Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔޫއެން ބަޔޯޑައިވަރސިޓީ ސަމިޓް

ތިމާވެށި ހިމާޔަތް ކުރަން ރާއްޖެއިން ވެފައިވާ ވައުދުތަކާއި މެދު ސީރިއަސް: ރައީސް ސޯލިހު

ގުދުރަތީ ވެށި ހިމާޔަތްކުރުމަށް ގުޅިގެން މަސައްކަތްކުރަން ރާއްޖެ އޮތީ ތައްޔާރަށް: ރައީސް ސޯލިހު

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 1 އޮކްޓޯބަރު 2020 | ބުރާސްފަތި 06:26
މިދިޔަ އަހަރު ބޭއްވި \"ބްލޫ ލީޑަރސް ކޯލް ފޯރ އެކްޝަން އޮން އޯޝަން ކްލައިމެޓް\" އިވެންޓުގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ

މިދިޔަ އަހަރު ބޭއްވި \"ބްލޫ ލީޑަރސް ކޯލް ފޯރ އެކްޝަން އޮން އޯޝަން ކްލައިމެޓް\" އިވެންޓުގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ

ތިމާވެށި ރައްކާތެރިކުރުމާއި ގުޅޭގޮތުން ރާއްޖެއިން ވައުދުވެފައިވާ ކަންކަމާއި މެދު ސީރިއަސް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ވަރޗުއަލްކޮށް ބޭއްވި އދ. ގެ ބަޔޯޑައިވަރސިޓީ ސަމިޓަށް ދެއްވި މެސެޖެއްގައި ރައީސް ސޯލިހު ވަނީ އެކުވެރި ގައުމުތަކާއި ގުޅިގެން ގުދުރަތީ ވެއްޓާއި ވެށީގައިވާ ދިރުންތައް ރައްކާތެރިކޮށް، ކްލައިމެޓް އިމަރޖެންސީއާ ގުޅޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރަން ތައްޔާރަށް ދިވެހިރާއްޖެ އޮތް ކަމުގެ ޔަގީންކަން ސަމިޓުގެ ބައިވެރިންނަށް ދެއްވާފައެވެ.

Advertisement - newsAdvertisement

ރައީސްގެ ވާހަކަފުޅު ފައްޓަވަމުން ވިދާޅުވީ، ދުނިޔޭގެ ދުޅެހެޔޮކަމާ ގުޅިލާމެހިފައިވާ އިންސާނުން ހިންގާ ހަރަކާތްތައް ކަމަށެވެ. އެގޮތުން އިންސާނުންނަށް ލިބޭ ސައިންޓިފިކް އިލްމާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ބޭނުން ހިފާނީ ގެއްލުންދެނިވި ކަންކަން ކޮށްގެން ކުޑަ މަންފާއެއް ހޯދަންތޯ ނުވަތަ ދުރު މުސްތަގުބަލުގައި ވެސް ފައިދާކުރާނެހެން ދެމެހެއްޓެނިވި ތަރައްގީގެ ސްޓްރެޓެޖީތައް އެކުލަވާލުމައްތޯ ނިންމުމުގެ އިހުތިޔާރު އޮތީ އިންސާނުންގެ އަތްމަތީގައި ކަމަށް ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށާއި ތިމާވެށި ރައްކާތެރިކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތައް ވެސް ރައީސް ސޯލިހު ވަނީ އެ ސަމިޓުގެ ބައިވެރިންނާ ހިއްސާކުރައްވާފައެވެ. އެގޮތުން އދ. ގެ 74 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގައި، ދިވެހިރާއްޖޭގެ "ކްލައިމެޓް ރެޒިލިއެންޓް އައިލެންޑް އިނީޝިއޭޓިވް" ހުށައަޅާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، އެހެން ކުދި ޖަޒީރާ ގައުމުތަކަށް ވެސް މި އިނީޝިއޭޓިވްގެ ދަށުން ރާއްޖެއިން ތައާރަފުކުރި މޮޑެލްގައިވާ ގޮތުގެ މަތިން ގުދުރަތީ މުއްސަނދިކަން ލިބިފައިވާ ސަރަހައްދުތައް ރައްކާތެރިކޮށް، އެއް ފަހަރު ބޭނުންކޮށްފަ އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލާ އަދި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމުން ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުވޭނެ ކަމަށެވެ.

އޭގެ އިތުރުން، ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަންއާ ގުޅިގެން ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކަށް ވެސް ރައީސް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރާއްޖޭގެ މެރިޓައިމް ސްޕޭޝަލް ޕްލޭނާއި ނޫ އިގްތިސާދުގެ ސިޔާސަތުތައް އެކުލަވާލާނީ، މިހާރު ރާއްޖޭގައި ކުރިއަށް ގެންދާ ސައިންޓިފިކް ދިރާސާތަކުގެ ހޯދުންތަކުގެ އަލީގައި ކަމަށް ވިދާޅުވިއެވެ.

ޕްލާސްޓިކުގެ ސަބަބުން ކަނޑުތައް ތަޢައްޔަރު ވުމާއި ގުޅިގެން ރާއްޖޭގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ،އަަހަރެއްގެ މައްޗަށް އަށް މިލިއަން ޓަނުގެ ޕްލާސްޓިކް ދުނިޔޭގެ ކަނޑުތަކަށް އެޅުމުންދާ ކަމަށެވެ. އަދި މިއީ "ގްރޫޕް އޮފް ފްރެންޑްސް ޓު ކޮމްބެޓް މެރިން ޕްލާސްޓިކް ޕޮލިއުޝަން" ގެ ފައުންޑިންގ މެމްބަރަކަށް އަދި ކޯ-ޗެއަރ އަކަށް ރާއްޖެ ވާން ދިމާވި އެއް ސަބަބުކަން ފާހަގަކުރައްވަމުން ރައީސް ވަނީ 2023 ވަނަ އަހަރުގެ ކުރިން ރާއްޖޭގައި އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލަން އެ މަނިކުފާނުގެ ސަރުކާރުން ވެފައިވާ ވައުދު ފުއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ގުދުރަތީ ނިޒާމަށް އިހުތިރާމު ކުރުމަށާއި ގޮވާލާފައެވެ. އަދި ކޮވިޑް-19 އާލަމީވަބާއަށް އިންސާނުން ހުށައެޅިގެން ދިޔައީ ގުދުރަތީ އިންތަކަށް ތަކުރާރުކޮށް ބޭއިހުތިރާމު ކުރުމުގެ ސަބަބުން ކަން އެނގިގެން ދިއުމަކީ ލިބުނު އެންމެ މުހިއްމު އެއް ފިލާވަޅު ކަމަށް ވިދާޅުވިއެވެ. ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ވަށައިގެންވާ ވެށިން ލިބިފައިވާ ގުދުރަތީ ހަދިޔާތައް ރަނގަޅު ގޮތުގައި ނުބުލެހެއްޓޭ ކަމުގައި ވަނީނަމަ ހަމަ މިފަދަ ނުފަދަ އަދި މިއަށް ވުރެވެސް ނުރައްކާތެރި ހާލަތްތަކާ ކުރިމަތިލާން ޖެހޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

މިފަހަރުގެ އދ. ގެ ބަޔޯޑައިވަރސިޓީ ސަމިޓުގައި ދިވެހިރާއްޖޭގެ އިތުރުން 149 ގައުމެއްގެ ލީޑަރުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މި ސަމިޓުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ ގުދުރަތީ ވެއްޓާއި ވެށީގައިވާ ދިރުންތައް ހިމާޔަތްކުރުމަށް ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ދަޢުލަތުން ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރަންޖެހޭ: އަދާލަތު ޕާޓީ

ދަޢުލަތުން ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރަންޖެހޭ: އަދާލަތު ޕާޓީ

22 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
މަރުވެފައިވާ ބަޔަކަށް އެލަވަންސް ދޫކޮށްފި

މަރުވެފައިވާ ބަޔަކަށް އެލަވަންސް ދޫކޮށްފި

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު