Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެންނަ އިސްލާހުތައް

ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ހުށަހަޅާ އިސްލާހުތަކާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ފަށައިފި

29 ސެޕްޓެމްބަރު 2020 | އަންގާރަ 14:00

މި ޤާނޫނަށް 54 އިސްލާހެއް ވަނީ ހުށަހަޅާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 29 ސެޕްޓެމްބަރު 2020 | އަންގާރަ 14:00
އީސީން މީގެކުރިން ކުރިޔަށް ގެންދިޔަ ބައްދަލުވުމެއްގެ ތެރެއިން

އީސީން މީގެކުރިން ކުރިޔަށް ގެންދިޔަ ބައްދަލުވުމެއްގެ ތެރެއިން

ސިޔާސީ ޕާޓީތަކުގެ ޤާނޫނު އިސްލާހް ކުރުމާއި ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއެކު އިލެކްޝަންސް ކޮމިޝަން (އީސީ)ން މަޝްވަރާ ބައްދަލުވުން ފަށައިފިއެވެ.

މަޝްވަރާ ބައްދަލުވުމުގެ ފުރަތަމަ ބައި އަންގާރަ ދުވަހު ވަނީ ކުރިޔަށް ގެންގޮސްފައެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އީސީން ވަނީ 54 އިސްލާހެއް ހުށަހަޅާފައެވެ. މި އިސްލާހުތަކާއި ގުޅޭގޮތުން ސިޔާސީ ޕާޓީތަކުން ދެކޭގޮތާއި މެދު ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ. މި މަޝްވަރާތަކަށް ފަހު "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއްވަމުން އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މަޝްވަރާ ބައްދަލުވުމަކީ ވަރަށް ކާމިޔާބު މަޝްވަރާ ބައްދަލުވުމެއް ކަމަށެވެ. ޤާނޫނަށް ގެންނަން ފެންނަ އިސްލާހުތަކާ ގުޅޭގޮތުން މިނިވަން ޚިޔާލުތަކެއް ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ ކަމަށާއި ހުށަހެޅުންތައް ހުށަހެޅުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިފަދަ ދަތި ދުވަސްވަރެއްގައި ވެސް މި މަޝްވަރާތައް ކުރިޔަށް ގެންދިޔުމަށް ނިންމީ މިކަމަކީ ވަރަށް ކުރިއްސުރެން ވެސް ކޮމިޝަނުން ކުރަމުން އައި ކަމަކަށް ވެފައި ޤާނޫނަށް އިސްލާހު ގެނައުމަކީ މުހިންމު ކަމެއް ކަމަށް ވާތީ ކަމަށެވެ. އަދި އަންގާރަ ދުވަހުގެ ބައްދަލުވުމުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ސިޔާސީ ޕާޓީތައް އުވާލުމާއި ބެހޭ ގޮތުން ހުރި ބައިތަކާއި ޕާޓީގެ ދަފްތަރާއި ބެހޭ ގޮތުން އަދި ޕާޓީގެ މެމްބަރޝިޕާޢި ބެހޭގޮތުން ފުޅާދާއިރާއެއްގައި ވާހަކަ ދެކެވިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކުން ހުށަހެޅި އިސްލާހުތައް ކޮމިޝަންގައި މަޝްވަރާ ކުރުމަށްފަހު އިތުރަށް ތަފްސީލު ކުުރައްވާނެ ކަމަށެވެ. އަދި މި އިސްލާހުތަކާއެކީގައި ވަރަށް އަވަހަށް އެޓަރނީ ޖެނެރަލް އޮފީހަށް ހުށަހަޅުއްވާނެ ކަަމަށް ޝަރީފް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެންނަ އިސްލާހުތަކާއި ގުޅޭގޮތުން ބުދަ ދުވަހު ފަހު ބައްދަލުވުން ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ޕާޓީއަށް ދައުލަތުން ދޭ ފައިސާގެ އެހީ ބަހާނެ ގޮތްތަކާއި އަދި ޕާޓީތަކާ ދޭތެރޭގައި ޤާނޫނާއި ގަވާއިދާ ޚިލާފުވުމުން އަޅާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާތައް ކުރިޔަށްދާނެ އެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!

12 ފެބުރުއަރީ 2017
ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!
09 ފެބުރުއަރީ 2017

ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް

09 ފެބުރުއަރީ 2017
ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް