Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލޭ ހުކުރު މިސްކިތް

މާލެ ހުކުރު މިސްކިތުގައި އަލުން ނަމާދު ކުރެވެން ފެށުމަކީ ލިބުނު އުފަލެއް: ޔުމްނާ

2 އޮކްޓޯބަރު 2020 | ހުކުރު 11:34

މިސްކިތުގައި ޖަމާޢަތުގައި ހުކުރުނަމާދު ކޮށްފައިވޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 2 އޮކްޓޯބަރު 2020 | ހުކުރު 11:34
މާލެ ހުކުރު މިސްކިތް: އާބާތުރަ ފިލުވަން ބަންދުކުރީ 2019 ސެޕްޓެމްބަރުގައި

މާލެ ހުކުރު މިސްކިތް: އާބާތުރަ ފިލުވަން ބަންދުކުރީ 2019 ސެޕްޓެމްބަރުގައި

އާބާތުރަ ފިލުވުމަށްޓަކައި ވަގުތީގޮތުން ނަމާދު ކުރުން ހުއްޓާލާފައިވާ މާލޭ ހުކުރު މިސްކިތް އަލުން ނަމާދު ކުރެވެން ފެށުމަކީ ލިބުނު އުފަލެއް ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޔުމްނާ ކުރެއްވި ޓުވީޓެއްގައި ވަނީ މި މަސައްކަތުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އާއި މާލޭ ސިޓީ ކައުންސިލާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ އެހީ ވަރަށް ބޮޑަށް ލިބިފައިވާކަން ފާހަގަކޮށް އެެފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

Advertisement - newsAdvertisement

އާބާތުރަ ފިލުވުމަށްފަހު މާލޭ ހުކުރު މިސްކިތް އާންމުންނަށް އަލުން ހުޅުވާލާފައިވަނީ ބުރާސްފަތި ދުވަހުގެ އަސުރު ނަމާދުގެ ޖަމާއަތުން ފެށިގެންނެވެ. މިސްކިތުގައި އަލުން ނަމާދުކުރަން ފަށާފައިވާއިރު މާލޭ ހުކުުރު މިސްކިތުގައި ކުރިއެކޭ އެއްފަދައިން ހުކުރު ނަމާދު ޖަމާއަތުގައި މިއަދު ވަނީ ކޮށްފައެވެ.

ސަޤާފީ ތަރިކަ ރައްކާތެރި ކުރާ ޤައުމީ މަރުކަޒުން ބުނީ 2019 ވަނަ އަހަރު މިސްކިތް ބަންދު ކުރުމަށްފަހު، މިސްކިތަށް އޭރު އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ދިމާވެފައިވާ ކަތުރުފަނީގެ މައްސަލަ ހައްލުކުުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

މާލޭ ހުކުުރު މިސްކިތަކީ 360 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ އާސާރީ ބިނާއެއްކަމުން އެ މިސްކިތަށް ދިމާވާ މިފަދަ އެކިއެކި ކަންކަން ހައްލު ކުުރުމަށް މަސައްކަތް ކޮށްފައިވަނީ ވަކި އުސޫލެއްގެ ތެރެއިން ކަމަށާއި، އެހެންކަމުން މިސްކިތް ބަންދު ކުރުމާއި ހަމައިން ފެށިގެން މި ހިނގާދިޔަ މުއްދަތުގައި ކަމާއިބެހޭ ތަޖުރިބާކާރުންގެ އިރުޝާދާއި އެކު ވަކި ތާވަލެއްގެ ދަށުން މިސްކިތުން ކަތުރުފަނި ނައްތާލުމަށް ބޭސްޖަހައި މިސްކިތުގެ ލަކުޑިއާއި ހިރިގަލަށް ދޭންޖެހޭ ފަރުވާދެވިފައިވާ ކަމަށް މަރުކަޒުން މައުލޫމާތު ދެއެވެ.

އަދި މިސްކިތުގައި ކުރަން ހުރި އެހެނިހެން މަރާމާތްތައް ވެސް މި މުއްދަތުގައި ކުރެވިފައިވާ ކަމަށާއި، ހަމަ އެއާއިއެކު މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19ގެ ހާލަތަށް ރިއާޔަތްކޮށް ކަމާއިބެހޭ ފަރާތްތަކުގެ އިރުޝާދާއި އެއްގޮތަށް މިސްކިތުގައި ކުރިން އަޅާފއިވާ ކާޕެޓް ނަގައި، މިސްކިތުގައި މިހާރު ވާނީ ސާފުކުރަން ފަސޭހަ ރައްކައުތެރި ޕްލޯރިންގއެއް އަޅާފައިވާ ކަމަށެވެ.

ވަގުތީ ގޮތުން މިސްކިތް ބަންދު ކުރެވުނުއިރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ ބޮޑު މަޝްރޫޢުއެއް އަވަށްޓެރި އިންޑިއާގެ އެހީގައި ހިންގާފައެވެ. މިސްކިތް ބަންދު ކޮށްފައި މިވީ މުއްދަތުގައި އިންޑިއާގެ އާސާރުތަކާއި ބެހޭ އިދާރާ އާކިއުލޮޖިކަލް ސާރވޭ އޮފް އިންޑިއާ (އޭއެސްއައި) ތަޖުރިބާކާރުންގެ ޓީމެއް ރާއްޖެއަށް ޒިޔާރަތްކޮށް މިމަސައްކަތުގައި ވަނީ ބައިވެރިވެފައެވެ.

މިސްކިތް ބޭނުންކުރާ މީހުންގެ ރައްކައުތެރިކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތްތަކެއް ކުރުމަށް މާލޭ ހުކުުރު މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާ މިސްކިތް ބަންދު ކުރެވުނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ގައެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

4

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

5

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް