Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ޔުނައިޓެޑާއި ލިވަޕޫލުވެސް ލަދުވެތި ގޮތަކަށް ބަލިވެއްޖެ

ޔުނައިޓެޑް ބަލިވީ ޓޮޓެންހަމް އަތުން 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 4 އޮކްޓޯބަރު 2020 | އާދީއްތަ 21:43
ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޓޮޓެންހަމް މޮޅުވީ 6-1 ން

ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޓޮޓެންހަމް މޮޅުވީ 6-1 ން

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ޔުނައިޓެޑާއި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުވެސް ލަދުވެތި ގޮތަކަށް ބަލިވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޔުނައިޓެޑް ބަލިވީ ޓޮޓެންހަމް ހޮޓްސްޕާ އަތުން 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ ޕްރިމިއާ ލީގުގެ މެޗަކުން ފަސް ލަނޑުގެ ތަފާތަކުން ޔުނައިޓެޑް ބަލިވި ހަތަރުވަނަ ފަހަރެވެ. އަދި މިއީ 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހަށްފަހު ފަސް ލަނޑުގެ ތަފާތަކުން ޔުނައިޓެޑް ބަލިވި ފުރަތަމަ މެޗެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު ޔުނައިޓެޑުން ވަނީ ލީޑު ނަގާފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭސްއެވެ. މި މެޗުގައި ޔުނައިޓެޑުގެ ޑިފެންޑަރުންގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ހިފަހައްޓާލެވުނީ ދެ މިނެޓަށެވެ. އެގޮތުން މެޗުގެ ހަތަރުވަނަ މިނެޓުގައި ޓަންގުއީ އެންޑޮމްބެލޭ ވަނީ ޓޮޓެންހަމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި އޭގެ ތިން މިނެޓު ފަހުން ސޮން ހުއެން-މިން ވަނީ ޓޮޓެންހަމަށް ލީޑު ނަގައިދީފައެވެ.

މި މެޗުގައި ޔުނައިޓެޑަށް އިތުރު މައްސަލަތަކެއް ދިމާވީ މެޗުގެ 28 ވަނަ މިނެޓުގައި އެ ޓީމުގެ ފޯވާޑް އެންތަނީ މާޝިއަލަށް ރެފުރީ ސީދާ ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ. މާޝިއަލަށް ރަތް ކާޑެއް ދެއްކީ ބޯޅަ ނެތީސް ޓޮޓެންހަމުގެ އެރިކް ލަމޭލާގެ މޫނުމަތީގައި ޖެހުމާ ގުޅިގެންނެވެ.

ޔުނައިޓެޑުން އެއް ކުޅުންތެރިއަކު މަދުން ކުޅެމުން ދަނިކޮށް، ޓޮޓެންހަމުން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 30 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހެރީ ކޭންއެވެ. އަދި އޭގެ ހަތް މިނެޓު ފަހުން ސޮން ވަނީ ޓޮޓެންހަމުގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ޔުނައިޓެޑުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފު ފަށައިގެން ހަވަނަ މިނެޓުގައި ސާޖް އޯރިއޭ ވަނީ ޓޮޓެންހަމުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މި މެޗުގައި ޓޮޓެންހަމުން ކާމިޔާބުކުރި ހަވަނަ ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކޭންއެވެ.

މީގެ އިތުރުން ލީގުގައި އާދީއްތަ ދުވަހުގެރޭ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ބަލިވީ އެސްޓަން ވިލާ އަތުން 7-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ 1963 ވަނަ އަހަރުގެ އޭޕްރީލް މަހަށްފަހު ލިވަޕޫލް ކޮޅަށް ހަތް ލަނޑު ވަން ފުރަތަމަ މެޗެވެ.

ލިވަޕޫލް އަތުން ހޯދި މޮޅާއެކު ވިލާ ވަނީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ ތިން މެޗުންވެސް މޮޅުވެފައެވެ. އެހެންކަމުން މިއީ 1962-1963 ވަނަ އަހަރުގެ ސީޒަނަށްފަހު ޕްރިމިއާ ލީގުގެ ފުރަތަމަ ތިން މެޗުން ވިލާ މޮޅުވި ފުރަތަމަ ފަހަރެވެ.

ވިލާގެ ދަނޑުގައި ކުޅުނު މި މެޗުގައި ލިވަޕޫލުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ވަރަށް ކުރީކޮޅު ވިލާއިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި ލިވަޕޫލުގެ ގޯލްކީޕަރު އޭޑްރިއަން ހެދި ގޯހެއްގެ ފައިދާ ނަގާ މި ލަނޑު ވިލާއަށް ކާމިޔާބުކޮށްދިނީ އޮލީ ވަޓްކިންސްއެވެ. އަދި މެޗުގެ 22 ވަނަ މިނެޓުގައި ވަޓްކިންސް ވަނީ އިތުރު ލަނޑެއް ޖަހާ ވިލާއަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގެ 33 ވަނަ މިނެޓުގައި މުޙައްމަދު ސަލާހު ލިވަޕޫލަށް ފަރަގު ކުޑަކޮށްދިން ނަމަވެސް، އޭގެ ދެ މިނެޓު ފަހުން ޖޯން މެކްގިން ވަނީ ވިލާއަށް އަލުން ލީޑު ފުޅާކޮށްދީފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ވަޓްކިންސް ވަނީ އިތުރު ލަނޑެއް ޖަހާ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

ދެވަނަ ހާފުގައިވެސް ވިލާއިން މޮޅު ކުޅުމެއް ދެއްކިއިރު، މި ހާފުގެ 10 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ފަސްވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ދާދި ފަހުން ޗެލްސީގެ ލޯނު އެއްބަސްވުމެއްގެ ދަށުން އެ ޓީމާ ގުޅުނު ރޮސް ބާކްލީއެވެ.

މެޗުގެ 60 ވަނަ މިނެޓުގައި ސަލާހު ލަނޑެއް ޖަހާ ލިވަޕޫލަށް އުންމީދު އާކޮށްދިން ނަމަވެސް، އޭގެ ހަ މިނެޓު ފަހުން ޖެކް ގްރީލިޝް ވަނީ ވިލާގެ ހަވަނަ ލަނޑު ޖަހާފައެވެ. އަދި މި މެޗުގައި ވިލާއިން ކާމިޔާބުކުރި ހަތްވަނަ ލަނޑު 75 ވަނަ މިނެޓުގައި ޖަހައިދިނީވެސް ގްރީލިޝްއެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުތަކުން ޔުނައިޓެޑާއި ލިވަޕޫލް ބަލިވިއިރު، ލީގު ތާވަލުގައި ލިވަޕޫލް އޮތީ ފަސްވަނައިގައި ކުޅުނު ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއެކުއެވެ. އަދި ޔުނައިޓެޑް އޮތީ ތާވަލުގެ 16 ވަނައިގައި ތިން މެޗުން ތިން ޕޮއިންޓާއެކުއެވެ. މީގެ އިތުރުން ލީގުގައި އާދީއްތަ ދުވަހުގެރޭ ޝެފީލްޑް ޔުނައިޓެޑް އަތުން 2-1 ން މޮޅުވި އާސެނަލް އޮތީ ތާވަލުގެ ހަތަރުވަނައިގައި ހަތަރު މެޗުން ނުވަ ޕޮއިންޓާއެކުއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: މިދިޔަ ސީޒަނުގެ ޗެމްޕިއަން ޗެލްސީ ފުރަތަމަ މެޗުން ބަލިވެއްޖެ!

ޕްރިމިއާ ލީގު: މިދިޔަ ސީޒަނުގެ ޗެމްޕިއަން ޗެލްސީ ފުރަތަމަ މެޗުން ބަލިވެއްޖެ!

13 އޯގަސްޓު 2017
އޭޝިއަން ސީނިއާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެއްޖެ

އޭޝިއަން ސީނިއާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެއްޖެ

10 އޯގަސްޓު 2017
މަޓިޗް، ޔުނައިޓެޑާއި އެކު މެޑިކަލް ފުރިހަމަކޮށްފި

މަޓިޗް، ޔުނައިޓެޑާއި އެކު މެޑިކަލް ފުރިހަމަކޮށްފި

31 ޖުލައި 2017
މާޒިޔާ ހުރިހާ ގޮތަކަށް ބަލާއިރުވެސް ވަރުގަދަ، ޕޮއިންޓެއް ނަމަވެސް ބޭނުން: ސާންތި

މާޒިޔާ ހުރިހާ ގޮތަކަށް ބަލާއިރުވެސް ވަރުގަދަ، ޕޮއިންޓެއް ނަމަވެސް ބޭނުން: ސާންތި

22 ޖޫން 2017
އަފްޣާނިސްތާން އަތުން ރާއްޖެ ބަލިވެއްޖެ

އަފްޣާނިސްތާން އަތުން ރާއްޖެ ބަލިވެއްޖެ

07 ޖޫން 2017

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު