Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވޯލްޑް މެންޓަލް ހެލްތް ޑޭ

މެންޓަލް ހެލްތް ޑޭ އާ ގުޅިގެން ނައިބްރައީސްގެ މެސެޖް: އަމިއްލަ ނަފްސާއި އެހެން މީހުންނަށް އޯގާތެރިވޭ!

ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 އޮކްޓޯބަރު 2020 | ހޮނިހިރު 06:38
ނައިބްރައީސް ފައިސަލް ނަސީމް- ނައިބްރައީސް ވަނީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ޓްވީޓެއް ކުރައްވާފައި

ނައިބްރައީސް ފައިސަލް ނަސީމް- ނައިބްރައީސް ވަނީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ޓްވީޓެއް ކުރައްވާފައި

ނައިބްރައީސް ފައިސަލް ނަސީމް ވޯލްޑް މެންޓަލް ހެލްތް ޑޭ ގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ މެންޓަލް ހެލްތް ޑޭއެވެ. މި ދުވަހުގެ ތަހުނިޔާ ފޮނުއްވައި ނައިބްރައީސް ފައިސަލް ނަސީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 ގެ މި ޙާލަތާއި ގުޅިގެން ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން، ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ މި ދަނޑިވަޅުގައި އެމީހެއްގެ ގާތް މީހުންނަށް އަޅާލުމުގެ މުހިއްމުކަމަށް އަލިއަޅުވާލައްވާ ނައިބްރައީސް ވަނީ މި ދަނޑިވަޅުގައި އަމިއްލަ ނަފްސަށާއި، އެހެން މީހުންނަށްވެސް އޯގާތެރިވުމަށް އެދިވަޑައިގަންނަވާފައެވެ.

ނަފްސާނީ ދުޅަހެޔުކަން ދަމަހައްޓައި އެކަމަށް އާންމުން ހޭލުންތެރި ކުރުވުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ނެޝަނަލް މެންޓަލް ހެލްތު ސެންޓަރެއް އުފައްދައި، ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާ ފުޅާކޮށް، އެފަރުވާ އާސަންދައިގެ ދަށުން ކަވަރުކުރެވޭނެ ގޮތް މި ސަރުކާރުން ވަނީ ހަމަޖައްސަވާދީފައެވެ.

ކޮވިޑުގެ ސަބަބުން ނަފްސާނީ ގޮތުން ގިނަ މައްސަލަތައް ފެންމަތިވަމުންދާކަން ނައިބްރައީސް ފާހަގަ ކުރައްވާފައިވާއިރު، ކޮވިޑުގެ ސަބަބުން މިއަހަރުގެ ތެރޭގައި އައިޖީއެމްއެޗްގެ ސެންޓަރ ފޮރ މެންޓަލް ހެލްތަށް ނަފްސާނީ މައްސަލަތަކަށް ފަރުވާ ހޯދުމަށް އެޕޮއިންޓްމަންޓް ހޯދުމަށް ގުޅާފައިވާ މިންވަރު ތިންގުނައަށް އިތުރުވެފައި ކަމަށް ޑޮކްޓަރުން މައުލޫމާތުދެއެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު