Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްޓެލްކޯއިން ހިންގާ ކަރަންޓުގެ ބިޔަ މަޝްރޫއު

މާލެ-ހުޅުމާލެ ކަރަންޓު ގްރިޑް ގުޅާލާ ކޭބަލް އަޅަން މި މަހު ފަހުކޮޅު ފަށަނީ

މަޝްރޫއު ހިންގަނީ ޗައިނާގެ ޑޮންފެންގު ކުންފުނިން

އަލީ ސަމާޚް
އަލީ ސަމާޚް | 1 އޮކްޓޯބަރު 2020 | ބުރާސްފަތި 10:25
މާލެ އަދި ހުޅުމާލެ ގްރިޑަކުން ގުޅާލަން އަޅާ ކޭބަލް އެޅުމަށް ތައްޔާރުވެފައި

މާލެ އަދި ހުޅުމާލެ ގްރިޑަކުން ގުޅާލަން އަޅާ ކޭބަލް އެޅުމަށް ތައްޔާރުވެފައި

މާލެ، ހުޅުލޭ އަދި ހުޅުމާލެ އެއް ގްރިޑަކުން ގުޅުވާލަން ސްޓެލްކޯއިން ފަށާފައިވާ ކަރަންޓު ފޯރުކޮށްދިނުމުގެ މަޝްރޫއުގެ ދަށުން، މާލެ އާއި ހުޅުމާލެ ގުޅުވާލަން ސިނަމާލެ ބްރިޖްގައި އަޅާ ކޭބަލް އެޅުމުގެ މަސައްކަތް މި މަހު ފަހުކޮޅު ފަށަން ނިންމައިފިއެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލް ރާއްޖެއެމްވީ އަށް ވިދާޅުވީ، މިހާރު ތައްޔާރުވަމުން ދަނީ މި މަސް ނިމުމުގެ ކުރިން ކޭބަލް އެޅުމުގެ މަސައްކަތް ނިންމާލެވޭތޯ ކަމަށެވެ.

މި ކޭބަލްތައް ގުޅާލުމަށް ހާއްސަ އިކުއިޕްމެންޓްތަކެއް ގެންނަން ޖެހޭއިރު، އެ ކޭބަލްތަކަކީ 400 ސްކޭއާ އެމްއެމްގެ ކޭބަލްތަކައެވެ. މި ކޭބަލްތަކަކީ ސްޓެލްކޯއިން މިހާތަނަށް ބޭނުން ކުރި ކޭބަލްތަކުގެ ތެރެއިން އެންމެ ފަލަ ކޭބަލްތަކެވެ. މީގެ އިތުރުން ހައިވޭ ހުރަސްކޮށް އަދި ބުރިޖް ހުރަސްކޮށް ކޭބަލް އަޅަން ޖެހޭ އިރު، ތާރަގަނޑު ކެނޑުމުގެ ބަދަލުގައި ސްޓެލްކޯއިން ވަނީ ބިމު އަޑިން ތޮރުފައިގެން އެކަން ކުރުމަށް ނިންމާފައެވެ.

ސްޓެލްކޯއިން ހިންގާ ކަރަންޓުގެ ބިޔަ މަޝްރޫއު ހިންގަނީ ޗައިނާގެ ޑޮންފެންގު ކުންފުންޏާއި ހަވާލުކޮށްގެންނެވެ. މި މަޝްރޫއު އަކީ ސްޓެލްކޯއިން 44 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހިންގާ މަޝްރޫއުއެކެވެ. ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ޕްރޮޖެކްޓް އަށް ކޮންމެވެސް ވަރެއްގެ މެދުކެނޑުމެއް އައުމާއި ގުޅިގެން ސްޓެލްކޯއިން މިހާރު އަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ ކުރީކޮޅު ނިންމާލާށެވެ.

މުޅި ޕްރޮޖެކްޓުގެ 70 އިންސައްތަ އެއްކޮށް ވަނީ ނިންމާލާފައެވެ. މި މަޝްރޫއު ނިމިގެން ދިޔުމާއެކު ކަރަންޓު ކަރަންޓު ކެނޑުމުގެ ފުރުސަތު ކުޑަވެގެންދާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. މިއީ މިހާތަނަށް އެ ކުންފުނިން ހިންގާ އެންމެ ބޮޑު މަޝްރޫއެވެ.

އިތުރަށް ކިޔާލަން

28 ޖޫން 2017

އަލިފުއްޓާއި ނަޑެއްލާ އަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވިއްޖެ: ފެނަކަ

28 ޖޫން 2017
 އަލިފުއްޓާއި ނަޑެއްލާ އަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވިއްޖެ: ފެނަކަ
27 ޖޫން 2017

ގދ. ނަޑެއްލާއިން ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެ

27 ޖޫން 2017
ގދ. ނަޑެއްލާއިން ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެ
11 ޖޫން 2017

ފިޔޯރީއަށް ކަރަންޓު ދީފި

11 ޖޫން 2017
ފިޔޯރީއަށް ކަރަންޓު ދީފި
28 މެއި 2017

ތިމަރަފުއްޓަށް ކަރަންޓުގެ ޚިދުމަތް އަލުން ދީފި

28 މެއި 2017
ތިމަރަފުއްޓަށް ކަރަންޓުގެ ޚިދުމަތް އަލުން ދީފި
01 މެއި 2017

ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމް ގާއިމް ކުރަނީ

01 މެއި 2017
ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމް ގާއިމް ކުރަނީ
23 އެޕްރީލު 2017

ފިޔޯރީއަށް ވަގުތީ ކަރަންޓު ދީ ފެނަކައިންދޭ ކަރަންޓުގެ އަގަށް ބަދަލު ގެނެސްފި

23 އެޕްރީލު 2017
ފިޔޯރީއަށް ވަގުތީ ކަރަންޓު ދީ ފެނަކައިންދޭ ކަރަންޓުގެ އަގަށް ބަދަލު ގެނެސްފި
22 އެޕްރީލު 2017

ގދ. ފިޔޯރީ އަށް މެންދުރުގެ ވަގުތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ: ފެނަކަ

22 އެޕްރީލު 2017
ގދ. ފިޔޯރީ އަށް މެންދުރުގެ ވަގުތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ: ފެނަކަ
25 މާރިޗު 2017

މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ

25 މާރިޗު 2017
މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
11 ފެބުރުއަރީ 2017

ހިތަދޫ ފެނަކަ ބްރާންޗުގެ ޓެކްނީޝަން ކަރަންޓުގައި ޖެހި، އައިސީޔޫގައި ފައުވާދެނީ

11 ފެބުރުއަރީ 2017
ހިތަދޫ ފެނަކަ ބްރާންޗުގެ ޓެކްނީޝަން ކަރަންޓުގައި ޖެހި، އައިސީޔޫގައި ފައުވާދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު