Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެއާއި އިންޑިޔާގެ ގުޅުން

ރާއްޖެ ބައިނަލްއަގްވާމީ މުޖުތަމައު އާއި އެކަހެރިކުރުމަށް ކެމްޕެއިނެއް ހިންގާ: ރައީސް ނަޝީދު

ރާއްޖެ ބައިނަލްއަގްވާމީ މުޖުތަމަޢުއާއި އެކަހެރި ކުރުމަށް ކުރަމުންދާ މަސައްކަތަކީ އެމަސައްކަތްކުރާ ފަރާތްތަކުގެ ފުރަތަމަ މަރުހަލާ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 އޮކްޓޯބަރު 2020 | ބުދަ 12:26
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ދިވެހިރާއްޖޭގައި ދީނީ ގޮތުން ހައްދު ފަހަނައަޅާފައި ތިބޭބަޔަކު ކެމްޕެއިނެއް ހިންގަމުން އަންނަކަމަށާއި, އޭގެ ބޭނުމަކީ ދިވެހިރާއްޖެ ބައިނަލްއަގްވާމީ ދުނިޔެއާއި އެކަހެރިކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ޖަލްސާއަށް ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރ އަޙްމަދު ޝިޔާމް ވަނީ އިންޑިޔާއާއެކު ވެފައިވާ އެއްބަސްވުންތަކާއި ގުޅިގެން ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ.

Advertisement - newsAdvertisement

އެ މައްސަލަ ބަލައިނުގެންނެވި ސަބަބު ސާފުކޮށްދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއާއި އިންޑިޔާގެ ގުޅުން ބޭއްވުމަކީ ރައްޔިތުން އެދޭ ކަމެއްކަމަށާއި އެކަމާމެދު ކުޑަވެސް ޝައްކެއް ނުކުރައްވާ ކަމަށެވެ. އެހެންނަމަވެސް ރާއްޖެ ބައިނަލްއަގްވާމީ މުޖުތަމަޢުއާއި އެކަހެރި ކުރުމަށް ކުރަމުންދާ މަސައްކަތަކީ އެ މަސައްކަތްކުރާ ފަރާތްތަކުގެ ފުރަތަމަ މަރުހަލާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ގައުމުތަކާއި ދޭދޭ ގައުމުތަކާއެކު ގުޅުން ބޭއްވުމަކީ މުހިންމު ކަމެއް ކަމަށެވެ. މީގެ ކުރިން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައިވެސް ވަނީ "އިންޑިއާ އައުޓް" އޭ ކިޔާ ގޮވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ފިކުރުތަކަށް ތާއިދު ކުރާ އައިސިސް ނުވަތަ އިސްލާމިކް ސްޓޭޓް ޖަމާޢަތުގެ ސެލްތަކުން ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ވަރަށް ގިނަ ބައިނަލްއަޤްވާމީ އިދާރާތަކަށް ސާފުވެފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވެފައިވެއެވެ.

މި މައްސަލައާ ގުޅުވައި ޕީޕީއެމް ޕީއެންސީއަށް ނިސްބަތްކޮށް ރައީސް ނަޝީދު ވިދާޅުވިީ މި ޝިޔާރު ބޭނުން ކުރަން އެދެނީނަމަ އެ ބާރުދެވެނީ އައިސިސްއިން މި ރާއްޖެ ހިފުމަށް ކަމަށެވެ. އިދިކޮޅު ފަރާތްތަކުން އަންނަނީ މި ސަރުކާރުން އިންޑިޔާގެ އެހީގައި ގިނަ ކަންތައްތަކެއް ކުރަމުން އަންނާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި އިދިކޮޅު ފަރާތްތަކުން އިސްވެ އޮވެ ސޯޝަލް މީޑިޔާގައި ވަނީ "އިންޑިޔާ އައުޓް" ހޭޝްޓެގް ބޭނުންކޮށްގެން ކެމްޕެއިނެއްވެސް ކޮށްފައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު