Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލީހަށް ސިފައިން ނުވައްދާނެ

މި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ސިފައިން ވައްދާނެ ކަމަކަށް ގަބޫލެއްނުކުރަން: ރައީސް ނަޝީދު

ސިފައިން މަޖިލީހަށް ވަދެ ބަންދުކުރަން އުޅެއްޖެނަމަ މެމްބަރުންނާ އެކީގައި އެންމެ ފަހު މީހާއާ ޖެހެންދެންވެސް ދިފާޢުގައި ހުންނަވާނެކަމަށް ނަޝީދު ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 އޮކްޓޯބަރު 2020 | ބުދަ 13:08
ރައްޔިތުންގެ މަޖިލީހަށް ސިފައިން ވެއްދި ދުވަހު

ރައްޔިތުންގެ މަޖިލީހަށް ސިފައިން ވެއްދި ދުވަހު

މި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ސިފައިން ވައްދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ޖަލްސާއަށް ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަޙްމަދު ޝިޔާމް ވަނީ އިންޑިޔާއާއެކު ވެފައިވާ އެއްބަސްވުންތަކާއި ގުޅިގެން ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ. ނަމަވެސް ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ކުއްލި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

އެއާއެކު ޝިޔާމް ވަނީ ނިޒާމީ މައްސަލަ ނަންގަވައި މިއީ ޑިމޮކްރަސީގައި ފަހަތަށް އެޅި ފިޔަވަޅެއް ކަމަށް ވިދާޅުވެ އެކަމާއި ހިތާމަކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި މި ސަރުކާރު ދެމިއޮތްހާ ހިނދަކު މަޖިލީސް ތަޅުލާފައި ބެހެއްޓުމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް މި މޭރުމުން ވާހަކަދެއްކެވުމުން ނަޝީދު ވިދާޅުވީ ޤާނޫނު އަސާސީ އޮންނަގޮތުން މަޖިލީހުގައި އަހަރަކު ތިން ދައުރު އޮންނަންޖެހޭ ކަމަށާއި ހަފްތާއަކު ތިން ދުވަހު ޖަލްސާތައް ބާއްވަން ޖެހޭ ކަމަށެވެ. ދިވެހި ފުލުހުންނާއި ސިފައިން މަޖިލީހަށް ވަދެ ބަންދުކުރަން އުޅެއްޖެނަމަ މެމްބަރުންނާ އެކީގައި އެންމެފަހު މީހާއާ ޖެހެންދެންވެސް ދިފާޢުގައި ހުންނަވާނެކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުގައި ރާއްޖެ ޓީވީން ގެނެސްދިން "ފަށާއިރު" ޕްރޮގްރާމްގައި މިދިޔަ ސަރުކާރުގައި ސިފައިން ރައްޔިތުންގެ މަޖިލިސް ހިސާރުކުރި ކުރުމަށް އިޝާރާތްކޮށް މިއަދު އެފަދަ އަމަލެއް ސިފައިން ހިންގަފާނެތޯ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއާ ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ސިފައިންނަކީ އަންނަ އޯޑަރަކަށް މަސައްކަތް ކުރާ ބައެއް ކަމަށެވެ.

ސިފައިން ގޮސް މަޖިލީހަށް ވަނުމުން އެއީ ސިފައިންގެ މީހާ އާއި ދައްކަންޖެހޭ ވާހަކައެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސިފައިންގެ ކޮމާންޑަރ އިން ޗީފަކަށް ރައީސުލްޖުމްހޫރިއްޔާ ހުންނަވާއިރު، ސިފައިންގޮސް އެގޮތަށް ވަންނަނީ ރައީސުލްޖުމްހޫރިއްޔާ އެގޮތަށް އޯޑަރު ދެއްވީމަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު ސިފައިން ވަނީ މަޖިލީހުގެ އިދާރާގެ ގޭޓްގައި ތަޅު އަޅުވައި އެތަނަށް މެމްބަރުންނަށް ނުވަދެވޭގޮތަށް ފޯރިމަރާފައެވެ. އޭރުގެ އިދިކޮޅު މެމްބަރުން އަދި މިހާރުގައި ސަރުކާރުގައި ހިމެނިވަޑައިގެންނަވާ މެމްބަރުން މަޖިލީހުގެ ތެރެއަށް ވެންނެވުމަށް މަސައްކަތްކުރެއްވުމުން ސިފައިން ވަނީ އެކަމަށް ހުރަސް އަޅާފައެވެ. އަދި މިކަމުގެ ތެރޭގައި ހަމަނުޖެހުންތައް ހިނގާފައިވެސްވެއެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު