Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ސޯނޫ ނިގަމް

އެންމެ ފަހުން ސޯނޫ ނިގަމް ބޯ ބާލައިފި

އަވަހަށް 10 ލައްކަ ރުޕީސް ތައްޔާރުކޮށްފައި ބެހެއްޓުމަށް ސޯނޫ ވަނީ މައުލަވީ ކިބައިން އެދިފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 20 އެޕްރީލު 2017 | ބުރާސްފަތި 08:47
ސޯނޫ ނިގަމް (ކ) އަދި 10 ލައްކަ ދޭން ބުނި މުސްލިމް މައުލުވީ

ސޯނޫ ނިގަމް (ކ) އަދި 10 ލައްކަ ދޭން ބުނި މުސްލިމް މައުލުވީ

ބަންގީގެ އަޑާ ހެދި އުނދަގޫވެގެން އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް ދެއްކި ވާހަކަތަކާ ގުޅިގެން މުޅި އިންޑިއާ ވަނީ ހިލިގެން ގޮސްފައެވެ. ސޯޝަލް މީޑިއާގައި ބޮޑެތި ބަހުސްތައް ކުރެވެމުންދާ އިރު ޗެނެލްތަކުގެ ވެސް ފަލަ ސުރުސީތަކުގައި އޮތީ މި ވާހަކައެވެ. އަދި ބޭރުގެ އެހެން ގައުމުތަކުގައި ވެސް ސޯނޫ އަށް ފާޑުކިޔުންތައް ވަނީ އިތުރުވެފައެވެ. އިސްލާމް ދީނާއި ރަސޫލާ އަށް ފުރައްސާރަކުރި ކަމަށް ބުނެ ފަތުވާތައް ދަނީ ނެރެމުންނެވެ.

ސޯނޫ އަށް ދެމުން ގެންދާ އިންޒާރުތަކަށް އޭނާ ވެސް ދަނީ ކެރިގެން ރައްދު ދެމުންނެވެ. އެ ގޮތުން ވެސްޓް ބެންގާލް މައިނޯރިޓީ ޔުނައިޓެޑް ކައުންސިލްގެ ނައިބް ރައީސް ސައީދު ޝާ އާތިފް އަލީ އަލް ގުދާރީ ވަނީ ސޯނޫ ނިގަމްގެ ކަރުގައި ފައިވާނުގެ ހާރެއް އަޅުވައިގެން ހިންގުވި މީހަކަށް އޭނާގެ އަމިއްލަ ޖީބުން 10 ލައްކަ ރުޕީސް ދޭނެ ކަމަށް ބުނެފައެވެ. އަދި އޭނާގެ ބޯ ބޭލި މީހަކަށް ވެސް އެ އަދަދުގެ ފައިސާގެ އިނާމް ދޭނެ ކަމަށް ބުނެފައި ވެއެވެ.

ބޯ ބޭލުމުގެ ކުރިން މައުލުވީ ކޮށްފައިވާ ޓްވީޓަށް ރައްދު ދެމުން ސޯނޫ ބުނެފައި ވަނީ ބުދަދުވަހުގެ މެންދުރު 2 ޖަހާއިރު އޭނާގެ ބޯބޭލުމަށް އާލިމް ނަމަކަށްކިޔާ މީހަކު އަންނާނެ ކަމަށެވެ. އަދި އަވަހަށް 10 ލައްކަ ރުޕީސް ތައްޔާރުކޮށްފައި ބެހެއްޓުމަށް ވެސް ގޮވާލާފައި ވެއެވެ.

އޭނާވަނީ ނޫސްވެރިންގެ ކުރިމަތީގައި ބޯ ބޭލުމަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ވެސް ދީފައެވެ.

ސޯނޫ ބުނެފައި ވަނީ އޭނާ އެގޮތަށް ޓްވީޓްކުރުމުން މިހާ ބޮޑު މައްސަލައަކަށް ވާނެ ކަމަށް ހީނުކުރާ ކަމަށެވެ. އަދި އޭނާއަކީ މުސްލިމުންނާ ދެކޮޅު މީހެއް ނޫން ކަމަށް ވެސް ބުނެފައި ވެއެވެ. އެކަމުގެ ހެކި ދައްކަމުން އޭނާ ބުނީ އޭނާ ލަވަކިޔުމުގައި ނަމޫނާއަކަށް ބަލަނީ މުސްލިމެއް ކަމަށްވާ މުހައްމަދު ރަފީއު ކަމަށާއި އަމިއްލަ ޑްރައިވަރެއްގެ ގޮތުގައި ވެސް ގެންގުޅެނީ މުސްލިމެއް ކަމަށެވެ. އަދި އޭނާގެ ބޯކޮށާ މީހާއަކީ ވެސް މުސްލިމެއްކަން އޭނާ ފާހަގަކުރިއެވެ.

ސޯނޫގެ ޓުވީޓްތަކާ ހެދި މީހުންތައް ކެކި އަރަން ފެށުމުން އޭނާ ބުނެފައި ވަނީ މިސްކިތްތަކެކޭ އެއްގޮތަށް ފައްޅިތަކާއި އަޅުކަންކުރާ އެހެން ތަންތަނުގައި ވެސް ލައުޑްސްޕީކަރު ބޭނުންކުރަންޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

ސޯނޫ މިދިޔަ ހޯމަދުވަހުގައި ކޮށްފައިވާ ޓްވީޓުތަކުގައި ބުނެފައިވަނީ ބަންގިއަކީ ދީނީ މަޖުބޫރުކުރުމެއް ކަމަށެވެ. އޭނާއަކީ މުސްލިމެއް ނޫން ކަމަށްވާއިރު ބަންގީގެއަޑަށް ފަތިހު ހޭލަންޖެހޭތީ ކަންބޮޑުވާ ކަމަށާއި އަދި އިންޑިއާގައި އެކަން ހުއްޓުމަކަށް އަންނާނީ ކޮން އިރަކުންތޯ ވަނީ ސުވާލުކޮށްފައެވެ.

ޓްވީޓްތަކާއި ގުޅިގެން ސޯނޫ އަށް އައި ފާޑުކިޔުންތަކާ ހެދި މުމްބާއީގެ ޕޮލިހުން ވަނީ އޭނާގެ ގޭގެ ސެކިއުރިޓީ ވެސް ބަލަހައްޓަން ފަށާފައެވެ.

ސޯނޫއަށް ވަނީ އާންމުންގެ މަލާމާތް ވެސް ރައްދުވާން ފަށާފައެވެ. އެގޮތުން ޓްވިޓާގައި އޭނާ ޓެގްކޮށް އެކި ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.

މަޝްހޫރު ބައެއް ފަރާތްތަކުން ވެސް ސޯނޫގެ މި ޓްވީޓްތަކަށް ވަނީ ރައްދު ދީފައެވެ. އެގޮތުންއިންޑިއާއަކީ ޑިމޮކްރަޓިކް ގައުމެއްކަމަށްވާއިރު ހުރިހާ ދީނުގެ މީހުންނަށްވެސް އިހުތިރާމް ކުރުމަށް ބުނެފައިވެއެވެ. އަދި އެއް މުޖުތަމައުއެއްގައި ދިރިއުޅޭއިރު އެކިކަންތައްތަކާ ކުރިމަތިލާންޖެހޭ ކަމަށް ބުނެފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕޯސްޓަރުތަކުން އަހަރެންގެ ފޮޓޯތައް ކުރިން ނެގި: ސޯނޫ ސޫދް

ޕޯސްޓަރުތަކުން އަހަރެންގެ ފޮޓޯތައް ކުރިން ނެގި: ސޯނޫ ސޫދް

22 ސެޕްޓެމްބަރު 2020
ސޯނޫ ސޫދްގެ އެހީގައި ކިރިގިސްތާންގައި ތިބި ކިޔަވާ ކުދިން އިންޑިއާއަށް ގެންދަނީ

ސޯނޫ ސޫދްގެ އެހީގައި ކިރިގިސްތާންގައި ތިބި ކިޔަވާ ކުދިން އިންޑިއާއަށް ގެންދަނީ

21 ޖުލައި 2020
މަސައްކަތްތެރިންނަށް ސޯނޫ ސޫދު އަމިއްލަ ޚަރަދުގައި ފްލައިޓެއް ޗާޓަރު ކޮށްފި

މަސައްކަތްތެރިންނަށް ސޯނޫ ސޫދު އަމިއްލަ ޚަރަދުގައި ފްލައިޓެއް ޗާޓަރު ކޮށްފި

06 ޖޫން 2020
ސޯނޫގެ ހޮޓެލް ސިއްހީ މަސައްކަތްތެރިންނަށް ހުޅުވާލައިފި

ސޯނޫގެ ހޮޓެލް ސިއްހީ މަސައްކަތްތެރިންނަށް ހުޅުވާލައިފި

09 އެޕްރީލު 2020
ސޯނޫ ސޫދު އަށް ޖެކީ ޗަން ކެއުމެއް ދީފި

ސޯނޫ ސޫދު އަށް ޖެކީ ޗަން ކެއުމެއް ދީފި

29 މާރިޗު 2019

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު