Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުތާޅާފިލި އަލިބެގެ މައްސަލަ

ބަލަމުންދާ މައްސަލަ ސާފުކޮށްދިނުމަށް އަލިބެ ސަރުކާރުގެ އިދާރާތަކަށް ހުށަހަޅުއްވައިފި

3 އޮކްޓޯބަރު 2020 | ހޮނިހިރު 07:31

އަލިބެގެ ޑިސިޕްލިނަރީ މައްސަލައެއް ބަލަމުން އަންނަ ކަމަށް ޓީޓީ އެސޯސިއޭޝަނުން ބުނޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 3 އޮކްޓޯބަރު 2020 | ހޮނިހިރު 07:31
ކުރީގެ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގެންނެވި އަދި މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ)

ކުރީގެ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގެންނެވި އަދި މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ)

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބަލަމުންދާ މައްސަލަ ސާފުކޮށްދިނުމަށް ޓީޓީ އެސޯސިއޭޝަނުގެ ކުރީގެ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގެންނެވި އަދި މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ) ސަރުކާރުގެ އިދާރާތަކަށް ހުށަހަޅުއްވައިފިއެވެ.

އަލިބެގެ މައްސަލައެއް ބަލަމުންދާކަން ޓީޓީ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު މެސެޖަކުން އަލިބެއަށް އަންގާފައެވެ. އަދި މައްސަލަ ބަލައި ނިމެންދެން ޓީޓީ އެސޯސިއޭޝަނުގެ އެއްވެސް ކުޅިވަރު ކުޅޭ ތަނެއް ބޭނުންކުރުން އަލިބެއަށް މަނާކުރިއިރު، ޓީޓީ ހޯލުގައި ކުޑަކުދިންނަށް ކޯޗު ކޮށްދިނުންވެސް ވަނީ މަނާ ކޮށްފައެވެ.

މި މައްސަލައިގެ ތަފުސީލު ހޯދަން ޓީޓޯ އެސޯސިއޭޝަނުގައި އަލިބެ އެތައް ފަހަރަކު އެދިވަޑައިގަތް ނަމަވެސް، އަދި މިހާތަނަށްވެސް މައްސަލައިގެ ތަފުސީލު އެ އެސޯސިއޭޝަނުން ހާމަކޮށްފައެއް ނުވެއެވެ. މީގެ ކުރިން އަލިބެ ވަނީ މީހަކާ މެދު އެއްވެސް ރަސްމީ އިދާރާއަކުން ކުށެއްގެ ތުހުމަތު ކުރެވޭނަމަ، ނުވަތަ އިދާރީ ފިޔަވަޅެއް އަޅާނަމަ އޭގެ ސަބަބަކީ ކޮބައިކަން އެމީހަކަށް އެނގުމަކީ އެމީހަކަށް ލިބިދީފައިވާ އެންމެ އަސާސީ އެއް ހައްގު ކަމަށްވާއިރު، އެ މައްސަލައަކީ ކޮން މައްސަލައެއްކަންވެސް އަދިވެސް ސިއްރުކޮށްފައި އޮތުމުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެއާއެކު ހުކުރު ދުވަހު އަލިބެ ވަނީ އިންފޮމޭޝަން ކޮމިޝަނުގެ "މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ޤާނޫނު" ގެ ދަށުން ސަރުކާރުގެ އިދާރާތަކަށް މައްސަލަ ސާފުކޮށްދިނުމަށް އެދި ހުށަހަޅުއްވާފައެވެ. އެގޮތުން ޓީޓީ އެސޯސިއޭޝަނުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާ އާއި، ސްޕޯޓްސް ކޮމިޝަން އަދި ސްޕޯޓްސް ކައުންސިލަށް އަލިބެ ވަނީ ލިޔުމުން ހުށަހަޅުއްވާފައެވެ.

މިކަމާ ގުޅިގެން "ރާއްޖެ.އެމްވީ" އަށް މައުލޫމާތު ދެއްވަމުން އަލިބެގެ ޤާނޫނީ ވަކީލު، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ މީހަކާ މެދު އިދާރާއަކުން ބަލަމުންދާ މައްސަލަ އަކީ ކޮން މައްސަލައެއްކަން އެ މީހަކަށް ބުނެދިނުމަކީ ޤާނޫން އަސާސީންވެސް އެމީހަކަށް ލިބިދީފައިވާ ހައްގެއް ކަމަށެވެ. އެހެންކަމުން މިހާތަނަށް އައިރު އަލިބެގެ މައްސަލައިގެ ތަފުސީލު ހާމަކޮށްފައިނުވާތީ ހަސަން ލަތީފް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އަލިބެއާ ގުޅޭ ގޮތުން ބަލަމުންދާ މައްސަލައާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ޓީޓީ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ ބައްދަލުވުމަކަށް ހާޒިރުވުމަށް އަލިބެއަށް އެންގިއިރު، އެ ބައްދަލުވުމަކީ މައްސަލައާ ގުޅޭ ގޮތުން އެ ކޮމިޓީގެ ރަސްމީ ޖަލްސާއަކަށް ހާޒިރު ކުރައްވައިގެން ހިންގަވާ މުއާމަލާތަކަށްވާތީ، އެބައްދަލުވުމަށް އަލިބެ ހާޒިރުވެފައިވާނީ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލަކާ އެކުގައެވެ. އެހެންނަމަވެސް ވަކީލުގެ ހާޒިރުގައި މައްސަލައާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކެވުމަށް އެ ކޮމިޓީގައި ތިއްބެވި ބޭފުޅުން އުޒުރުވެރިވެ ވަޑައިގަތް ކަމަށް އަލިބެ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އަލިބެގެ މައްސަލައާ ގުޅިގެން މީގެ ކުރިން "ރާއްޖެ.އެމްވީ" އަށް މައުލޫމާތު ދެއްވަމުން ޓީޓީ އެސޯސިއޭޝަންގެ ޖެނެރެލް ސެކްރެޓަރީ އިސްމާއިލް ސުޖާއު ވިދާޅުވީ އަލިބެގެ ޑިސިޕްލިނަރީ މައްސަލައެއް ބަލަމުން އަންނަ ކަމަށާއި، އެކަމަކު ހިންގާ ކޮމިޓީން ބަލަމުންދާ މައްސަލައަކަށް ވުމާއެކު، މައްސަލައިގެ ތަފުސީލު ހާމަކުރެވެން ނެތް ކަމަށެވެ. އެކަމަކު މައްސަލަ ބަލައި ނިމުމުން އެކަމުގެ ތަފުސީލު ހާމަކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަލިބެގެ މައްސަލައެއް ބަލަމުން އަންނައިރު، އޭނާ އަކީ ވޭތިވެދިޔަ އެތައް އަހަރެއްގެ ގައުމީ ޓީޓީ ޓީމުގެ ކެޕްޓަންކަން ކުރައްވައި އަދި ފާއިތުވީ ދިގު މުއްދަތުގައި ގިނަ އަހަރުތަކެއްގެ ޗެމްޕިއަނުގެ އިތުރުން މިދިޔަ އަހަރުގެވެސް ފުރަތަމަ ޑިވިޝަނުގެ ޑަބަލްސް އަދި މިކްސް ޑަބަލްސްގެ ޗެމްޕިއަނެވެ. އަދި އަލިބެ އަންނަނީ ކުޑަކުދީންނަށް ކޯޗުކޮށްދެމުންވެސް މެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

09 އޯގަސްޓު 2017

ސަންޗޭޒް އަށް އަނިޔާގެ މައްސަލަ ކުރިމަތިވެ ދެ ހަފްތާއަށް ކުޅުމާއި ދުރަށްދާން ޖެހިއްޖެ.

09 އޯގަސްޓު 2017
ސަންޗޭޒް އަށް އަނިޔާގެ މައްސަލަ ކުރިމަތިވެ ދެ ހަފްތާއަށް ކުޅުމާއި ދުރަށްދާން ޖެހިއްޖެ.
02 އޯގަސްޓު 2017

އައިއޭއޭއެފް އިން މައިޒާން އަލިބެގެ ހިދުމަތުގެ އަގުވަޒަންކޮށްފި

02 އޯގަސްޓު 2017
އައިއޭއޭއެފް އިން މައިޒާން އަލިބެގެ ހިދުމަތުގެ އަގުވަޒަންކޮށްފި
11 ޖުލައި 2017

ފޯމުގައި ޓީސީ އޮއްވާ ދިގު ބްރޭކެއް އައުމުން މައްސަލަތައް ދިމާވި: ނިޒާމްބެ

11 ޖުލައި 2017
ފޯމުގައި ޓީސީ އޮއްވާ ދިގު ބްރޭކެއް އައުމުން މައްސަލަތައް ދިމާވި: ނިޒާމްބެ
26 މެއި 2017

އަންހެން ކުދިން ކުޅޭހެން ފުޓުބޯޅަ ކުޅެން އުޅުނީމަ މައްސަލަ ދިމާވީ: ނަޒީހް

26 މެއި 2017
އަންހެން ކުދިން ކުޅޭހެން ފުޓުބޯޅަ ކުޅެން އުޅުނީމަ މައްސަލަ ދިމާވީ: ނަޒީހް
24 މެއި 2017

ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި

24 މެއި 2017
ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި
21 މެއި 2017

އެވްރެޖުކޮށް ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ، މައްސަލަ އަކީ ގޯލެއް ސްކޯ ކޮށް ނުލެވުން: ފެސްކޯ

21 މެއި 2017
އެވްރެޖުކޮށް ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ، މައްސަލަ އަކީ ގޯލެއް ސްކޯ ކޮށް ނުލެވުން: ފެސްކޯ
15 މެއި 2017

ބަލަމުންދާ މައްސަލަ އަކާހުރެ އިންޓާ އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރަތުގެ ސެމީ ފައިނަލް މެޗެއް ފަސްކޮށްފި

15 މެއި 2017
ބަލަމުންދާ މައްސަލަ އަކާހުރެ އިންޓާ އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރަތުގެ ސެމީ ފައިނަލް މެޗެއް ފަސްކޮށްފި
04 އެޕްރީލު 2017

ސަންޑަލޭންޑްގެ ކޯޗު އަންހެން ރިޕޯޓަރަކަށް އިންޒާރުދިން މައްސަލަ ބަލަނީ!

04 އެޕްރީލު 2017
ސަންޑަލޭންޑްގެ ކޯޗު އަންހެން ރިޕޯޓަރަކަށް އިންޒާރުދިން މައްސަލަ ބަލަނީ!
13 މާރިޗު 2017

ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ

13 މާރިޗު 2017
ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ
07 ފެބުރުއަރީ 2017

ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

07 ފެބުރުއަރީ 2017
ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް