Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސާއިން ފޯވާޑެއް ނުހޯދުން

ސުއަރޭޒްގެ ބަދަލުގައި އައު ފޯވާޑެއް ނުހޯދުމަކީ ބާސާއިން ހެދި ބޮޑު ގޯހެއް: ރިވާލްޑޯ

12 އޮކްޓޯބަރު 2020 | ހޯމަ 11:37

ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސުއަރޭޒް ބަދަލުވީ ވާދަވެރި އެތުލެޓިކޯއަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 12 އޮކްޓޯބަރު 2020 | ހޯމަ 11:37
ބާސާ ދޫކޮށް އެތުލެޓިކޯއާ ގުޅުނު އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް

ބާސާ ދޫކޮށް އެތުލެޓިކޯއާ ގުޅުނު އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް

އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒްގެ ބަދަލުގައި މި ނިމުނު ޓްރާންސްފާގައި އައު ފޯވާޑެއް ނުހޯދުމަކީ ބާސެލޯނާއިން ހެދި ބޮޑު ގޯހެއް ކަމަށް އެ ޓީމުގެ ކުރީގެ ތަރި ރިވާލްޑޯ ބުނެފިއެވެ.

ބާސާއިން އުމުރުން 33 އަހަރުގެ ސުއަރޭޒް ވިއްކާލީ ސުއަރޭޒްގެ އުމުރު ދޮށިވުމާއި، އެޓީމުގެ ކޯޗު ރޮނާލްޑް ކޫމަނުގެ ޕްލޭނުގައި ސުއަރޭޒް ނުހިމެނޭތީ ކަމަށް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. ބާސާ ދޫކޮށް ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސުއަރޭޒް ބަދަލުވީ ވާދަވެރި އެތުލެޓިކޯ މެޑްރިޑަށެވެ. ރިޕޯޓުތައް ބުނާ ގޮތުން ސުއަރޭޒްގެ ސޮއި ހޯދުމަށް އެތުލެޓިކޯއިން ބާސާއަށް ހަ މިލިޔަން ޔޫރޯ ވަނީ ދައްކާފައެވެ.

މި ނިމުނު ޓްރާންސްފާގައި ބާސާއިން ވަނީ ލިޔޯނަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ފޯވާޑް މެމްފިސް ޑިޕާއި ހޯދުމަށް މަސައްކަތް ކޮށްފައެވެ. އުމުރުން 26 އަހަރުގެ ޑީޕާއި އަކީ ބާސާގެ މިހާރުގެ ކޯޗު ރޮނާލްޑް ކޫމަން، ނެދަލެންޑްސްގެ ގައުމީ ފުޓްބޯޅަ ޓީމުގައި އިރުޝާދު ދީފައިވާ ކުޅުންތެރިއެކެވެ. ކޫމަނުގެ އެދުމުގެ މަތިން ބާސާއިން މި ނިމުނު ޓްރާންސްފާގައި ޑިޕާއި ހޯދުމަށް ވަނީ މަސައްކަތް ކޮށްފައެވެ. ޑިޕާއި އަމިއްލަ ގޮތުން ބާސާއަށް ބަދަލުވުމަށް އެއްބަސްވި ނަމަވެސް، ބާސާ އާއި ލިޔޯނާ ދެމެދު ރަސްމީކޮށް އެއްބަސްވުމަކަށް އައިސްފައެއް ނުވެއެވެ.

ބާސާގެ މިހާރުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫއަށް އެންމެ ބޮޑަށް ފާޑުކިޔާ މީހުންގެ ތެރޭގައި ހިމެނޭ ރިވާލްޑޯ ބުނީ ސުއަރޭޒް ދޫކޮށްލިއިރު، ބާސާއިން އޭނާގެ ބަދަލުގައި ގެންނާނެ ކުޅުންތެރިއެއް ވިސްނާފައި ނެތުމަކީ ދެރަ ކަމެއް ކަމަށެވެ. އަދި އިތުރު ގޮތްތަކެއް ހޯދަން ދެން ވަގުތު ފާއިތުވެއްޖެ ކަމަށާއި، ކުލަބަށް ބަދަލުތަކެއް އަންނަން ޖެހޭ ކަމަށްވެސް ބުންޏެވެ. ރިވާލްޑޯ އިތުރަށް ބުނީ ސުއަރޭޒް ނެތްތަން ލީގު މެޗެއްގައި ނުދައްކަފާނެ ކަމަށާއި، އެކަމަކު ޔުއެފާ ޗެމްޕިއަންސް ލީގު ފަދަ ބޮޑު މުބާރާތެއްގައި އެފަދަ ކުޅުންތެރިއެއްގެ ބޭނުން ބާސާއަށް ޖެހޭނެ ކަމަށެވެ.

ބާސާއިން ސުއަރޭޒް ވިއްކާލިއިރު، ކޫމަނުގެ އިރުޝާދުގެ ދަށުން ބާސާއިން މިހާތަނަށް ކުޅުނު މެޗުތަކުގައި އެ ޓީމުގެ އެންމެ ކުރީގައި ހަރަކާތްތެރިވަނީ ކެޕްޓަން ލިއޮނެލް މެސީއެވެ.

ލިވަޕޫލް ދޫކޮށް 2014 ވަނަ އަހަރު 65 މިލިޔަން ޕައުންޑަށް ބާސާއާ ގުޅުނު ފޯވާޑް ހަ ސީޒަނަށްފަހު އެ ކުލަބު ދޫކޮށްލިއިރު، އޭނާ ވަނީ ބާސާއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ސުއަރޭޒް ބާސާއަށް ކުޅެދިން 283 މެޗުގައި 198 ލަނޑު ކާމިޔާބުކޮށްފައިވާއިރު، އޭނާ އަކީ ބާސާގެ ތާރީޚުގައި ތިންވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. އަދި ސުއަރޭޒް ވަނީ ބާސާއާއެކު 13 ތަށި އުފުލާލާފައެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު ހަތަރު ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ހިމެނެއެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

14 އޯގަސްޓު 2017

ރޮނާލްޑޯ އަށް 12 މެޗުގެ ސަސްޕެންޝަނެއް އައުން ގާތް!

14 އޯގަސްޓު 2017
ރޮނާލްޑޯ އަށް 12 މެޗުގެ ސަސްޕެންޝަނެއް އައުން ގާތް!
16 ޖުލައި 2017

ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް އައުމަކީ ނުވާނެ ކަމެއް: މޮރީނިއޯ

16 ޖުލައި 2017
ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް އައުމަކީ ނުވާނެ ކަމެއް: މޮރީނިއޯ
15 ޖުލައި 2017

އަނބުރާ ޔުނައިޓެޑަށް އައުމުގެ ދޮރު އިބްރާހިމޮވިޗަށް ވަނީ ހުޅުވާލެވިފައި: މޮރީނިއޯ

15 ޖުލައި 2017
އަނބުރާ ޔުނައިޓެޑަށް އައުމުގެ ދޮރު އިބްރާހިމޮވިޗަށް ވަނީ ހުޅުވާލެވިފައި: މޮރީނިއޯ
11 ޖުލައި 2017

ފޯމުގައި ޓީސީ އޮއްވާ ދިގު ބްރޭކެއް އައުމުން މައްސަލަތައް ދިމާވި: ނިޒާމްބެ

11 ޖުލައި 2017
ފޯމުގައި ޓީސީ އޮއްވާ ދިގު ބްރޭކެއް އައުމުން މައްސަލަތައް ދިމާވި: ނިޒާމްބެ
30 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: މާސެލޯގެ ލަނޑުން ރެއާލް މޮޅުވިއިރު، ސުއަރޭޒްގެ ލަނޑުތަކުން ބާސާ ވެސް މޮޅުވެއްޖެ

30 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: މާސެލޯގެ ލަނޑުން ރެއާލް މޮޅުވިއިރު، ސުއަރޭޒްގެ ލަނޑުތަކުން ބާސާ ވެސް މޮޅުވެއްޖެ
05 އެޕްރީލު 2017

އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި

05 އެޕްރީލު 2017
އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި
26 މާރިޗު 2017

މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި

26 މާރިޗު 2017
މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި
10 މާރިޗު 2017

ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

10 މާރިޗު 2017
ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި
21 ފެބުރުއަރީ 2017

ކާނަލްގެ ބަދަލުގައި ވީއޭއެމްގެ އެކްސްކޯ އަށް އައްލަ!

21 ފެބުރުއަރީ 2017
ކާނަލްގެ ބަދަލުގައި ވީއޭއެމްގެ އެކްސްކޯ އަށް އައްލަ!
27 ޖެނުއަރީ 2017

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017
ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް