Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލުން އިތުރު ކުޅުންތެރިއަކު ހޯދުން

ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން ބޮޑު ޓްރާންސްފާއެއް ފެނިދާނެ: އާޓެޓާ

4 އޮކްޓޯބަރު 2020 | އާދީއްތަ 17:53

ޓްރާންސްފާ ބާޒާރު ބަންދުވަން ދެން އޮތީ އެންމެ ދުވަހެއް

އަތޫފް އާތިފް
އަތޫފް އާތިފް | 4 އޮކްޓޯބަރު 2020 | އާދީއްތަ 17:53
އާސެނަލުގެ ކޯޗު މިކޭލް އާޓެޓާ

އާސެނަލުގެ ކޯޗު މިކޭލް އާޓެޓާ

މި ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން އާސެނަލުން ބޮޑު ޓްރާންސްފާއެއް ފެނިދާނެ ކަމުގެ އިޝާރާތެއް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ދީފިއެވެ.

މިފަހަރުގެ ޓްރާންސްފާ ބާޒާރު ބަންދުވަން ދެން އޮތީ އެންމެ ދުވަހެކެވެ.

އިނގިރޭސި މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އާޓެޓާ ބުނީ ހޯމަ ދުވަހު ޓްރާންސްފާ ބާޒާރު ބަންދުވާއިރު، އާސެނަލުން އިތުރު ކުޅުންތެރިއެއް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އަދި އެއީ ބޮޑު ޓްރާންސްފާ އަކަށް ވެދާނެ ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން އާސެނަލުން އަންނަނީ ފްރާންސްގެ ލިޔޯނަށް ކުޅެމުން އަންނަ ހޫސެމް އޯވާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން އެތުލެޓިކޯ މެޑްރިޑުގެ ތޯމަސް ޕާޓޭ ހޯދުމަށްވެސް އާސެނަލުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އާސެނަލުން ލިޔޯނުގެ ހޫސެމް އޯވާ ހޯދުމަށް މަސައްކަތް ކުރަމުން އައި ނަމަވެސް، އޭނާ ވިއްކަން ލިޔޯން ދެކޮޅު ކަމަށް ދާދި ފަހުން މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެކަމަކު އާޓެޓާ ބުނީ ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން ބޮޑެތި ޚަބަރުތަކެއް ލިބުމުގެ ފުރުސަތު އެބައޮތް ކަމަށާއި، އާސެނަލަށް އަދި މި ޓްރާންސްފާ ބާޒާރު ނުނިމޭ ކަމަށެވެ. ނަމަވެސް އާޓެޓާ ވަނީ މިހާރު އާސެނަލުގައި އޮތް ސްކޮޑާއި މެދުވެސް ހިތްހަމަޖެހޭ ކަމަށްވެސް ބުނެފައެވެ. އޭނާ ބުނީ މިހާރު އޮތް ސްކޮޑާއެކުވެސް ތަށި ހޯދުމުގެ ފުރުސަތު އާސެނަލަށް އެބައޮތް ކަމަށެވެ. އަދި މި ސީޒަނުގައި އާސެނަލުގެ ފުރަތަމަ ޓާގެޓަކީ އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުން ކަމަށްވެސް އާޓެޓާ ބުންޏެވެ.

އާސެނަލުން މި ޓްރާންސްފާ ބާޒާރުގައި އަދި މިހާތަނަށް މާ ބޮޑު ޚަރަދެއް ކޮށްފައި ނުވި ނަމަވެސް، މީގެ ކުރިން އެ ޓީމުން ވަނީ ޗެލްސީއަށް ކުޅެމުން އައި ބްރެޒިލުގެ ފޯވާޑް ވިލިއަން އާއި ލިލްއަށް ކުޅެމުން އައި ބްރެޒިލުގެ ޒުވާން ޑިފެންޑަރު ގަބްރިއެލް މަގަލްހައެސްގެ ސޮއި ހޯދާފައެވެ. އަދި ވަނީ ސްޕެއިން މިޑްފީލްޑަރު ޑެނީ ސެބާޔޯސްގެ ލޯނު މުއްދަތުވެސް އިތުރުކޮށްފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
03 ފެބުރުއަރީ 2017

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް