށް ވަޑައިގެންނެވިތާ ހަފްތާއެއްފަހުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑެތި ޑްރަގް ނެޓްވޯކްތައް އަތުލައިގަންނަމުންދާ އެކަމާވެސް ހިތް ހަމަ ނުޖެހޭ ބަޔަކު އުޅެއެވެ.

އިންޑިއާ އައުޓޭ ގޮވަމުންދާ ކެމްޕޭނާއެކު، އާދަމް ޝަރީފް ވިދާޅުވަނީ، ރާއްޖޭގެ ސިޔާދަތީ ބާރުތައް ގެއްލޭގޮތަށް އިންޑިއާ އާއެކު ހަދާ އެގްރީމަންޓްތަކުގެ ސަބަބުން ސަރުކާރު އިތުބާރު ގެއްލިފައިވާ ކަމަށެވެ. ކުރީގެ ދަފާއި ވަޒީކަން ކުރެއްވިޔަސް މީދެން ފުކެއް ބޮޑުވަރު ނޫންތޯ އެވެ. އާދަމް ޝަރީފްމެން މިސަރުކާރަށް އެއްބާރުލުން ދެއްވާވަރަށް މިސަރުކާރުގެ ވަޒީރަކުވެސް އެއްބާރުލުން ނުދެއްވާކަލަ ނޫންތޯ އެވެ. އެކަަމަކު ސަރުކާރުންގެ އިދާރާއަކާ ހަވާލާދީ ނޫހެއްގައި ރާއްޖެއަށް ޓޫރިސްޓުން އަންނަލެއް އިތުރުވަމުންދާތީ، ރާއްޖޭގެ އިގްތިޞާދު އަލުން ކޮޅަށް ޖެހޭ މަންޒަރު ފެންނަ ވާހަކަ ލިޔާއިރަށް އެއަށް ރައްދު ދެއްވައި އާދަމް ޝަރީފް މިވިދާޅުވަނީ، ރާއްޖެ މިދަނީ މިލިޓަރީ ޒޯނަކަށް ބަދަލުވަމުން ކަމަށާއި ފަތުރުވެރިކަމަށް އިންވެސްޓް ކުރަން މީހުން ޖެހިލުންވެ، ފަތުރުވެރިން ރާއްޖެއައުން މަދުވަމުންދާނެ ކަމަށެވެ. އެހެންކަމުން އާދަމް ޝަރީފަކީ މިސަރުކާރަށް އިހުލާސްތެރިކަމާއެކު ސަރުކާރުން އެއްބާރުލުން ދިނުމުގެ ނާމޫނާ ބޭފުޅެއް ނޫންތޯ އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިންގެ ބަޔަކު އުޅޭތީ، އެކަމާ ގަންނާ ކުރައްވާ ބިރުން، އާދަމް ޝަރީފްމެނަށް ނުވެސް ނިދެއެވެ. ލޮލުފިޔައެއް ޖަހާވެސް ނުލެވެއެވެ. ސަބަބަކީ، ހަމަ ދެންމެދެންމެ އިންޑިއާ ސިފައިން ރާއްޖެ ހިފާފާނެތީ އެވެ. ރާއްޖޭގެ މިނިވަންކަމާއި އިސްތިލާލު ބުޑުން ލުހެލައިގެން އިންޑިއާ މީހުން ގެންގޮސްދާނެތީ އެވެ. އިދިކޮޅު ކޯލިޝަނުން "އިންޑިއާ އައުޓް" އޭ ކިޔާ ކެމްޕެއިނެއް ފެށި ސަބަބަކީ ވެސް އިންޑިއާއިން ރާއްޖެ ހިފާފާނެ ކަމުގެ ބިރަށެވެ.

އެކަމަކު، އިދިކޮޅު ކޯލިޝަނުގެ މުޅި ގޭމް ޕްލޭން މިވަނީ މިސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް، އެމަނިކުފާނުގެ މޮޅު ވިސްނުންފުޅު ބޭނުންކުރައްވައިގެން އަނބުރާލައްވާފަ އެވެ.

ދައުލަތުގެ މީޑީއާ ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި، މިނިސްޓަރު ފައްޔާޒް ވިދާޅުވެފައިވަނީ، އިންޑިއާ އިން ރާއްޖެ ހިފައި، އިންޑިއާ ދަށުކޮށްލަން ބޭނުން ނަމަ އެކަން އޮންނާނީ މިހާރު ވެސް ކޮށްފައި ކަމަށެވެ.

މިނިސްޓަރު ފައްޔާޒު މިހެންވިދާޅުވާއިރު، އެއްކަލަ ކުރީގެ ދިފާއީ ވަޒީރު އަދި އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އަދާމް ޝަރީފް ކުއްލިއަަކަށް ތެދުވެވަޑައިގެން ރައްދު ދެއްވައިފި އެވެ. އާދަމް ޝަރީފް އުމަރު ވިދާޅުވަނީ ބަވަނަވެފައިވާ ދުނިޔެއެއްގައި އެއްވެސް ގައުމަކަށް ދިވެހިރާއްޖެ ނުހިފޭނެ ކަމަށެވެ. ޝަރީފް އެވެ. މި މިސަރުކާރުގެ ވެރިންނާއި ސަރުކާރަށް ތާއީދުކުރާ ދިވެހި ރައްޔިތުންވެސް އެދައްކަނީ ތިވާހަކަ ނޫންތޯ އެވެ. އެންމެފަހުން، ޝަރީފްމެންގެ ދުލުންވެސް ތިޔަވިދާޅުވަނީ ހަމަ އެވާހަކަ ނޫންތޯ އެވެ. އެހެންވީމާ، ޝަރީފްމެން އިންޑިޔާ ބަޔަކު ރާއްޖޭގައި އުޅޭތީ ކަންބޮޑުވެގެން ތިޔައުޅުއްވާ ސަބަބު ދިވެހި ރައްޔިތުންނަށް ވަރަށް ސާފް ނޫންތޯ އެވެ. ޝަރީފް ވިދާޅުވިހެން، ބަވަނަވެފައިވާ ދުނިޔެއްގައި އެއްވެސް ގައުމަކަށް ދިވެހިރާއްޖެ ނުހިފޭނެ އެވެ. އިންޑިޔާ ބަޔަކު ރާއްޖޭގައި އުޅޭތީ ކަންބޮޑު ވެގެން ތިޔަ އުޅުއްވަނީ، ހަމަ ސިޔާސީ ބޭނުމަކު ނޫން ދެން ކަމެއްގަ ތޯ އެވެ.

ޝަރީފްމެން ހެނދުނު ތެދުވެވަޑައިގަންނަވާގޮތަށް ފުރަތަމަ ތިޔަ ވިދާޅުވަނީ އިންޑިއާ އިން ރާއްޖެ ހިފައިފާނެޔޭ އެހެންވީމާ އިންޑިއާ އައުޓޭ، ހަވީރުއަތަށް އަޅާލުމުން ތިޔަވިދާޅުވަނީ، މިއީ ބަވަނަވެފައިވާ ދުނިޔެއެކޭ، އިންޑިއާ ބަޔަކު ރާއްޖޭގައި އުޅުނަސް، އިންޑިއާއަކަށް ރާއްޖެ ނުހިފޭނެ ކަމަށެވެ. އިންޑިއާ ކުރެވޭނެ ކަމެއް ވެސް ނޯންނާނެ ކަމަށެވެ. އިިދިކޮޅު ކޯލިޝަނުގެ ބޭފުޅުން ކޮންމެވެސް އެއްގޮތަކަށް ވާހަކަ ބައްޓަން ކުރަންޖެހޭ ނޫންތޯ އެވެ. އެއްފަހަރު އިންޑިއާއިން ރާއްޖެ ހިފާނެ ކަމަށް ބުނާނަމަ، އަނެއް ފަހަރު އިންޑިއާއަކަށް ރާއްޖެ ނުހިފޭނެ ކަމަށް ބުނުމަކީ ވަރަށް ދެކޮޅު ނުޖެހޭ ކަމެއް ނޫންތޯ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
ސިޔާސީ ޤައިދީންނަކީ ކޮބާ؟

ސިޔާސީ ޤައިދީންނަކީ ކޮބާ؟

02 މެއި 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
!އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަަކަ ނުދައްކާށެވެ، ސުވާލުވެސް ނުކުރާށެވެ

!އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަަކަ ނުދައްކާށެވެ، ސުވާލުވެސް ނުކުރާށެވެ

26 މާރިޗު 2017
މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

24 މާރިޗު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު