Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް

24 ބިލެއްގެ މަސައްކަތް ކޮމިޓީތަކުގައި، މުހިންމު ބިލްތަކެއް މި މަސްތެރޭގައި ނިންމަނީ

4 ބިލެއް މިމަހުގެ ނިޔަލަށް ނިންމުމަށް ކޮމިޓީތަކުން އަންނަނީ މަސައްކަތްކުރަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 11 އޮކްޓޯބަރު 2020 | އާދީއްތަ 16:30
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިޔަށްދަނީ މިއަހަރުގެ އެންމެ ފަހު ދައުރުގެ ޖަލްސާތަކެވެ. ފަހު ދައުރުގެ ޖަލްސާތައް އޮކްޓޯބަރ އަދި ނޮވެމްބަރ މަހު ކުރިޔަށްދާނެ އެވެ. ފަހު ދައުރުގައި އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިޔަށް ގެންދާނެ މަސައްކަތަކީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ އެންމެހާ މަސައްކަތްތަކެވެ. އެހެންނަމަވެސް މަޖިލީހަށް ހުށަހެޅިފައިވާ ބިލްތައް އަދި ވަކިން ޚާއްސަކޮށް މިހާރުވެސް ކޮމިޓީތަކުގައި ހުރި ބިލްތަކުގެ މަސައްކަތްކޮށް ނިންމާލުމަކީ މަޖިލީހުން މިދައުރު ނިންމާލާ ޗުއްޓީއަށް ދިޔުމުގެކުރިން ކުރާނެ ކަމެކެވެ. މިހާރުވެސް ކޮމިޓީތަކުގައި 24 ބިލެއް އެބައޮތެވެ.

މި ބިލްތަކަށް ބަލާލާއިރު ސަރުކާރުގެ ލެޖިސްޓޭޓިވް އެޖެންޑާގެ ދަށުން ހުށަހެޅިފައިވާ ބިލްތައް ވެސް އެބަހުއްޓެވެ. އެހެންކަމުން އެ ބިލްތަކުގެ މަސައްކަތް ވީ އެންމެ އަވަހަށް ނިންމާލުމަކީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ވެސް މަގުފަހިވެގެންދާނެ ކަމެކެވެ.

ކޮމިޓީތަކުގައި މިވަގުތު ހުރި ބިލްތަކަށް ބަލާއިރު އެންމެ ގިނަ ބިލްތަކެއް ދިރާސާ ކުރަމުން އަންނަ ކޮމިޓީ އަކީ ގައުމީ ތަރައްްޤީ އާއި ތަރިކައިގެ ކޮމިޓީއެވެ. އެ ކޮމިޓީގައި 7 ބިލެއް މިހާރު އެބައޮތެވެ. އެ ބިލްތަކަކީ ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމާއި ބެހޭ ބިލާއި އެއް މެދު އިމާރާތުގެ ބިލާއި މަތީތައުލީމުގެ ބިލާއި ދިވެހިރާއްޖޭގެ ތަފާސް ހިސާބުގެ ބިލްގެ އިތުރުން ދަތުރުފަތުރުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ދެ ބިލެކާއި ތައުލީމުގެ ބިލެވެ. މީގެތެރެއިން ތައުލީމުގެ ބިލަކީ މީގެކުރިން ދިރާސާކޮށް ތަޅުމަށް ފޮނުވުމުން އަލުން ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވާފައިވާ ބިލެކެވެ. މި ބިލްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލާއި ގޯތިގެދޮރު ކުއްޔަށްދިނުމާއި ބެހޭ ބިލް މި މަހުގެ 31ށް ނިންމުމަށް ކޮމިޓީން ވަނީ ސުންގަޑި ކަނޑައަޅާފައެވެ.

މިހާރު ހުށަހަޅާފައިވާ ބިލްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ބިލަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލެވެ. މިބިލް ދިރާސާ ކުރަމުން އަންނަނީ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީންނެވެ. މިއީ ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ ބިލެކެވެ. މި ބިލް ދިރާސާކޮށް މި މަހުގެ 31ށް ނިންމުމަށް ކޮމިޓީން ވަނީ ސުންގަޑި ކަނޑައަޅާފައެވެ.

އިޖުތިމާއީ ކޮމިޓީގައި މިހާރު ދިރާސާ ކުރަމުންދާ ބިލަކީ ޖަމިއްޔާތަކުގެ ބިލެވެ. ޖަމިއްޔާތަކުގެ ބިލަކީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެމްބަރ ޔޫނުސް އަލީ ހުށަހަޅުއްވާފައިވާ ބިލެކެވެ. މިހާތަނަށް އައިއިރު މިބިލް ދިރާސާ ކުރުމަށް ތިން ބައްދަލުވުމެއް ކޮމިޓީން ބާއްވާފައިވެއެވެ.

އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގައި މިހާރު ދިރާސާ ކުރަމުންދަނީ 3 ބިލެކެވެ. އޭގެތެރޭގައި ހިމެނެނީ މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ ބިލާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ބިލް އަދި ދިވެހި ރާއްޖޭގެ ހަކަތައިގެ ބިލެވެ. މި ތިން ބިލަކީ ވެސް މިއަހަރު ހުށަހަޅާފައިވާ ބިލްތަކެވެ. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފެވެ. މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ ބިލަކީ ސަރުކާރުގެ ފަރާތުން، ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ހުށަހަޅުއްވާފައިވާ ބިލެކެވެ. ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ހަކަތައިގެ ބިލެވެ.

ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާ ކުރަމުން އަންނަނީ 2 ބިލެކެވެ. އެއީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ޤާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލް އުވާލުމަށް ހުށަހަޅާފައިވާ ބިލެވެ. ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ މި ބިލް ކޮމިޓީގައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. ދެން މިކޮމިޓީން ދިރާސާ ކުރަމުން އަންނަނީ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ. މިއީ މިއަހަރު ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވާފައިވާ ބިލެކެވެ.

ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން އަންނަނީ 3 ބިލެއް ދިރާސާ ކުރަމުންނެވެ. އެއީ ސަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު މިދިޔަ އަހަރު ހުށަހަޅުއްވާފައިވާ ބިލެކެވެ. މީގެއިތުރުން ޖިންސީ ކުށުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ 2 ބިލެއް މިވަގުތު ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން އަންނަނީ ދިރާސާ ކުރަމުންނެވެ.

ޖުޑީޝަރީ ކޮމިޓީން ދިރާސާ ކުރަމުން އަންނަނީ 2 ބިލެކެވެ. އެއީ ސަރުކާރުގެ ފަރާތުން، ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހަޅުއްވާފައިވާ މަދަނީ އިޖުރާއަތުގެ ބިލާއި އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ. މީގެެތެރެއިން މަދަނީ އިޖުރާއަތުގެ ބިލްގެ މަސައްކަތް މިދައުރުގެ ތެރޭގައި ނިންމާލުމަށް އެ ކޮމިޓީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މާލިއްޔަތު ކޮމިޓީން ދިރާސާ ކުރަމުން އަންނަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި މާލީ ސެކިޔުރިޓީޒް އަށް އިސްލާހު ގެނައުމުގެ ބިލެވެ. މީގެއިތުރުން އިގްތިޞާދީ ކޮމިޓީން ދިރާސާ ކުރަމުން އަންނަނީ ދިވެހިރާއްޖޭގެ ޤައުމީ ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީޒްގެ ބިލެވެ. މި ބިލްގެ މަސައްކަތް މިމަހުގެ 31ށް ނިންމުމަށް ކޮމިޓީން ވަނީ ސުންގަޑި ކަނޑައަޅާފައެވެ.

ލާމަރުކަޒީ ކޮމިޓީން ދިރާސާ ކުރަމުން އަންނަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ހުށަހަޅާފައިވާ ދެ އިސްލާހެއްގެ ބިލްގެ މަސައްކަތެވެ. މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ދިރާސާ ކުރަމުން އަންނަނީ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބްރިޖުގެ މަސައްކަތަކީ އަދީބުގެ މަސައްކަތްޕުޅެއްތަ؟ ނޫނީ ރައީސް ޔާމީނުގެ މަސައްކަތްޕުޅެއްތަ؟

ބްރިޖުގެ މަސައްކަތަކީ އަދީބުގެ މަސައްކަތްޕުޅެއްތަ؟ ނޫނީ ރައީސް ޔާމީނުގެ މަސައްކަތްޕުޅެއްތަ؟

15 ޖެނުއަރީ 2018
ކެނޑިޑޭޓްގެ މަސައްކަތް ފެއްޓުން މުހިންމު!

ކެނޑިޑޭޓްގެ މަސައްކަތް ފެއްޓުން މުހިންމު!

07 ޑިސެމްބަރު 2017
މާލީ ވަޒީރަށް ދައުލަތުގެ މާލިއްޔަތު މަސައްކަތްކުރާ ގޮތް އެނގިލައްވާތޯ؟

މާލީ ވަޒީރަށް ދައުލަތުގެ މާލިއްޔަތު މަސައްކަތްކުރާ ގޮތް އެނގިލައްވާތޯ؟

19 ނޮވެމްބަރު 2017
ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތް ފެށުމަށް ހުއްދަ ދިނުމުގައި ސުވާލު އުފެދޭ ކަންތަކެއް!

ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތް ފެށުމަށް ހުއްދަ ދިނުމުގައި ސުވާލު އުފެދޭ ކަންތަކެއް!

26 އޮކްޓޯބަރު 2017
ހަނީފުގެ މަރު: " ހަނީފް މޫދަށް ގެނބުމުގެ ކުރިން އަންހެނުންގެ ސަލާމަތަށް މަސައްކަތް ކުރި"

ހަނީފުގެ މަރު: " ހަނީފް މޫދަށް ގެނބުމުގެ ކުރިން އަންހެނުންގެ ސަލާމަތަށް މަސައްކަތް ކުރި"

23 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު