Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބީ ލައިސަންސް ކޯޗިންގ ކޯސް ހިންގުން

ބީ ލައިސަންސް ކޯޗިންގ ކޯސް ހިންގުމުގެ ހުއްދަ ޝާޒްލީ އާއި ޑުންގާއަށް

2 އޮކްޓޯބަރު 2020 | ހުކުރު 16:01

ޝާޒްލީ އާއި ޑުންގާ ވެފައިވަނީ ބީ ލައިސަންސް ކޯޗިންގ ކޯސް ހިންގުމުގެ ހުއްދަ ލިބުނު ރާއްޖޭގެ ފުރަތަމަ ދެ އިންސްޓްރަކްޓުންނަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 2 އޮކްޓޯބަރު 2020 | ހުކުރު 16:01
އެފްއޭއެމުގެ ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރު އަޙްމަދު ޝަރީފް (ޑުންގާ) (ކ)، ޓީސީގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) (ވ)

އެފްއޭއެމުގެ ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރު އަޙްމަދު ޝަރީފް (ޑުންގާ) (ކ)، ޓީސީގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) (ވ)

އޭއެފްސީ ބީ ލައިސަންސް ކޯޗިންގ ކޯސް ހިންގުމުގެ ހުއްދަ ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރު އަދި ހެޑް އޮފް ގްރާސްރޫޓްސް އަޙްމަދު ޝަރީފް (ޑުންގާ) އަށް ލިބިއްޖެއެވެ.

މިއާއެކު ޝާޒްލީ އާއި ޑުންގާ ވެފައިވަނީ އޭއެފްސީ ބީ ލައިސަންސް ކޯޗިންގ ކޯސް ހިންގުމުގެ ހުއްދަ ލިބުނު ރާއްޖޭގެ ފުރަތަމަ ދެ އިންސްޓްރަކްޓުންނަށެވެ.

އެފްއޭއެމުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭއެފްސީ ކޯޗިންގ ކޮންވެންޝަނުގެ ދަށުން "އޭއެފްސީ ބީ ސެޓްފިކެޓް ކޯޗިންގ ކޯސް" ހިންގުމުގެ ހުއްދަ އެފްއޭއެމަށް ލިބިފައިވާ ކަމަށެވެ. އަދި މި ހުއްދައާއެކު "އޭއެފްސީ ބީ ސެޓްފިކެޓް ކޯޗިންގ ކޯސް" ގެ އިންސްޓްރަކްޓަރުކަން ކުރުމުގެ ހުއްދަ ޝާޒްލީ އާއި ޑުންގާއަށް ދީފައިވާ ކަމަށާއި، މިއީ ރާއްޖޭގެ ކޯޗަކަށް މި ފުރުސަތު ލިބުނު ފުރަތަމަ ފަހަރުކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ޝާޒްލީއަށް އޭއެފްސީ ބީ ލައިސަންސް ކޯޗިންގ ކޯސް ހިންގުމުގެ ހުއްދަ ލިބުނުއިރު، އޭނާ މީގެ ކުރިން ވަނީ ފުޓްބޯޅައިގެ އެންމެ މަތީ ފެންވަރުގެ ކޯޗިންގ ސަނަދު ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ހާސިލުކޮށްފައެވެ. އަދި ޝާޒްލީ އަކީ ޕްރޯ ލައިސަންސް ހާސިލުކުރި ފުރަތަމަ ދިވެހި ކޯޗެވެ.

މީގެ ކުރިން ޝާޒްލީ އެފްއޭއެމުގައިވެސް މަސައްކަތް ކޮށްފައިވާއިރު، އޭގެ ކުރިން ވަނީ ބީޖީ ސްޕޯޓްސް ކުލަބާއި ވިކްޓަރީ ސްޕޯޓްސް ކުލަބަށްވެސް އިރުޝާދު ދީފައެވެ. އަދި ޝާޒްލީ ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ކުރިއަށްދިޔަ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުން ރާއްޖެއަށް ލޯ މެޑަލްވެސް ހޯދައިދީފައެވެ.

މީގެ އިތުރުން އޭއެފްސީ ބީ ލައިސަންސް ކޯޗިންގ ކޯސް ހިންގުމުގެ ހުއްދަ ލިބުނު ޑުންގާގެ އަތުގައި އޭއެފްސީ ކޯޗިންގ "އޭ" ލައިސަންސާއި، ފީފާ ގްރާސްރޫޓް އިންސްޓްރަކްޓާ ލައިސަންސް އަދި އޭއެފްސީ "ބީ" އިންސްޓްރަކްޓާ ލައިސަންސް އޮވެއެވެ. އަދި ޑުންގާ އަކީ އެފްއޭއެމުގެ ޔޫތު ޑިވެލޮޕްމަންޓް ކޯޗެއްގެ ގޮތުން 2000 ވަނަ އަހަރުން ފެށިގެން އައްޑޫ ސިޓީގައި ކުޅުންތެރިން ބިނާކުރުމުގެ މަސައްކަތުގައި އެންމެ އިސް ދައުރެއް އަދާކުރި ކޯޗެވެ.

އައްޑޫ ސިޓީގައި "ޑުންގާ ފުޓްބޯލް އެކެޑަމީ" ގެ ނަމުގައި އޭނާ އެކެޑަމީއެއް ހިންގަމުން އަންނައިރު، ދާދި ފަހުން އެފްއޭއެމުން ވަނީ އެ އިދާރާގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު ވަގުތީ ގޮތުން ޑުންގާއާ ހަވާލުކޮށްފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

15 މެއި 2017

ކޯސްޓާގެ ސޮއިހޯދާ ކްލަބަށް ގެންނަން ބޭނުން: ޝަންހާއީގެ ކޯޗު

15 މެއި 2017
ކޯސްޓާގެ ސޮއިހޯދާ ކްލަބަށް ގެންނަން ބޭނުން: ޝަންހާއީގެ ކޯޗު
13 މެއި 2017

ޖުމްލަ 19 ފަރާތަކުން އޭއެފްސީ "ސީ" ލައިސަންސް ކޯސް ފުރިހަމަކޮށްފި

13 މެއި 2017
ޖުމްލަ 19 ފަރާތަކުން އޭއެފްސީ "ސީ" ލައިސަންސް ކޯސް ފުރިހަމަކޮށްފި
26 އެޕްރީލު 2017

ޕްރިމިއާ ލީގު: ޓޮޓެންހަމްގެ އުންމީދުތަކަށް ހުރަސްއަޅާ ކޯސްޓާ ޗެލްސީ މޮޅުކޮށްދީފި

26 އެޕްރީލު 2017
ޕްރިމިއާ ލީގު: ޓޮޓެންހަމްގެ އުންމީދުތަކަށް ހުރަސްއަޅާ ކޯސްޓާ ޗެލްސީ މޮޅުކޮށްދީފި
21 އެޕްރީލު 2017

ހޭންޑްބޯލް ޖޫނިއާ ރެފްރީ ކޯސް ބެޗް 1 ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮއްފި

21 އެޕްރީލު 2017
ހޭންޑްބޯލް ޖޫނިއާ ރެފްރީ ކޯސް ބެޗް 1 ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮއްފި
19 މާރިޗު 2017

މާލޭ ލީގުގެ ކުޅުން ފެށޭނީ އެޗްޕީއޭގެ ހުއްދަ ލިބިގެން: އެފްއޭއެމް

19 މާރިޗު 2017
މާލޭ ލީގުގެ ކުޅުން ފެށޭނީ އެޗްޕީއޭގެ ހުއްދަ ލިބިގެން: އެފްއޭއެމް
18 ފެބުރުއަރީ 2017

އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގް ކޯޗިންގް ކޯހެއް ފަށައިފި

18 ފެބުރުއަރީ 2017
އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގް ކޯޗިންގް ކޯހެއް ފަށައިފި
16 ފެބުރުއަރީ 2017

ކޯސްޓާ އަށް ޗެލްސީން އާ އެއްބަސްވުމެއް ހުށަހަޅައިފި

16 ފެބުރުއަރީ 2017
ކޯސްޓާ އަށް ޗެލްސީން އާ އެއްބަސްވުމެއް ހުށަހަޅައިފި
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް