Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް-19 ވެކްސިން

ޗައިނާގެ ސިނޯވެކް ވެކްސިން ބޭނުން ކުރުމުގެ ހުއްދައަށް ބްރެޒިލްގެ ސްޓޭޓަކުން އެދެފި

ސައު ޕައުލޯއިން ވަނީ ސިނޯވެކާއެކު 90 މިލިއަން ޑޮލަރުގެ އެގްރިމެންޓެއްގައި ސޮއިކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2020 | ހޮނިހިރު 05:43
ކޮވިޑް-19 އަށް އުފެއްދި ވެކްސިންގެ ސާމްޕަލެއް

ކޮވިޑް-19 އަށް އުފެއްދި ވެކްސިންގެ ސާމްޕަލެއް

ޗައިނާގެ ސިނޯވެކުން ކޮވިޑް-19 އުފެއްދި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ސިއްހީ ރެގިޔުލޭޓަރުން ދިނުމަށް ބްރެޒިލްގެ ސައު ޕައުލޯއިން އެދެފި އެވެ.

ސައު ޕައުލޯގެ ގަވަރުނަރު ހުކުރު ދުވަހު ވިދާޅުވެފައިވަނީ ސިނޯވެކް ވެކްސިން ރަޖިސްޓްރީ ކުރުމަށް އެދިފައިވާ ކަމަށެވެ. މިއީ ލެޓިން އެމެރިކާގެ ގައުމެއްގައި ކޮވިޑް-19 ވެކްސިންދޭ ފުރަތަމަ ފަހަރެވެ. އެސްޓޭޓްގެ ގަވަރުނަރު ޑޯރިއާ ވިދާޅުވީ ޑިސެމްބަރ މަހުގެ މެދު ތެރޭގައި އެސްޓޭޓްގެ ރައްޔިތުންނަށް ވެކްސިން ދިނުމަށް ޕްލޭން އެކުލަވާލާފައިވާ ކަމަށެވެ. އެކަން ކުރަން ފެށުމުގެ ކުރިން ހެލްތު އޮތޯރިޓީގައި ވެކްސިން ރަޖިސްޓްރީ ކުރަން ޖެހެއެވެ.

ޑޯރިއާ މިހެން ވިދާޅުވިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ހެލްތު ރެގިޔުލޭޓަރ އިން ބުނެފައިވަނީ ސިނޯވެކް ވެކްސިންގެ ޓްރެއަލްގެ ޑާޓާތައް ލިބިފައިވާ ކަމަށެވެ.

ސައު ޕައުލޯ އަކޫ ބްރެޒިލްގައި ދެވަނަ އަށް އެންމެ އާބާދީ ބޮޑު ސްޓޭޓެވެ. އަދި އެއީ ސިނޯވެކް ވެކްސިންގެ ފޭސް ތިނެއްގެ ކްލިނިކަލް ޓެރެއަލް ކުރިޔަށް ގެންގޮސްފައިވާ އެއް ސްޓޭޓެވެސް މެއެވެ.

ބުދަ ދުވަހު ސައު ޕައުލޯއިން ވަނީ ސިނޯވެކާއެކު 90 މިލިއަން ޑޮލަރުގެ އެގްރިމެންޓެއްގައި ސޮއިކޮށްފައެވެ. އެއީ 46 މިލިއަން ޑޯޒް ސިނޯވެކުން ދިނުމަށެވެ.

އަނެއްކޮޅުން އޮގަސްޓް މަހު ޗައިނާގެ ސިނޯވެކް ބައޮޓެކުން ކޮވިޑް-19 އަށް އުފައްދާ ވެކްސިން އެމަރޖެންސީކޮށް ހައިރިސްކު މީހުންނަށް ބޭނުން ކުުރުމުގެ ހުއްދަ ޗައިނާ ސަރުކާރުން ވަނީ ދީފައެވެ.

ޗައިނާގެ ހައިރިސްކް ކެޓަގަރީ މީހުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ދަށުން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ވެކްސިން ދޭން ފަށާފައިވާ ކަމަށް އެކަން ދަންނަ މީހަކާއި ހަވާލާދީ ރޮއިޓަރސް އިން ވަނީ ރިޕޯޓްކޮށްފައެވެ.

މީގެއިތުރުން ޗައިނާ ސަރުކާރުގެ ފާރމަޝޫޓިކަލް ގްރޫޕްކަމުގައިވާ ސިނޯފަރމް އިން ވެސް ވަނީ އެ މީހުން އުފައްދަމުންދާ ވެކްސިން އެމަރޖެންސީކޮށް ބޭނުން ކުރުމުގެ ހުއްދަ ލިބިފައިވާ ކަމަށް ބުނެފައެވެ.

ސިނޯފަރމް އިން ކޮވިޑް-19 އަށް ދެ ވެކްސިނެއް އުފައްދަމުންދާއިރު މި ދެ ވެކްސިން ވެސް އުޅެނީ ފޭސް ތިނެއްގެ ކްލިނިކަލް ޓްރެއަލް ގައެވެ. ނަމަވެސް އެމަރޖެންސީކޮށް ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ މިތަނުން ކޮން ވެކްސިނަކަށްކަމެއް އެކުންފުނިން ހާމައެއް ނުކުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

08 މާރިޗު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017
ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް

ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ

ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ

24 ފެބުރުއަރީ 2017
އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

15 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު