Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޮނިޓަރިންގެ ހާލަތު އުވާލުން

މޮނިޓަރިންގެ ހާލަތަށް ލާފައިވާ އުތުރުގެ 6 ރަށް މޮނިޓަރިންގެ ހާލަތުން ނަގައިފި

6 އޮކްޓޯބަރު 2020 | އަންގާރަ 17:34

ކޮވިޑް-19ން ރައްކާތެރިވުމަށް އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސްކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 6 އޮކްޓޯބަރު 2020 | އަންގާރަ 17:34
ކުޅުދުއްފުށި ސިޓީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް ކައުންސިލުން އިލްތިމާސްކޮށްފައިވޭ

ކުޅުދުއްފުށި ސިޓީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް ކައުންސިލުން އިލްތިމާސްކޮށްފައިވޭ

ކުޅުދުއްފުށި ސިޓީގައި ހުންނަ ފުލުހުންގެ އިދާރާގައި މަސައްކަތްކުރާ ފުލުހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން މޮނިޓަރިންއަށްލި އުތުރުގެ ހަ ރަށުގެ މޮނިޓަރިންގެ ހާލަތު އުވާލައިފިއެވެ.

ހޯމަ ދުވަހުގެ ރޭ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކުޅުދުއްފުށީގެ އިތުރުން، ހއ. ބާރަށް، ހއ. ދިއްދޫ، ހއ. ހޯރަފުށި، ހދ. ކުރިނބީ އާއި ށ. ފުނަދޫއެވެ. ނަމަވެސް އަންގާރަ ދުވަހު މި ހުރިހާ ރަށެއްގެ މޮނިޓަރިންގެ ހާލަތު ވަނީ އުވާލާފައެވެ.

Advertisement - newsAdvertisement

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މޮނިޓަރިންގެ ހާލަތު އުވާލީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މި ވަގުތު ނެތުމުން ކަމަށެވެ.

މިކަމާ ގުޅިގެން ފުނަދޫ ކައުންސިލުން ބުނީ މޮނިޓަރިންގެ ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އުވާލި ނަމަވެސް ރައްކާތެރިވުމުގެ ގޮތުން އެޅުމަށް އެޗްޕީއޭއިން އަންގާފައިވާ އެންގުންތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިން ހެދުމަށްފަހު އަލާމަތްތައް ފެންނަ ފަރާތްތަކުގެ ސާންޕަލްތައް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާތީ ސާންޕަލްތަކުގެ ނަތީޖާ ލިބެންދެން ކުޅިވަރުގެ ދަނޑުތައް ބަންދު ކުރެވިފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން ކުޅުދުއްފުށި ކައުންސިލުން ވެސް ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސްކޮށްފައެވެ. ކޮވިޑަށް ޕޮޒިޓިވްވި ފުލުސް އޮފިސަރު ޕޮޒިޓިވްވިކަން އެނގިފައި ވަނީ އޭނާ ކުޅުދުއްފުށީގައި ހުއްޓައެވެ. ނަމަވެސް އެ ސަރަހައްދުގެ އިތުރު ރަށްތަކަކަށް އޭނާ ދަތުރުކޮށްފައި ވުމުން އެ ރަށްތައް މޮނިޓަރިންގެ ހާލަތައް ގެންދިޔައީ ހޯމަ ދުވަހުގެ ރެއެވެ.

މި ކޭސްއާ ގުޅިގެން ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ހޯމަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މިކޭސް އަކީ އެހެން ކޭސް އަކާއި ގުޅުން ހުރި ކޭސްއެއް ކަމަށް އަދި ފާހަގަވެފައި ނުވާ ކަމަށާއި މި މީހާ އަކީ މާލެ ދަތުރުކޮށްފައިވާ މީހެއް ނޫން ކަމަށެވެ. އަދި އެހެން ރަށްތަކަށް އެ އޮފިސަރު ދަތުރުކޮށްފައި ވަނީ އެކި މަސައްކަތްތަކުގައި ކަމަށް ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
10 ޖެނުއަރީ 2017

ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި

10 ޖެނުއަރީ 2017
ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް