Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު އިތުރުކުރުންް

އެސްޑީއެފްސީ އިން ދޫކުރި ލޯނުތައް އަނބުރާ ދެއްކުން ފަސްކޮށްދިނުމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ށަހެޅުމުގެ މުއްދަތު 08 އޮކްޓޯބަރ 2020 ނިޔަލަށް އިތުރުކުރެވިފައިވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2020 | އަންގާރަ 11:51
އެސްޑީއެފްސީ

އެސްޑީއެފްސީ

ކޮވިޑް-19 އާއި ގުޅިގެން އެސްޑީއެފްސީއިން ދޫކުރެވިފައިވާ ލޯނުތަށް އަނބުރާ ދެއްކުން ފަސްކޮށްދިނުމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ދިވެހި ރާއްޖޭގެ އިޤްތިޞާދަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތި ހާލަތުން އަރައިގަތުމަށްޓަކައި މިހާތަނަށް ދޫކޮށްފައިވާ ލޯނުތަކުގެ މޮރެޓޯރިއަމްގެ މުއްދަތު އިތުރު ކޮށްދިނުމަށް ނިންމައި، 27 އޯގަސްޓް 2020 ގައި އެކަން އާންމުކޮށް އިއުލާން ކޮށްފައިވާ ކަމަށެވެ. އެގޮތުން ލޯން އަނބުރާ ދެއްކުން ފަސް ކޮށްދިނުމަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 25 ސެޕްޓެމްބަރ 2020 ކަމަށް އެ ނޫސް ބަޔާނާއި ހަވާލާދީ އިއުލާންގައި ބުނެފައިވެއެވެ.

Advertisement - businessAdvertisement

އެސްޑީއެފްސީ އިން ބުނީ މި މުއްދަތު ފާއިތުވިއިރު އެކިއެކި ސަބަބުތަކާއިހުރެ ގިނަ ކަސްޓަމަރުންނަށް ލޯނު އަނބުރާ ފަސްކޮށްދިނުމަށް ހުށަނޭޅިވާ ކަމަށެވެ. އެހެންކަމުން ހުށަހެޅުމުގެ މުއްދަތު 08 އޮކްޓޯބަރ 2020 ނިޔަލަށް އިތުރު ކުރެވިފައިވާ ކަމަށް އިއުލާންގައި ބުނެފައިވެއެވެ.

މީގެ އިތުރުން ލޯން ފަސްކޮށްދިނުމަށް އެދި އެސްޑީއެފްސީގެ ވެބްސައިތްގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށައެޅޭނެ ކަމަށް އެސްޑީއެފްސީ އިން ބުނެއެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެ ފަރާތްތަކުން އެސްޑީއެފްސީ މެދުވެރިކޮށް ނަގާފައިވާ ލޯނުތައް ދެއްކުން ފަސްކޮށްދީފައިވާ އިރު، ބޭންކުން ދަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް، ސަރުކާރުގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖުގެ ދަށުން ލޯނު ދޫކުރަމުންނެވެ.

ތިން އަހަރު ދުވަހުން ދައްކާ ގޮތަށް ދޫކުރާ މި ލޯނުތައް ދޫކުރަނީ ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު ހަ އިންސައްތައިގެ އިންޓްރެސްޓް ރޭޓުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެސްޑީއެފްސީގެ ލޯނުތައް ދެއްކުން މި އަހަރުގެ ނިޔަލަށް ފަސްކޮށްދީފި

އެސްޑީއެފްސީގެ ލޯނުތައް ދެއްކުން މި އަހަރުގެ ނިޔަލަށް ފަސްކޮށްދީފި

27 އޯގަސްޓު 2020
ގެސްޓްހައުސްތަކުގެ ފެންބިލާއި ކަރަންޓް ބިލް ދެއްކުން ނޮވެމްބަރަށް ފަސްކޮށްދީފި

ގެސްޓްހައުސްތަކުގެ ފެންބިލާއި ކަރަންޓް ބިލް ދެއްކުން ނޮވެމްބަރަށް ފަސްކޮށްދީފި

25 ޖުލައި 2020
ކުންފުނިތަކުގެ އަހަރީ ފީ ދެއްކުން ޑިސެމްބަރުގެ ނިޔަލަށް ފަސްކޮށްފި

ކުންފުނިތަކުގެ އަހަރީ ފީ ދެއްކުން ޑިސެމްބަރުގެ ނިޔަލަށް ފަސްކޮށްފި

20 ޖޫން 2020
ލޯނުތައް ލުއިކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުން: އެމްއައިބީ

ލޯނުތައް ލުއިކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުން: އެމްއައިބީ

27 މާރިޗު 2020
އެސްޑީއެފްސީން ލޯނު ނަގާފައިވާ ފަރާތްތަކަށް ހަ މަސް ދުވަހުގެ ލުޔެއް!

އެސްޑީއެފްސީން ލޯނު ނަގާފައިވާ ފަރާތްތަކަށް ހަ މަސް ދުވަހުގެ ލުޔެއް!

18 މާރިޗު 2020

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު