Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ފްލައިން ސްކޫލުގެ މައްސަލަ

އައްޑޫ ފްލައިންގ ސްކޫލާއި ގުޅިގެން ދަރިވަރުންގެ މައްސަލަ ދަނީ ހައްލުކުރަމުން: މިނިސްޓަރ

11 އޮކްޓޯބަރު 2020 | އާދީއްތަ 04:14

މައްސަލަ ހައްލުކުރުމުގެ ގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީގައި ވަނީ އެދިފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 11 އޮކްޓޯބަރު 2020 | އާދީއްތަ 04:14
އައްޑޫ ފްލައިންގ ސްކޫލް؛ އައްޑޫ ފްލައިންގ ސްކޫލް ދަރިވަރުންގެ ކަންބޮޑުވުންތަކާއިއެކު ހަޅުތާލަކަށް ދިއުމަން ވަނީ ނިންމާފައި

އައްޑޫ ފްލައިންގ ސްކޫލް؛ އައްޑޫ ފްލައިންގ ސްކޫލް ދަރިވަރުންގެ ކަންބޮޑުވުންތަކާއިއެކު ހަޅުތާލަކަށް ދިއުމަން ވަނީ ނިންމާފައި

އައްޑޫ ފްލައިންގ ސްކޫލާއި ގުޅިގެން އެތަނުގައި ތަމްރީނު ހޯދަމުންދާ ދަރިވަރުންގެ ކަންބޮޑުވުންތަކަށް އެކި ގޮތްގޮތުން ހައްލު ހޯދައިދެވޭތޯ ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ މިހެން ވިދާޅުވީ އޭޝިއަން އެކަޑަމީ އެއިރޮނޯޓިކްސް (އައްޑޫ ފްލައިންގ ސްކޫލް) ދަރިވަރުންގެ ކަންބޮޑުވުންތަކާއިއެކު ހަޅުތާލުކުރުމަށް ނިންމާފައިވާތީ، އެކަމާއި ގުޅިގެން އައްޑު މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިނިސްޓަރާއެކު ކުރެއްވި މަޝްވަރާގެ ތެރެއިންނެވެ.

Advertisement - newsAdvertisement

މެންބަރު ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރައްވަމުން ގެންދަވާ ކަމުގެ ފުރިހަމަ ޔަގީންކަން މިނިސްޓަރު ދެއްވާފައިވާ ކަމަށެވެ. ރޮޒައިނާ ވަނީ މިނިސްޓަރު މިކަމާއި ގުޅިގެން ފޮނުއްވި މެސެޖްވެސް ޓްވިޓަރގައި ހިއްސާ ކުރައްވާފައެވެ.

މެސެޖުގައި މިނިސްޓަރ ވިދާޅުވީ މައްސަލަ ހައްލުކުރުމުގެ ގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީގައި އެކަން ބައްލަވައިދެއްވުމަށް އެދިފައިވާނެ ކަމަށާއި، ރާއްޖޭގައި ކިޔެވުމަށް ދޫކުރާ ލޯނުގައި އެ ސްކޫލްގައި ކިޔަވަމުންދިޔަ ދަރިވަރުން ރާއްޖޭއިން ބޭރުގައި ކިޔެވުމަށް ހުއްދަ ދީފައި ވާނެ ކަމަށެވެ. އަދި ދަރިވަރުންގެ ކަންބޮޑުވުންތައް ސްކޫލާއި އެކި ފަހަރުމަތީން ހިއްސާކޮށް، ހައްލު ހޯދައިދިނުމަށް އެދިފައިވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެއްމެ ފަހުން މިނިސްޓްރީން ސްކޫލާއި ބައްދަލުކުރީ 27 އޮގަސްޓްގައި ކަމަށާއި، އެ ދުވަހުގެ ބައްދަލުވުމުގައި އެފަރާތުން ދެއްވި ޖަވާބަކީ ކުރީ ސަރުކާރުގެ އެދުމުގެ މަތިން ޖާގައަށްވުރެ ގިނަ ދަރިވަރުން ނަގާފައިވުން ކަމަށެވެ. އެހެންނަމަވެސް، އެއްވެސް ދަރިވަރަކަށް ކޯސް ފުރިހަމަކުރުމަށް ދައްޗެއް ދިމާނުވާނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިނިސްޓްރީއަށް ލިބޭ ޝަކުވާއިން މިއީ ތެދު މައުލޫމާތުކަމާއިމެދު ޝައްކު އުފެދޭތީ، މިކަމާއި ގުޅުންހުރި ލިޔެކިޔުން ހުށަހެޅުމަށް އެފަރާތުގައި އެދިފައިވާނެ ކަމަށެވެ. ނަމަވެސް، މިކަމަށް އެއްވެސް ޖަވާބެއް ލިބިފައިނެތުމުން ނިމިދިޔަ ހަފްތާގައިވެސް އެފަރާތާއި މުއާމަލާތުކޮށް މައުލޫމާތު ހުށަހެޅުމަށް ފުރުސަތުދެވުނު އިރު، މިއަދާއި ހަމައަށްވެސް ފުރިހަމަ ލިޔެކިޔުން ހުށަހަޅާފައިނުވާތީ، މިމައްސަލަ ބެލުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ.

އެހެންނަމަވެސް، މިކަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކަމާގުޅުންހުރި އިދާރާތަކާއިއެކު މަސައްކަތްކުރަމުން އަދި މިކަމަށް އަވަސް ހައްލެއް ހޯދައިދޭނެކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

އައްޑޫ ފްލައިންގ ސްކޫލުގެ ދަރިވަރުން އެ ސްކޫލަށް ފޮނުވާފައިވާ ސިޓީގައި ދަރިވަރުންގެ ފަރާތުން ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ކޯސް ނިންމުމަށް ތާވަލުކޮށްފައިވާ މުއްދަތުގައި ކޯސް މިފަހުގެ ތާރީހުގައި ނިންމި ދަރިވަރެއް ނެތް ކަމަށާއި، ގިނަ ދަރިވަރުންނަކީ މިހާރު އިމްތިހާނު ނިންމާފަވާ ދަރިވަރުން ކަމަށެވެ. ނަމަވެސް ނަތީޖާ ނުލިބި ގިނަ ދުވަސްތަކެއް ވަމުން އަންނަ ކަމަށް ދަރިވަރުން ވަނީ ފާހަގަކޮށްފައެވެ. އައްޑޫ ފްލައިންގ ސްކޫލްގެ ދަރިވަރުން ވަނީ އެ ދަރިވަރުންގެ ކަންބޮޑުވުންތައް ސިވިލް އޭޝިއަންއާވެސް ހިއްސާކޮށްފައެވެ.

ދަރިވަރުންގެ ޝަކުވާތަކުގައި ސްކޫލްގެ ކަންކަން މިވަގުތު ހުރި ގޮތުން ދަރިވަރުންނަށް ކުރިއެރުމެއް ލިބޭގޮތް ނުވާ ކަމަށާއި، އެގޮތުން މިހާރު ހެދިފައިވާ ޕެޓިޝަނުގައި 80 އަށްވުރެ ގިނަ ދަރިވަރުން ސޮއިކޮށްފައިވާއިރު 115 އަށްވުރެ ގިނަ ދަރިވަރުން މިކަމުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި މިކަމަށް ހައްލެއް ހޯދުމަށް ސިޓީގެ ޒަރިއްޔާއިން ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނަސްފައިވާ ކަމަށެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް