Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަގޫދޫ ބަނދަރު ހެދުމުގެ މަޝްރޫއު

މަގޫދޫ ބަނދަރު ހެދުމުގެ މަޝްރޫއު ފުރިހަމައަށް ނިންމާލެވޭނެ: ކައުންސިލް

7 އޮކްޓޯބަރު 2020 | ބުދަ 13:56

އަލަށް ގާއިމް ކުރެވޭ ބަނދަރާއެކު ވެލި ވަނުމުގެ މައްސަލައަސް ހައްލެއް ލިބިގެންދާނެ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 7 އޮކްޓޯބަރު 2020 | ބުދަ 13:56
މަގޫދޫ ބަނދަރު ހެދުމުގެ މަޝްރޫއު ވަނީ ޕްލޭންކޮށްފައި

މަގޫދޫ ބަނދަރު ހެދުމުގެ މަޝްރޫއު ވަނީ ޕްލޭންކޮށްފައި

މަގޫދޫ ބަނދަރު ހެދުމުގެ މަޝްރޫއު ފުރިހަމަ ކަމާއެކު ނިންމާލެވެނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އެރަށު ކައުންސިލްގެ ރައީސް ވިދާޅުވެއްޖެއެވެ.

މަގޫދޫ ބަނދަރު ހެދުމުގެ މަޝްރޫއު ވަނީ ޕްލޭން ކުރެވިފައެވެ. މިކަމުގެ މައުލޫމާތު ހިއްސާ ކުރައްވާ ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް ފަތުހުﷲ ނަސީރު ވިދާޅުވީ މިހާރުވެސް އެރަށުގައި ބަނދަރެއް އޮންނަކަމަށެވެ. ނަމަވެސް މި ބަނދަރަށް ތަފާތު އެކި މައްސަލަ ދިމާވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މޫސުން ގޯސްވާ ދުވަސްވަރު ވެލިއެރުމުގެ މައްސަލަ އިންތިހާއަށް ދިމާވާކަމަށާއި، މިހާރު އެތައް ފަހަރެއްގެ މަތިން ވެލިތައް ނެގި ނަމަވެސް މި މައްސަލަ އަދިވެސް ދިމާވަމުން އަންނަ ކަމަށް ފަތުހުﷲ ވިދާޅުވިއެވެ. އަދި އެ ރަށުގެ ކަންނެލި ދޯނިތަކަށް މިކަމުގެ ސަބަބުން އެތަކެއް ދަތިތަކެއް ދިމާވާ ކަމަށާ ހާއްސަކޮށް ޖާގައިގެ ދަތިކަން ދިމާވާކަމަށް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

އޭނާ އިތުރަށް ވިދާޅުވީ މި މަޝްރޫއުއާ މެދު ގިނަ ހުވަފެންތަކެއް ދެކޭ ކަމަށާއި، މި މަޝްރޫއު ކާމިޔާބު ކަމާއެކު ނިންމާލެވޭނެ ކަމުގެ 100 އިންސައްތަ ޔަގީންކަން އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ. އަދި އަލަށް ގާއިމް ކުރެވޭ ބަނދަރާއެކު ވެލި ވަނުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި މި މައްސަލަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އާއި އެ ދާއިރާގެ މަޖިލީސް މެންބަރު ކޮށްދެއްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް ފަތުހުﷲ ވިދާޅުވިއެވެ.

މިނިސްޓްރި އޮފް ނެޝެނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ޕްލޭންކޮށްފައިވާ މި މަޝްރޫއުގެ މަސައްކަތުގެ ޕްރިލިމިނަރީ ކޮންސެޕްޓް ހެދި ކައުންސިލްއާ ހިއްސާ ކުރެވި ކޮމެންޓްތައް ރިވިއު ކުރުމަށްފަހު ރިވައިޒްޑް ކުރެހުން ކައުންސިލްގެ އެޕްރޫވަލްއަށް ވަނީ ފޮނުވާފައެވެ. މިއީ ދިވެހި ސަރުކާރުގެ ބަޖެޓުން ފަންޑު ކުރާ މަޝްރޫއު އަކަށް ވީއިރު 2020 ވަނަ އަހަރަށް ކަނޑައެޅިފައިވާ ބަޖެޓަކީ 18،250،000ރ. އެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

4

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

5

"ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާރކީ، ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެފި

އިތުރަށް ކިޔާލަން

02 މާރިޗު 2017

މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި

02 މާރިޗު 2017
މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި
01 މާރިޗު 2017

ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ

01 މާރިޗު 2017
ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ
21 ފެބުރުއަރީ 2017

ޓެކުހަށް މަކަރު ހެދުމުގެ މައްސަލައަކާ ގުޅިގެން 160،000 ރުފިޔާ ދައްކަން އަމުރުކޮށްފި

21 ފެބުރުއަރީ 2017
ޓެކުހަށް މަކަރު ހެދުމުގެ މައްސަލައަކާ ގުޅިގެން 160،000 ރުފިޔާ ދައްކަން އަމުރުކޮށްފި
19 ފެބުރުއަރީ 2017

ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް

19 ފެބުރުއަރީ 2017
ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް
06 ފެބުރުއަރީ 2017

އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް

22 ޖެނުއަރީ 2017
މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް