Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭލެވެލް އިމްތިހާން

ހޯމަ ދުވަހު އޮންނަ އޭލެވެލް އިމްތިހާނަށް އެޑިޔުކޭޝަން މިނިސްޓްރީ ތައްޔާރު

3 އޮކްޓޯބަރު 2020 | ހޮނިހިރު 04:12

އިމްތިހާނަށް ތަމްރީންކުރަންޖެހޭ އޮފިޝަލުން ވަނީ ތަމްރީންކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 3 އޮކްޓޯބަރު 2020 | ހޮނިހިރު 04:12
އެޗްޕީއޭއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ދަރިވަރުންތަކަކަށް ކިޔަވައިދެނީ

އެޗްޕީއޭއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ދަރިވަރުންތަކަކަށް ކިޔަވައިދެނީ

އަންނަ ހޯމަ ދުވަހު އޮންނަ އޭލެވެލް އިމްތިހާނަށް ވާންޖެހޭ ތައްޔާރީތައް ވެފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އޭ ލެވަލް އިމްތިހާނަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ މުހައްމަދު އިހުސާން ވިދާޅުވީ އަތޮޅުތެރޭގައި އިމްތިހާން އޮންނަ 33 ސެންޓަރަށް ބޭނުންވާ ސުވާލު ކަރުދާހާއި އެހެނިހެން ލިޔެކިޔުންތަކާއި ބޭނުންވާ ތަކެތި ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އިމްތިހާނަށް ތަމްރީންކުރަންޖެހޭ އޮފިޝަލުން ތަމްރީންކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކޮވިޑް-19 ގެ މިހާލަތުގައި އަމަލުކުރާނެ އެސްއޯޕީތަކާއި ގައިޑްލައިންތައް އެކުލަވާލާ ނިންމާ، އެކަމުގެ ތަފްސީލީ މައުލޫމާތު ކަމާބެހޭ ފަރާތްތަކާއި ހިއްސާކޮށްފައެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގައި އޭލެވެލް އިމްތިހާން ކުރިޔަށްދާ ހަތަރު ތަނުގައި ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވާ ދަރިވަރުންނާއި ކަރަންޓީނުވާ ދަރިވަނުންނަށް ޚާއްސަކޮށް ވަކިން އިމްތިހާނުގައި ބައިވެރިވެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި އިމްތިހާނަށް ދާއިރު އެންމެ ރައްކާތެރި ގޮތަކީ ހުރިހާ ދަރިވަރުންވެސް މާސްކު އަޅައިގެން ތިބުން ކަމަށާއި، އިމްތިހާން ހޯލަށް ވަންނަ ކޮންމެ ކުއްޖަކުވެސް ކުޑަ ސެނެޓައިޒަރ ފުޅިއެއް ގެންދިޔުމަށް އިހުސާން ވަނީ އިލްތިމާސްކުރައްވާފައެވެ.

ކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ބެލެނިވެރިން އެޅުމަށާއި އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް ހިސާން ވަނީ އެދިވަޑައިގެންފައެވެ. އެގޮތުން ކުދިންނަށް އިތުރު ސްޓްރެސްތަކެއް ކުރިމަތިވާނެތީ، ކަރަންޓީނުވުމަށް މާލެ އިން ދާ އެއްވެސް މީހަކު އިމްތިހާން ހަދާ ކުއްޖަކު ހުރި ގެޔެއްގައި ނުހުރުމަށް އިހުސާން ވަނީ އެދިވަޑައިގެންފައެވެ. އަދި އިމްތިހާން ހަދާ ކުއްޖަކު ޕޮޒިޓިވްވިޔަސް އަދި ކަރަންޓީނުވާން ޖެހުނަސް، އެ ކުއްޖަކު އިމްތިހާން ހަދާ ސެންޓަރަކަށް ވަގުތުން އެކަން އެންގުމަށް އިހުސާން ވަނީ އެދިވަޑައިގެންފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކުރަން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމުގެ ޔަގީންކަން ދީފައެވެ. ހޯމަ ދުވަހު ބާއްވާ އޭ ލެވަލް އިމްތިހާނަކީ ކޮވިޑް-19 އާލަމީވަބާގެ ސަބަބުން ސްކޫލްތަކުގެ ކިޔެވުން ހުއްޓާލަން ޖެހި، އިމްތިހާނުތައް ފަސްކުރި ފަހުން ރާއްޖޭގައި ބާއްވާ ފުރަތަމަ މަތީ ސާނަވީ އިމްތިހާނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
29 ޖެނުއަރީ 2017

އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު

29 ޖެނުއަރީ 2017
އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް