Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުން

ހިތާއި ސިކުނޑިއަށް ލިބޭ ވޭނަކީ ފުން ޒަހަމަކަށް ވުރެ ބޮޑު ވޭނެއް: ނައިބް ރައީސް

11 އޮކްޓޯބަރު 2020 | އާދީއްތަ 04:01

ކޮވިޑުގެ ސަބަބުން ނަފްސާނީ ހިތްދަތި ކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވި

އަލީ ސަމާޚް
އަލީ ސަމާޚް | 11 އޮކްޓޯބަރު 2020 | އާދީއްތަ 04:01
ނައިބް ރައީސް ފައިސަލް ނަސީމް

ނައިބް ރައީސް ފައިސަލް ނަސީމް

ހިތާއި ސިކުނޑިއަށް ލިބޭ ވޭނަކީ ހަށިގަނޑަށް ލިބޭ ފުން ޒަހަމަކަށް ވުރެ ތަހައްމަލު ކުރަން އުދަނގޫ ބޮޑު ވޭނެއް ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބް ރައީސް މިހެން ވިދާޅުވީ، ހޮނިހިރު ދުވަހު ފާހަގަކުރި ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮ ކަމުގެ ދުވަހުގެ މުނާސަބަތުގައި ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ބޭއްވެވި ބައްދަލުވުމެއްގައެވެ.

Advertisement - newsAdvertisement

އެ ބައްދަލުވުމުގައި ނައިބް ރައީސް ވިދާޅުވީ، ނަފްސާނީ ގޮތުން ނުލިބޭ ވަރުގެ ހިތް ދަތިކަން ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔެ އަދި ރާއްޖޭގެ ރައްޔިތުންނަށްވެސް ލިބެމުންދާ ކަމަށާއި، ވަޒީފާތައް ގެއްލި ސްކޫލްތައް ބަންދުވެ ދަރިވަރުންގެ ކިޔެވުމުގެ ފުރުސަތު ހަނިވެ، ވިޔަފާރިތައް ހީނަރުވުމުގެ އިތުރުން ރިސޯޓްތައް ބަންދުކުރަން ޖެހުމުން އިޖްތިމާއީ ގުޅުމާއި އާއިލީ ގުޅުންތަކަށް ބުރޫ އަރައިގެން ދިޔުމަކީ ކެތްކުރަން ދަތިކަމެއްގެ ގޮތުގައި ކަމަށެވެ.

އައިޖީއެމްއެޗްގައި ސެންޓަރ ފޯ މެންޓަލް ހެލްތުގެ ނަމުގައި ސެންޓަރެއް ގާއިމުކޮށް ނަފްސާނީ ދާއިރާ ކުރިއަރުވައި، ގިނަބަޔަކަށް ފަރުވާދެމުން ކަން ފާހަގަކޮށް ނައިބު ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ މުޖްތަމައެއް ގާއިމް ކުރުން ކަމަށެވެ.

އެކަކު އަނެކަކަށް އަޅާލައި އޯގާތެރިވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ، އުމުރުން ދުވަސްވީ މީހުންގެ ހަޔާތުގައި އެންމެ ބޮޑަށް އަޅާލުމާއި އެހިތެރިކަން ބޭނުންވާ ވަގުތަކީ، މިފަދަ ދަނޑިވަޅުތަކުގައި ކަމަށެވެ. އަދި ކުޑަކުދިންނަށް އޯގާތެރިވެ އާއިލާގެ ލޯބި ހޯދައި ދިނުމާއި، އަންހެން ބޭފުޅުންނަށް ގަދަރުކޮށް އިހްތިރާމް ކުރާބަޔަކަށް ވުމަށް ނައިބް ރައީސް ގޮވައިލެއްވިއެވެ. ރާއްޖެއަކީ ކުޑަ ގައުމަކަށް ނިސްބަތްވާ މުސްލިމް އެކުވެރި ބަޔަކަށް ވީ ހިނދު އެކުގައި މަސައްކަތް ކުރުމުގެ މުހިންމުކަންވެސް ނައިބް ރައީސް ފާހަގަކުރެއްވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް