Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބިގް-ބޮސް-14

ބިގް ބޮސް-14 ގެ ބައިވެރިންނަށް ހީނާ ޚާންގެ ޚާއްސަ މެސެޖެއް

ބިގް ބޮސްއަކީ އިންޑިއާގެ އެންމެ ބޮޑު އެއް ރިއާލިޓީ ޝޯވް

އައިޝަތު ޝަރުފާ
އައިޝަތު ޝަރުފާ | 30 ސެޕްޓެމްބަރު 2020 | ބުދަ 09:12
މަޝްޙޫރު ޓީވީ އެކްޓްރެސް ޙީނާ ޚާން

މަޝްޙޫރު ޓީވީ އެކްޓްރެސް ޙީނާ ޚާން

ބޮލީވުޑްގެ "ބާއިޖާން" ސަލްމާން ޚާން ހުށަހަޅައިދޭ، ޚާއްސަ ރިއާލިޓީ ޝޯވް، ބިގް ބޮސްގެ 14 ވަނަ ސީޒަން މިހާރުވަނީ ފެށުމަކާއި ގާތްވެފައެވެ.

އެހެން ސީޒަންތަކާއި ޚިލާފަށް ބޮޑު ބަދަލުތަކަކާއިއެކު މި ފަހަރުގެ ސީޒަން ގެނެސްދޭއިރު، އަބިނާވް ޝުކްލާ، ނެއިނާ ސިންގް، ޖޭސްމިން ބާސިން ފަދަ މަޝްޙޫރު ޓީވީ ސްޓާރުން ބައިވެރިވާކަމުގެ އަޑުތައްވަނީ ފެތުރިފައެވެ.

އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހު ޝޯވ ފެށުމަށް ހަމަޖެހިފައިވާއިރު، މި ސީޒަންގެ އެންމެ ޚާއްސަ އެއް ކަމެއްގެ ގޮތުން، ކުރީ ސީޒަންތަކުގެ ބައިވެރިން ވެސް މި ފަހަރުގެ ބައިވެރިން ދިރިއުޅޭ ގެޔަށް އައުމަށް ވަނީ ހަމަޖެހިފައެވެ.

ތަފާތު ޗެލެންޖަސްތަކާއި ޙަރަކާތްތަކާއެކު ކުރީގެ ބައިވެރިން އައުމަށް ހަމަޖެހިފައިވާއިރު، ބިގްބޮސް-11 ގެ ރަނަރ-އަޕް އަދި މަޝްޙޫރު ޓީވީ އެކްޓްރެސް، ޙީނާ ޚާން ވަނީ ބައިވެރިންނަށް ޚާއްސަ މެސެޖެއް ދީފައެވެ.

އެގޮތުން، ބިގްބޮސް-14 ގެ ޕްރޮމޯޝަން ނައިޓްގައި، ޙީނާ ބުނެފައިވަނީ، ހުރިހާ ބައިވެރިން ވެސް އޭނާގެ ޗެލެންޖެސްތަކާއިމެދު ވަރަށް ސަމާލުވެގެން ތިބުމަށެވެ. ޙީނާ ޚާންގެ އިތުރުން، ބިގްބޮސްގެ 13 ވަނަ ސީޒަންގެ ވިނަރ ސިދާތް ޝުކްލާ ވެސް ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެހެން ސީޒަންތަކާއި ޚިލާފަށް މި ފަހަރު ބިގްބޮސްގެ ބައިވެރިން ދިރިއުޅޭ ގޭގައި، ސިނަމާއާއި، ރެސްޓޯރެންޓް، ޝޮޕިންގް މޯލް، ޖިމް އަދި ސްޕާގެ ޚިދުމަތް ވެސް ލިބެން ހުންނާނެ ކަމަށް ބުނެއެވެ.

ބިގްބޮސް އަކީ، އިންޑިއާގެ އެންމެ މަޤްބޫލް އެންމެ ގިނަ ބަޔަކު ބަލާ ރިއާލިޓީ ޝޯވްއަށް ވީއިރު، މިހާތަނަށް ޖުމްލަ 13 ސީޒަނެއްވަނީ ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައެވެ.

އިތުރަށް ކިޔާލަން

30 ޖުލައި 2017

"ބިގް ބޮސް" ހުށަހަޅައިދޭން އަކްޝޭއަކަށް ހުށައެއް ނާޅާ!

30 ޖުލައި 2017
 "ބިގް ބޮސް" ހުށަހަޅައިދޭން އަކްޝޭއަކަށް ހުށައެއް ނާޅާ!
29 ޖޫން 2017

ޝާހް ރުކް ޚާންގެ ފިލްމުގައި ވެސް ސަލްމާން ޚާން ފެނިގެންދާނެ

29 ޖޫން 2017
ޝާހް ރުކް ޚާންގެ ފިލްމުގައި ވެސް ސަލްމާން ޚާން ފެނިގެންދާނެ
24 މެއި 2017

ސަލްމާން ޚާންގެ "ޓިއުބްލައިޓް" ގެ ޓްރެއިލާ ނެރެނީ މާދަމާ

24 މެއި 2017
ސަލްމާން ޚާންގެ "ޓިއުބްލައިޓް" ގެ ޓްރެއިލާ ނެރެނީ މާދަމާ
15 އެޕްރީލު 2017

އާމިރުޚާންގެ "ޑަންގަލް" ޗައިނާއަށް

15 އެޕްރީލު 2017
އާމިރުޚާންގެ "ޑަންގަލް" ޗައިނާއަށް
17 މާރިޗު 2017

ޝާހުރުކް ޚާންގެ ކާރުން ޖެހި ފޮޓޯގްރާފަރަކަށް އަނިޔާވެއްޖެ

17 މާރިޗު 2017
ޝާހުރުކް ޚާންގެ ކާރުން ޖެހި ފޮޓޯގްރާފަރަކަށް އަނިޔާވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު