Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕްރީސްކޫލްތަކުގައި ކިޔަވައިދޭން ފެށުން

ރަށްރަށުގެ ޕްރީސްކޫލްތައް ހުޅުވުމުގެ މަޝްވަރާތައް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފި

3 އޮކްޓޯބަރު 2020 | ހޮނިހިރު 07:21

މިނިސްޓްރީން ބޭނުންވާނީ ވީއެންމެ އަވަަހަކަށް ޕްރީސްކޫލުތަކުގައި ކިޔެވުން ފެށުމަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 3 އޮކްޓޯބަރު 2020 | ހޮނިހިރު 07:21
ހުޅުމާލޭގައި ހިންގަމުން އަންނަ ޖެމްސް ލިޓްސް ޕްރީ ސްކޫލުގައި ބޭއްވި ހަރަކާތެއްގެ ތެރެއިން އެ ސްކޫލުގެ ބައެއް ދަރިވަރުން

ހުޅުމާލޭގައި ހިންގަމުން އަންނަ ޖެމްސް ލިޓްސް ޕްރީ ސްކޫލުގައި ބޭއްވި ހަރަކާތެއްގެ ތެރެއިން އެ ސްކޫލުގެ ބައެއް ދަރިވަރުން

ރަށްރަށުގެ ޕްރީސްކޫލްތައް ހުޅުވުމުގެ މަޝްވަރާތައް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އާއެކު ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެޓީވީގެ ތައުލީމީ ގުޅޭ ހާއްސަ ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައިޝަތު އާތިޔާ ނަސީރު ވިދާޅުވީ މިހާރު ކުރިއަށްދަނީ ޕްރީސްކޫލްތައް ހުޅުވާނީ ކޮން ރަށްތަކެއްގައިތޯ ކަނޑައެޅުމަށް ކުރެވޭ މަޝްވަރާތަކެއް ކަމަށެވެ. އަދި މިނިސްޓްރީން ބޭނުންވާނީ ވީއެންމެ އަވަަހަކަށް ޕްރީސްކޫލުތަކުގައި ކިޔެވުން ފެށުމަށް ކަމަށްވެސް އާތިޔާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރަށްރަށުގެ ސްކޫލުތަކުގައި ތަފާތު ބަދަލުތަކެއް ގެންނަން މިނިސްޓްރީން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ އާތިޔާ ވިދާޅުވީ ބައެއް ސްކޫލްތަކުގެ ޝެޝަންތައް ކުރު ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ޝެޝަންތައް ދިގު ކުރެވެން ހުރި ސްކޫލްތަކުގައި ސެޝަންތައް ދިގުކޮށް، އިތުރު ހަރަކާތްތައް ހިންގެން ހުރި ސްކޫލުގައި އެކަންވެސް ފަށަން ނިންމާފައިވާ ވިދާޅުވިއެވެ.

ރަށްރަށުގެ ޕްރީސްކޫލްތައް ހުޅުވުމުގެ މަޝްވަރާތައް އެޑިއުކޭޝަން މިނިސްޓްރީން ކުރަމުންދާއިރު މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން މާލޭ ސިޓީގެ ސްކޫލްތަކުގައި ކީ ސްޓޭޖް 4 އަދި 5 (ގްރޭޑް 9ން 12ށް) ގެ ދަރިވަރުންގެ ކިޔެވުން ފެށުމަށް އެ މިނިސްޓްރީން ވަނީ ނިންމާފައެވެ. މި ދަރިވަރުންގެ ކިޔެވުން ފެށި ނަމަވެސް ކޮންމެ ހަފްތާއަކު މިނިސްޓްރީގެ ފަރާތުން ހާލަތަށް ރިޔާއަތްކޮށް ނިންމުންތައް ނިންމަމުންދާނެ ކަމަށް އާތިޔާ ވިދާޅުވިއެވެ.

އާތިޔާ އިތުރަށް ވިދާޅުވީ ކުދިން ގޭގައި ތިބެގެން އޮންލައިންކޮށް ކިޔަވާއިރު، ސްކްރީނަށް ބަލަހައްޓައިގެން އިންނަންވުމުން ފޫހިކަން އިހުސާސް ކުރެވި، ކިޔެވުމަށް އޮންނަ ޝައުޤުވެރިކަން ކުޑަވެގެންދާ ކަމަށެވެ. އަދި މިއީ އެ މިނިސްޓްރީގެ ފަރާތުން ދަރިވަރުންނާ އެކު ބޭއްވި ބައްދަލުވުންތަކުން ލިބުނު މައުލޫމާތު ކަމަށް ވިދާޅުވިއެވެ.

އެގޮތުން، ފުރަތަމަ ސްކޫލްތައް ބަންދުވިއިރު އެއީ ކިހާވަރެއްގެ ކަމެއްކަން އިހުސާސް ނުކުރެވުނު ނަމަވެސް މިހާރު އެކަން އެނގޭކަމަށާއި ގޭގައި ތިބެގެން ކިޔަވަން ޖެހުމުން ފިލާވަޅުތައް ހަދާ، ކިޔެވުމަށް ޝައުޤުވެރިނުވާ ކަމަށް އެ ކުދިން ވަނީ ބުނެފައިވާ ކަމަށް އާތިޔާ ވިދާޅުވިއެވެ.

އެހެން ގްރޭޑްތަކުގެ ކިޔެވުން ފެށުމާއި ގުޅޭގޮތުން ސުވާލުކުރުމުން ވިދާޅުވީ، 9 އަކުން ދަށުގެ ގްރޭޑްތަކުގެ ކިޔެވުން ފެށުމަަށްވެސް މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އެ މިނިސްޓްރީގެ ހުރިހާ ނިންމުމެއްވެސް ނިންމާނީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކޮށްގެންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

30 މެއި 2017

އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ ވައިބާ ގުރޫޕުން މީޑިއާތައް ބޭރުކޮށް ގްރޫޕް އުވާލައިފި

30 މެއި 2017
އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ ވައިބާ ގުރޫޕުން މީޑިއާތައް ބޭރުކޮށް ގްރޫޕް އުވާލައިފި
02 އެޕްރީލު 2017

ޚާއްޞަ އެހީއަށް ބޭނުންވާ ގިނަ ކުދިންނަކީ އޯޓިސްޓިކް ކުދިން: އެޑިއުކޭޝަން މިނިސްޓަރު

02 އެޕްރީލު 2017
ޚާއްޞަ އެހީއަށް ބޭނުންވާ ގިނަ ކުދިންނަކީ އޯޓިސްޓިކް ކުދިން: އެޑިއުކޭޝަން މިނިސްޓަރު
21 މާރިޗު 2017

ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ

21 މާރިޗު 2017
ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ
14 މާރިޗު 2017

ތާޖުއްދީން ސްކޫލުގައި ފްލޫ ކްލިނިކެއް ހުޅުވުމުގެ މަސައްކަތް ފަށަނީ

14 މާރިޗު 2017
ތާޖުއްދީން ސްކޫލުގައި ފްލޫ ކްލިނިކެއް ހުޅުވުމުގެ މަސައްކަތް ފަށަނީ
10 ފެބުރުއަރީ 2017

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު
09 ފެބުރުއަރީ 2017

ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި

09 ފެބުރުއަރީ 2017
ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
17 ޖެނުއަރީ 2017

ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން

17 ޖެނުއަރީ 2017
ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް