Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަނޑޫފަލު އަދި ފަރު ހިމަޔާތްކުރުން

ކަނޑޫފަލުގެ ދެބައި ކުޅަ އެއްބައި ވަނީ ހިމާޔަތްކޮށްފައި: އެންވަޔަރަމެންޓް މިނިސްޓަރު

17 ސަރަހައްދެއް ވަނީ ހިމާޔަތް ކޮށްފައި

އަލީ ސަމާޚް
އަލީ ސަމާޚް | 30 ސެޕްޓެމްބަރު 2020 | ބުދަ 20:11
ރާއްޖޭގެ ރަށެއްގައި ހެދިފައިވާ ކަނޑޫފަލެއް

ރާއްޖޭގެ ރަށެއްގައި ހެދިފައިވާ ކަނޑޫފަލެއް

ރާއްޖޭގައި މިހާތަނަށް ޖުމްލަ 17 ސަރަހައްދު ހިމާޔަތްކޮށްފައި ވާއިރު، ރާއްޖޭގެ ފަރުތަކުގެ 6 އިންސައްތަ އަދި ކަނޑޫފަލުގެ ދެބައިކުޅައެއްބައި ހިމާޔަތް ކޮށްފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ވިދާޅުވެއްޖެއެވެ.

އޮންލައިންކޮށް ބުދަ ދުވަހު ބޭއްވި ވަޒީރުންގެ ބައްދަލުވުމެއްގައި ޑރ. ހުސައިން ވިދާޅުވީ، ކަނޑަކީ ދިވެހިންގެ ދިރިއުޅުން އޭގެ މައްޗަށް ބިނާވެފައިވާ ތަނެއް ކަމަށާއި، ނަމަވެސް އައިޕީއީއެސްގެ ރިޕޯޓާއި އެހެނިހެން ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި ދުނިޔޭގެ ކަނޑުތަކަށް ބޮޑެތި ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމަށެވެ.

ސައިންސްވެރިން ފާހަގަކުރާ ގޮތުގައި ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް ކަނޑުގެ ރޯދި ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނީ އެންމެ މަދުވެގެން ކަނޑުގެ ސަރަހައްދުގެ 30 އިންސައްތަ ހިމާޔަތްކޮށްގެން ކަމަށާއި އެހެންކަމުން "ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީ" އިން 2021 އިން 2030 އަށް ކަނޑައަޅާ ބައިނަލްއަގްވާމީ ލަނޑުދަނޑިތަކުގެ ތެރޭގައި ކަނޑުގެ 30 އިންސައްތަ ހިމާޔަތްކުރުމަށް ލަނޑުދަނޑިއެއް ފާސްކުރުމަށް ދިވެހިރާއްޖެއިން ގައުމުތަކަށް ގޮވާލާކަމަށް ޑރ. ހުސައިން ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ނޭޝަނަލް ބަޔޯޑައިވަސިޓީ ސްޓްރެޓެޖީ އަދި އެކްޝަން ޕްލޭންގެ އަމާޒުތަކުގެ ތެރޭގައި ރާއްޖޭގެ ފަރުގެ 10 އިންސައްތަ އަދި ކަނޑޫފަލުގެ 20 އިންސައްތަ 2025 ވަނަ އަހަރު އަންނަންވާއިރަށް ހިމާޔަތްކުރަން ހިމަނާފައިވާނެ ކަމަށް ވިދާޅުވިއެވެ. އަދި ގައުމުތަކުގެ އިގްތިސާދީ ސަރަހައްދުން ބޭރުގައިވާ ކަނޑުގެ ސަރަހައްދުތަކުގެ ދިރޭ ތަކެއްޗާއި ގުޅޭގޮތުން މިހާރު އދ. ގައި ކުރިއަށްދާ މަޝްވަރާތަކުގެ ތެރެއިން އިގްތިސާދީ ސަހަރައްދުން ބޭރުގެ ސަރަހައްދުތައް ހިމާޔަތްކުރުމަށް ވެސް އިތުރަށް މަގު ފަހިވެގެން ދާނެ ކަމެއް ކަމަށް ފާހަގަކުރެއްވިއެވެ.

2023 ވަނަ އަހަރަށް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށާ، އެއް ފަރާ، އެއް ކަނޑޫފާ ހިމެނޭ ގޮތަށް ހިމާޔަތްކުރުމަކީ ސަރުކާރުގެ ވައުދެކެވެ. އެ ވައުދުގެ ދަށުން ފާއިތުވި ދޮޅު އަހަރުގެ ތެރޭގައި ރާއްޖޭގެ 20 އަތޮޅުގެ ތެރެއިން ހަތް އަތޮޅުގައި އެކަންތައް ހާސިލުކޮށްފައިވާ ކަމަށާއި އަދި ބާކީ ހުރި އަތޮޅުތަކުގައިވެސް އެކަންތައް ހާސިލުކުރުމަށް މަސައްކަތްކުރެވެމުންދާ ކަމަށްވެސް ޑރ. ހުސައިން ވަނީ އެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

ޑރ. ހުސައިން އިތުރަށް ވިދާޅުވީ، މިހާރުގެ އެންމެ ބޮޑު އަމާޒަކީ މިހާތަނަށް ހިމާޔަތްކޮށްފައިވާ ތަންތަން މެނޭޖްކުރުން އިތުރަށް ހަރުދަނާކުރުން ކަމަށާއި އެތަންތަން ހިމާޔަތްކުރުމުގެ އެންމެ މުހިއްމު ބޭނުން ހާސިލުވާނީ އޭރުން ކަމަށެވެ. އަދި ރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ރާއްޖެއިން ތައްޔާރުކަމަށާއި، އެހެންކަމުން ކަނޑުތަކުގެ 30 އިންސައްތަ ރައްކާތެރިކުރުމަށް މިނިސްޓަރ ވަނީ ހުރިހާ ޤައުމަކަށް ގޮވާލައްވާފައެވެ.

މި ބައްދަލުވުމަކީ ދުނިޔޭގެ އެންމެ ބޮޑު އޯޝަން ކޮންފަރެންސް ސީރީސް ކަމަށްވާ އަވަ އޯޝަންސް، ޔޫއެން އޯޝަން ކޮންފަރެންސް އަދި ވޯލްޑް އޯޝަން ސަމިޓް ބާއްވާ ގައުމުތަކުން ގުޅިގެން އދ ގެ 75 ވަނަ އާންމު ބައްދަލުވުމުގެ "ބަޔޯޑައިވާސިޓީ ސަމިޓް" ގެ ހަވާސާގައި ބޭއްވި ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމެކެވެ.

އިތުރަށް ކިޔާލަން

07 ނޮވެމްބަރު 2017

އއ. އުކުޅަހު އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

07 ނޮވެމްބަރު 2017
އއ. އުކުޅަހު އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
20 ސެޕްޓެމްބަރު 2017

އުކުޅަހުގެ ނަރުދަމާ މަޝްރޫއުގައި ސޮއިކުރުން – އާދަޔާ ޚިލާފު އިވެންޓެއް!

20 ސެޕްޓެމްބަރު 2017
އުކުޅަހުގެ ނަރުދަމާ މަޝްރޫއުގައި ސޮއިކުރުން – އާދަޔާ ޚިލާފު އިވެންޓެއް!
26 އޯގަސްޓު 2017

ކަރެކްޝަނުން ތަންފީޒް ކުރަމުންދަނީ ގާސިމަށް ކުރި ހުކުމުގެ އެއްބައި: ޖޭޕީ

26 އޯގަސްޓު 2017
ކަރެކްޝަނުން ތަންފީޒް ކުރަމުންދަނީ ގާސިމަށް ކުރި ހުކުމުގެ އެއްބައި: ޖޭޕީ
06 އޯގަސްޓު 2017

އެއްބައިވަންތަކަމުގެ ސަރުކާރެއްގައި ރައީސް ޔާމީނަށް ފުރުސަތެއް ނެތް: ރައީސް ނަޝީދު

06 އޯގަސްޓު 2017
އެއްބައިވަންތަކަމުގެ ސަރުކާރެއްގައި ރައީސް ޔާމީނަށް ފުރުސަތެއް ނެތް: ރައީސް ނަޝީދު
05 އޯގަސްޓު 2017

ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމުކުރަން ބޭނުން: ނަޝީދު

05 އޯގަސްޓު 2017
ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމުކުރަން ބޭނުން: ނަޝީދު
17 މާރިޗު 2017

އެމްޑީޕީން އުކުޅަހަށް!

17 މާރިޗު 2017
އެމްޑީޕީން އުކުޅަހަށް!
13 ފެބުރުއަރީ 2017

"އުކުޅަހުން މީހުން ހައްޔަރުކުރީ ހީލަތްތެރި ރޭވުމެއްގައި"

13 ފެބުރުއަރީ 2017
"އުކުޅަހުން މީހުން ހައްޔަރުކުރީ ހީލަތްތެރި ރޭވުމެއްގައި"
08 ފެބުރުއަރީ 2017

ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު

08 ފެބުރުއަރީ 2017
ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު
06 ފެބުރުއަރީ 2017

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު