Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޤައުމީ އިނާމު ދިނުން

ޤައުމީ އިނާމު ދިނުން ފަސް ކޮށްފި

ޢާންމު ހާލަތަކަށް ބަދަލުވުމުން، ޤައުމީ އިނާމު ދެއްވުމަށް ޚާއްޞަ ޖަލްސާއެއް ބާއްވާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 11 އޮކްޓޯބަރު 2020 | އާދީއްތަ 11:12
ޤައުމީ ދުވަހުގެ މުނާޞަބަތުގައި މިދިޔަ އަހަރު ބޭއްވި ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ

ޤައުމީ ދުވަހުގެ މުނާޞަބަތުގައި މިދިޔަ އަހަރު ބޭއްވި ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ

ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި ދެއްވަމުން ގެންދަވާ ޤައުމީ އިނާމު، މިއަހަރު ދެއްވުން ފަސްކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުން ފަސްކުރީ ކޮވިޑް 19ގެ ހާލަތާ ގުޅިގެން ކަމަށެވެ.

Advertisement - newsAdvertisement

ކޯވިޑުގެ މި ހާލަތު، ޢާންމު ހާލަތަކަށް ބަދަލުވުމުން، ޤައުމީ އިނާމު ދެއްވުމަށް ޚާއްޞަ ޖަލްސާއެއް ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށާއި މި ޖަލްސާ ބާއްވާނެ ތާރީޚު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފަހުން އިޢުލާން ކުރާނެ ކަމަށް ވަނީ ބުނެފައެވެ.

ޤައުމީ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ރަބީއުލްއައްވަލް މަހުގެ 1 ވަނަ ދުވަހު އެވެ. މިދުވަސް ފާހަގަކުރަނީ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމް ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ކުރެއްވުމުގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ.

މިދިޔަ އަހަރު ބޭއްވި ޤައުމީ ދުވަހުގެ ޖަލްސާގައި ބާއްވާފައިވަނީ ދަރުބާރުގޭގައެވެ. އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ ޤައުމިއްޔަތެއްގެ އެންމެ މުހިންމު ސިފައަކީ، ދާޚިލީ ގޮތުންނާއި ޚާރިޖީ ގޮތުން، އަދި ސިޔާސީ ގޮތުންނާއި އިޤްތިޞާދީ ގޮތުންވެސް، އަމިއްލަ ޙައިޞިއްޔަތުން ބަސްބުނެ، އަޑު އުފުލުމުގެ ފުރިހަމަ މިނިވަންކަން ލިބިފައި އޮތުންކަމުގައެވެ. އަދި މި ޤައުމުގައި އިސްލާމް ދީނަށް ފުރައްސާރަކޮށް، މާތް ނަބިއްޔާ(ޞ) އަށް ކުޑައިމީސްވާ ގޮތަށް ވާހަކަ ދެއްކުމުގެ ފުރުޞަތު މިސަރުކާރުން ނުދޭނެކަމުގެ ޔަޤީންކަން، ރައްޔިތުންނަށް އަރުވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
10 ޖެނުއަރީ 2017

ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

10 ޖެނުއަރީ 2017
ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު