Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދައުލަތުން ދޫކޮށްފައިވާ ގެރެންޓީތައް

ސަރުކާރުން މާލީ އިދާރާތަކަށް ފޯރުކޮށްދީފައިވާ ދައުލަތުގެ އައުޓްސްޓޭންޑިންގް ބެލެންސް ދިމަލެއް ނުވޭ: އޮޑިޓް ރިޕޯޓް

12 އޮކްޓޯބަރު 2020 | ހޯމަ 07:48

164 މިލިއަނަށް ވުރެ ގިނަ ރުފިޔާއަކީ ސައްހަ އަދަދެއްކަން ކަށަވަރު ކުރެވިފައެއްނުވޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 12 އޮކްޓޯބަރު 2020 | ހޯމަ 07:48
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

ސަރުކާރުން މާލީ އިދާރާތަކަށް ފޯރުކޮށްދީފައިވާ ދައުލަތުގެ އައުޓްސްޓޭންޑިންގް ބެލެންސް ދިމާ ނުވާކަމަށް އޮޑިޓު ރިޕޯޓުން ހާމަވެއްޖެއެވެ.

މިކަން މަޖިލީހުގެ ސަމާލުކަމަށް ގެންނަވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހޯމަ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ މަޖިލީހަށް ދެ އޮޑިޓު ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން ދައުލަތުގެ ގެރެންޓީތަކާއި ގުޅިގެން އެކުލަވާލެވިފައިވާ އޮޑިޓް ރިޕޯޓާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ މިނިސްޓްރީ އޮފް ފިނޭންސްގެ އައުޓްސްޓޭންޑިންގް ބެލެންސްއާއި ފައިނޭންސިންގް ފަރާތްތަކުގެ އައުޓްސްޓޭންޑިންގް ބެލެންސްގައި ފަރަގު ހުރި ކަމަށް ރިފޯޓުން ފާހަގަވާ ކަމަށެވެ. އެގޮތުން، 31 ޑިސެމްބަރު 2018 ގެ ނިޔަލަށް ބެލެންސުގެ ގޮތުގައި ހުރި 164 މިލިއަނަށް ވުރެ ގިނަ ރުފިޔާއަކީ ސައްހަ އަދަދެއްކަން ކަށަވަރު ކުރެވިފައިނުވާ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން، ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލުގެ ދަށުން ގެރެންޓީކޮށްފައިވާ ލޯނުގެ ދަށުން ހިންގޭ މަޝްރޫއުތަކުގެ ސްޓޭޓަސް ކޮންމެ ހަތަރު މަހުން އެއް ފަހަރު މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށައެޅުމަށް ބަޔާންކޮށްފައިވާއިރު ލޯނުތައް ބެލެހެއްޓުމާއި ގުޅޭ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން ދެ ގެރެންޓީއެއްގެ މައްސަލަ ފާހަގަވެފައިވާ ކަމަށެވެ.

ދެ ގެރެންޓީއެއް ބާތިލުކޮށްފައި ވާކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ގެރެންޓީގެ އެގްރީމެންޓުގެ ދެވަނަ މާއްދާގައި ވާގޮތުން ބޭންކް ގެރެންޓީއެއް ބާތިލުކޮށްފި ނަމަ އެ ގެރެންޓީ އަނބުރާ ގެނެސް ޓްރެޝަރީއާއި ހަވާލުކުރަންޖެހޭ ކަމަށެވެ. އެހެންނަމަވެސް، އެ ގެރެންޓީތަކުގެ މައުލޫމާތު ފިނޭންސް މިނިސްޓްރީއަށް ލިބިފައިނުވާކަމަށެވެ.

ރައީސް ނަޝީދު ފާހަގަކުރެއްވި ދެ ގެރެންޓީއަކީ ހުޅުމާލޭގައި 5000 ސޯޝަލް ހައުސިންގ ޔުނިޓް ޢިމާރާތްކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށްޓަކައި، 22 އޮގަސްޓް 2016 ގައި އޮޒްޓާރކް ހޯލްޑިންގސްއަށް ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ 327.8 މިލިއަން އެމެރިކާ ޑޮލަރުގެ ގެރެންޓީއެކެވެ.

ދެވަނަ ގެރެންޓީއަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި 1000 ސޯޝަލް ހައުސިންގ ޔުނިޓް ޢިމާރާތްކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށްޓަކައި، 29 ނޮވްމްބަރު 2016 ގައި ވީ ވިތް ނޭޗަރ ލަންކާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއަށް ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ 65.2 މިލިއަން އެމެރިކާ ޑޮލަރުގެ ގެރެންޓީ އެކެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް