Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ އަންނަ ފަތުރުވެރިން

ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ ފަތުރުވެރިން އައީ އޮކްޓޯބަރ 2 ގައި، އެދުވަހު ހާހަކަށްވުރެ ގިނަ ފަތުރުވެރިން އައި

ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދުވަނީ 18،867ށް އަރާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 އޮކްޓޯބަރު 2020 | އާދީއްތަ 16:15
ރާއްޖެއައި ފަތުރުވެރިންތަކެއް

ރާއްޖެއައި ފަތުރުވެރިންތަކެއް

ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް މިހާތަނަށް އެއް ދުވަހާ އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހު ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެއްދުވަހާ ހާހަކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްގެން ރިކޯޑް ކުރެވިފައިވަނީ އެ ދުވަހު ކަމަށެވެ. އަދި މިއާއެކު ޓޫރިޒަމް އިންޑަސްޓްރީ ކުރިން އޮތް ހިސާބަށް އަވަހަށްދާނެ ކަމަށް ކުރެވޭ އުންމީދު ބޮޑު ކަމަށްވެސް މިނިސްޓްރީން ބުނެއެވެ. މިއާއެކު ޓޫރިޒަމް މިނިސްޓްރީން ވަނީ ޓޫރިސްޓުންނަށާއި ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފައެވެ.

Advertisement - newsAdvertisement

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް މަރޗް މަހުގެ 27 ވަނަ ދުވަހު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލާފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. އެހެންނަމަވެސް އޮގަސްޓް މަސް ނިމުމަކާ ހަމައަށް އައިއިރުވެސް އުންމީދު ކުރިވަރާއި ގާތަށް ވެސް ރާއްޖެއަށް ފަތުރުވެރިން އައިސްފައެއް ނުވެއެވެ. ނަމަވެސް ސެޕްޓެމްބަރ މަސް ފެށުމާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ.

އިމިގްރޭޝަނުން އެންމެ ފަހުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ސެޕްޓެމްބަރު މަހު ޖުމްލަ 9538 ފަތުރުވެރިން ރާއްޖެ ޒިޔާރާތް ކޮށްފައިވެއެވެ. މިއީ ފާއިތުވި މަސްތަކަށް ވުރެ 25 އިންސައްތަ އިތުރު އަދަދެކެވެ. އެއާއި އެކު ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ޖުމްލަ އަދަދުވަނީ 18،867ށް އަރާފައެވެ.

ބޯޑަރު ހުޅުވާލި ފަހުން ދުވާލެއްގެ މައްޗަށް އެވެރެޖްކޮށް 100ށް ވުރެ ގިނަ ފަތުރުވެރިން އެތެރޭވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ. އެގޮތުން، ޖުލައި މަހު ދުވާލެއްގެ މައްޗަށް 100 ފަތުރުވެރިން އެތެރެވެފައިވާއިރު އޯގަސްޓް މަހުގައި އެވެރެޖްކޮށް ދުވާލެއްގެ މައްޗަށް 218 ފަތުރުވެރިން ރާއްޖެ އެތެރެވެފައިވާއިރު ޖުލައި މަހާއި އަޅާކިޔާއިރު 118 އިންސައްތައިގެ ކުރިއެރުމެއް އޮގަސްޓް މަހު ހޯދާފައިވެއެވެ. އަދި ސެޕްޓެމްބަރު މަހުގައި ދުވާލެއްގެ މައްޗަށް އެވެރެޖްކޮށް 318 ފަތުރުވެރިން އެތެރެވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ފަތުރުވެރިން އައި އަދަދުތަކަށް ބަލާއިރު ވެސް، ރާއްޖެއަށް ރަޝިއާގެ އެއިރޮފްލޮޓްގެ ދަތުރުތައް ފެށުމާއި އެކު ވަނީ ބޮޑު ތަނުން އިތުރުވެގެން ގޮސްފައެވެ. އެގޮތުން، ސެޕްޓެމްބަރު މަހު 696 ފަތުރުވެރިން އެއް ދުވަހެއްގައި އައި އިރު، އެންމެ މަދު މީހުން އައި ދުވަހު އެކަނިވެސް 97 ފަތުރުވެރިއަކު ވަނީ އައިސްފައެވެ. މިއީވެސް އޯގަސްޓް މަހާއި އަޅާކިޔާއިރު، ބޮޑު ކުރިއެރުމެކެވެ.

ކޮވިޑް-19 އާއި ގުޅިގެން މުޅި ދުނިޔޭގެ އިގްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ އެއް ގައުމަކީ ރާއްޖެއެވެ. އެއީ މުޅި އިގްތިޞާދު މުޅިންހެން ފަތުރުވެރިކަމަށް ބިނާވެފައިވާތީ ކަމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެއާއެކު ފަތުރުވެރިންނަށް އަމާޒުކޮށްގެން ގިނަ ޕްރޮމޯޝަން ހިންގުމުގެ އިތުރުން ރާއްޖެ މާކެޓް ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

އަނެއްކޮޅުން މިމަހުގެ 15 ވަނަ ދުވަހު މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ރަށްތަކުގައި ގެސްޓް ހައުސް ހުޅުވުމަށް މިހާރު ވަނީ ނިންމާފައެވެ. އަދި އެކަމަށް ޚާއްސަކޮށް އެޗްޕީއޭއިން ވަނީ ގައިޑްލައިނެއް ވެސް އެކުލަވާލާފައެވެ. މިއާއެކުވެސް ރާއްޖެ އަންނަ ފަތުރުވެރިން އިތުރު ވެގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު