Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޭސީސީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް

ފޯރޖްގެ ތުހުމަތަށް އޭސީސީގެ ކުރީގެ އެސްޖީގެ ރައްދު: އެއީ ކަނޑައެޅިގެން ދޮގެއް!

އެއީ އަނގަބަހުން ނަޞޭހަތްދީ ނަޞޭހަތް ދެވުނު ކަން ނޯޓުކޮށްފައިވާ ލިއުމެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 12 އޮކްޓޯބަރު 2020 | ހޯމަ 07:47
އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ ރަޝީދު- ލިއުމުގައި ސޮއިކޮށްފައިވަނީ އޭނާކަން ރާއްޖެއެމްވީއަށް ވަނީ އެނގިފައި

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ ރަޝީދު- ލިއުމުގައި ސޮއިކޮށްފައިވަނީ އޭނާކަން ރާއްޖެއެމްވީއަށް ވަނީ އެނގިފައި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ސެކްރެޓްރީ ޖެނެރަލް ޢަބްދުﷲ ރަޝީދު އެ ކޮމިޝަނުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅޭ ލިޔެކިޔުންތަކެއް ފޯރޖް ކުރިކަމުގެ ތުހުމަތަކީ ކަނޑައެޅިގެން ދޮގެއްކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އެ މުވައްޒަފު ކޮމިޝަނުން ވަކިކުރިއިރު، އޭސީސީގައި މަސައްކަތް ކުރަމުންދާތާ 5 އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އަދި މި މައްސަލަ 21 އޭޕްރިލް 2019 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށައަޅާފައިވާއިރު، އޭސީސީން މުވައްޒަފަށް ލިއުމުން އިންޒާރު ދިންކަމުގެ ލިޔުމުގައި ސޮއި ކޮށްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ ރަޝީދުކަން އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީއަށް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

Advertisement - newsAdvertisement

އެކަން ހިނގާ ދިޔަ ގޮތާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އަބްދުﷲ ރަޝީދު ވިދާޅުވީ، އެ ލިއުމަކީ ކޮމިޝަންގެ މުވައްޒަފެއް މަސައްކަތުގައި ފަރުވާކުޑަ ކުރާތީ އޭނާއަށް ނަޞޭހަތް ދިނުމަށް ކޮމިޝަންގެ ބައްދަލުވުމެއްގައި އެޖެންޑާ ކުރެވި، އެގޮތަށް ނިންމާ ޔައުމިއްޔާކޮށް، އަނގަބަހުން ނަޞޭހަތްދީ ނަޞޭހަތް ދެވުނު ކަން ނޯޓުކޮށްފައިވާ ލިއުމެއް ކަމަށެވެ.

މިކަން އެކަން އެންމެ ރަނގަޅަށް ސާފުވާނީ ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅި މުވައްޒަފުގެ ސުޕަވައިޒަރ އޭނާއަށް ދީފައިވާ އެޕްރައިޒަލްގެ ޕޮއިންޓަށް ބެލުމުންކަން އަބްދުﷲ ރަޝީދު ފާހަގަކުރެއްވިއެވެ. އެގޮތުން ޖެހިގެން ގިނަ ކްއާޓަރތަކެއްގައި، ހާޒިރީއަށް ފަރުވާކުޑަވުމާއި، އޮފީހުން ބޭރުގައި އަމިއްލަ ކަންކަމުގައި ވަގުތު ހޭދަކުރުމާއި، ޙަވާލުކުރާ މަސައްކަތް ނުކުރުމުގެ ސަބަބުން އެތައް ކްއާޓަރއެއްގައި އޭނާގެ ޕަރފޮރމަންސް 70 ޕޮއިންޓަށްވެސް ނާރާކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި ފޯރޖްކުރި ކަމުގެ ތުހުމަތު ކުރެވޭ ލިޔުމުގައި އެފަދަ އެހެން ލިޔުންތަކާ ތަފާތު އެތައްކަމެއް ފާހަގަ ކުރެވިފައިވުމާއި، އެ ލިއުމާ ޙަވާލުވި މީހެއް އެނގެން ނެތުމާއި، ލިޔުމުގެ ލެޓަރހެޑް ވެސް އެހެން ލިޔުންތަކާ ތަފާތުކަން ރާއްޖެއެމްވީއަށް މައުލޫމާތުދިން ފަރާތުން ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން އަބްދުﷲ ރަޝީދު ވިދާޅުވީ، ފޯރޖް ކޮށްފައިވާކަމުގެ ތުހުމަތު ކުރެވޭ ޑޮކިއުމަންޓަކީ އޭސީސީގެ ގަވާއިދުގެ 44 ވަނަ މާއްދާގެ (ށ) ގައި މުވައްޒަފުންނަށް އަނގަބަހުންނާއި، ލިއުމުން އިންޒާރުދެވޭނެކަމާއި އަދި އެކަންކަމުގެ ރެކޯޑް ލިޔެކިއުމުން ބަލަހައްޓަން ވާނެކަމަށް ބަޔާންކޮށްފައިވާއިރު، އަނގަބަހުން ނަސޭހަތްދީ އެ ނަޞޭހަތް ދިން ފަރާތުން އެކަމުގެ ރެކޯޑު ބެލެހެއްޓުމަށް ރެކޯޑުކޮށްފައިވާ ލިއުމެއްކަމަށެވެ. އަދި އެފަދަ ލިއުންތައް ކޮމިޝަނުން ދޫކުރަނީ ވަކި ލެޓަރހެޑެއްގައިކަމަށާއި، އެއީ ކޮމިޝަނުގެ ރެކޯޑަށް ކުރާ ކަމެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އަބްދުﷲ ރަޝީދު ވިދާޅުވީ، އޭސީސީގެ ސެކްރެޓަރީ ޖެނެރަލްއަކީ އޭސީސީގެ ޤާނޫނުގެ 29 ވަނަ މާއްދާގައި ބުނާގޮތުން ކޮމިޝަން އިދާރީގޮތުން ހިންގާ ފަރާތްކަމަށް ވުމާއެކު، ޤާނޫނީގޮތުން އޭނާއަށް ލިބިފައިވާ ބާރުގެ ދަށުން މަސައްކަތައް ފަރުވާކުޑަކުރާ މުވައްޒަފަށް އަނގަބަހުން ނަޞޭހަތްދީ އެކަން ލިއުމުން ރެކޯޑުކުރުމަކީ ލިއުމެއް ފޯރޖުކުރުން ކަމަށްވާނެ ޤާނޫނީ ހަމައެއް ނެތް ކަމަށެވެ.

އަބްދުﷲ ރަޝީދު އިތުރަށް ވިދާޅުވީ، އޭސީސީގެ މުވައްޒަފަކަށް ނަޞޭހަތެއް ދިނަސް އިންޒާރެއްދިނަސް އެކަން ކުރާނީ ކޮމިޝަންގެ މެންބަރުންގެ ބައްދަލުވުމަކުން ނިންމައިގެން ކަމަށެވެ. އެއީ 2014 ވަނައަހަރުގެ ޖުލައި މަހުގެ 07 އިން އޮކްޓޯބަރ 2019 އަށް އެކަން ކޮށްފައިވާނެ ގޮތްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، މުވައްޒަފަށް ނަޞޭހަތްދީފައިވާނަމަ އެކަން ކޮށްފައިވާނީވެސް ކޮމިޝަންގެ އިދާރީ ބައްދަލުވުމަކުން އެ ފިޔަވަޅު އަޅަން ނިންމައިގެން ކަމަށާއި، އެ ކަމުގެ ރެކޯޑުތައް ކޮމިޝަންގައި ހުންނާނެ ކަމަށެވެ.

މުވައްޒަފު ވަޒީފާއިން ވަކިކުރި މައްސަލައިގައި ވަޒީފާއާބެހޭ ޓަރައިބިއުނަލްއަށް ހުށަހެޅި ހިނގަމުންދާ މައްސަލައިގައި އޭސީސީގެ ފަރާތުން ވަކާލާތު ކުރުމަށް ޢަބްދުﷲ ރަޝީދު ވަޑައިގަތުމުން އެ މައްސަލައިގައި ޢަބްދުﷲ ރަޝީދަށް އޭސީސީ ތަމްސީލް ނުކުރެވޭނެ ކަމަށް 17 އޮކްޓޯބަރ 2019 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަނީ ނިންމާފައެވެ.

އެކަމާ ގުޅޭގޮތުން އޭނާ ވިދާޅުވީ، 2014 ޖުލައި މަހުން ފެށިގެން 2019 ޑިސެމްބަރ މަހާއި ހަމައަށް އޭސީސީގެ އެއްވެސް މުވައްޒަފެއް ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކި ކޮށްފައިވާކަމަށް ކަނޑައަޅާފައި ނުވާ ކަމަށެވެ. އަދި ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްއަކީ ޤާނޫނީ ވަކީލެއް ކަމަށް ވުމާއެކު، ކޮމިޝަންގެ ފަރާތުން ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކީލެއްގެ ޙައިސިއްޔަތުން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އެތަންތަނަށް ފޮނުވުމަށް ނިންމަނީ ކޮމިޝަނުން ފާސްކުރާ ޤަރާރަކުން ކަމަށް އޭނާ ވިދާޅުވިއެވެ.

ވަޒީފާއާބެހޭ ގިނަ މައްސަލަތަކުގައި ކޮމިޝަން ތަމްސީލު ކުރަނީވެސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ކަމަށާއި، ކޮމިޝަނުން އެގޮތަށް ނިންމަނީ ކޮމިޝަންގެ މުވައްޒަފުންގެ ކަންކަމުގައި މުވައްޒަފުންގެ ކްލާސްމޭޓުން ނުވަތަ އެކުގައި މަސައްކަތްކުރާ މުވައްޒަފުން ކޯޓާއި ޓްރައިބިއުނަލްއަށް ހާޒިރުވުމަށް އުޒުރުވެރިވެ ތަނާޒުލުވާތީކަމަށް އޭނާ ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ، މި މައްސަލައިގައި އޭނާއަށް ވަކާލާތު ނުކުރެވޭނެކަމަށް ޓްރައިބިއުނަލްއިން ނިންމީ މައްސަލައިގައި ހެއްކެއްގެ ގޮތުގައި ހާޒިރުވާންޖެހޭ ފަރާތެއް ވަކީލެއްގެ ގޮތުގައި ހާޒިރު ނުވެވޭނެކަމަށް ބަޔާންކުރާ ޤާނޫނީ އުސޫލުގެ ދަށުން ކަމަށެވެ. އަބްދުﷲ ރަޝީދު ވަނީ އޭސީސީގައި ފަސް އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަ ކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ ރައީސްކަމުގެ މަޤާމުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަކި ކުރުމުގެ މަސައްކަތް ފަށާނަން: ރައީސް ޔާމީން ފެކްޝަން

ޕީޕީއެމްގެ ރައީސްކަމުގެ މަޤާމުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަކި ކުރުމުގެ މަސައްކަތް ފަށާނަން: ރައީސް ޔާމީން ފެކްޝަން

25 މާރިޗު 2017
ކުރީގެ ރައީސުންނަށް ދޭ އިނާޔަތާއި ހިމާޔަތް ކަނޑާލުމުގެ އިޝާރާތެއް އަބްދުއްރަހީމް ދެއްވައިފި

ކުރީގެ ރައީސުންނަށް ދޭ އިނާޔަތާއި ހިމާޔަތް ކަނޑާލުމުގެ އިޝާރާތެއް އަބްދުއްރަހީމް ދެއްވައިފި

20 މާރިޗު 2017
ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން އޭޑީކޭގައި

ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން އޭޑީކޭގައި

28 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު