Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ

ގާނޫނާއި ގަވައިދާއި އިޖުރާއަތުން ބޭރުން އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ: މިނިސްޓަރު ނަހުލާ

މައްސަލަ އޭސީސީއަށް ހުށަހަޅާފައިވަނީ 70 ފަރާތެއްގެ ސޮޔާއެކު

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2020 | އަންގާރަ 10:11
މިނިސްޓަރ އައިޝަތު ނަހުލާ

މިނިސްޓަރ އައިޝަތު ނަހުލާ

ގާނޫނާއި ގަވާއިދާއި އިޖުރާއަތުން ބޭރުން އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ ކަމަށާއި ސުވާލު އުފެއްދޭނެ ކަމެއް ވެސް ނޯންނާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ޝިޕިންގ އެޖެންސީގެ ހިދުމަތް ދިނުމާ ބެހޭ ގަވާއިދު އުވާލެއްވުމާއި ގުޅިގެން އޭސީސީ އަށް ހުށައެޅުއްވި މައްސަލައާއި ގުޅިގެން މިނިސްޓަރ ނަހުލާ ވިދާޅުވީ ގަވާއިދު އުވާލުމުގެ ހަމައެކަނި ބޭނުމަކީ އެ ގަވާއިދުގައި ހުރި މައްސަލަތަކެއް ހައްލުކޮށް އަލުން އެ ގަވާއިދު އެކުލަވާލުން ކަމަށެވެ.

މިމައްސަލަ އޭސީސީއަށް ހުށަހަޅާފައިވަނީ ޝިޕިންގ އެޖެންސީތައް ރެގިއުލޭޓް ކުރުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީން ގެޒެޓްކުރި ގަވާއިދުކަމުގައިވާ ދިވެހިރާއްޖޭގެ ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާއި ބެހޭ ގަވާއިދު ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ އުވާލާފައިވަނީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބަޔަކަށް ފައިދާ ހޯދުމަށް ކަމަށް ބެލެވޭތީ ކަމަށް ބުނެއެވެ.

މިމައްސަލަ އޭސީސީއަށް ހުށަހަޅާފައިވަނީ 70 ފަރާތެއްގެ ސޮއާއެކު އެވެ.

މިކަމާއި ގުޅިގެން އޭސީސީން ބުނެފައިވަނީ މިނިސްޓަރ ނަހުލާގެ ކޮރަޕްޝަން މައްސަލަ އެއް އަމިއްލަ ފަރާތްތަކަކުން އޭސީސީއަށް ހުށަހަޅާފައިވާ ކަމަށާއި އެމައްސަލަ ހުށަހަޅާފައިވަނީ ހޯމަ ދުވަހުގެ ރޭ ގައި ކަމަށެވެ.

ރާއްޖޭގައި ހިންގަމުންދާ ޝިޕިންގ އެޖެންސީތައް ރެގިއުލޭޓް ކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ދިވެހިރާއްޖޭގެ ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާއި ބެހޭ ގަވާއިދު ގެޒެޓްކުރީ މިއަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހު އެވެ. މިގަވާއިދު އުވާލާފައިވަނީ ސެޕްޓެމްބަރ މަހުގެ 16 ވަނަ ދުވަހު އެވެ.

އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ އަށް އެޑްރެސްކޮށް ހުށަހަޅާފައިވާ މައްސަލައިގެ ސިޓީގެ ކޮޕީއެއް "ރާއްޖެ އެމްވީ" އަށް ވަނީ ލިބިފައެވެ. މިސިޓީގައި ބުނެފައިވަނީ ގަވާއިދަށް އަމަލުކުރަމުން ދިޔައިރުވެސް ގަވާއިދު ތަންފީޒުކުރުމުގެ ގޮތުން މިނިސްޓްރީން އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށެވެ. އަދި ގަވާއިދު ތަންފީޒު ނުކުރެވޭ ކަމުގެ ޝަކުވާތައް ތަކުރާރުކޮށް މިނިސްޓްރީއަށް ހުށަހަޅާފައިވާނެ ކަަމަށް ބުނެފައިވެ އެވެ.

މިގަވާއިދުގައި ފާހަގަކުރެވޭ 6 ކަމެއްވެސް ވަނީ ހުށަހަޅާފައެވެ. އޭގެތެރޭގައި ހިމެނެނީ މިގަވާއިދު ހިންގާނީ ޓްރާންސްޕޯޓް އޮތޯރިޓީން ނުވަތަ ކަނޑު ދަތުރުފަތުރުގެ ކަންތައްތައް ބެލެހެއްޓުމާއި ހަވާލުވެފައިވާ މިނިސްޓްރީކަން ގަވާއިދުގައި އޮންނަކަމަށެވެ.

ގަވާއިދު އުވާލައި ޝިޕިންގ އެޖެންސީތަކަށް އަލުން ފައިސާ ނެގޭނެ ގޮތް ހަމަޖެއްސުމަށް މިނިސްޓަރ އިންޓަރނަލް މެމޯއަކުން ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑަށް އަންގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ގަވާއިދު ތަންފީޒު ނުކުރެވޭތީ ގަވާއިދު ތަންފީޒު ކުރުމުގެ ގޮތުން ބޯޑުން މިނިސްޓްރީއަށް ތަކުރާރުކޮށް އެކަން އަންގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ބުނެފައިވެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޤާނޫނުގެ 14 ވަނަ މާއްދާގެ ދަށުން އެ ޤާނޫނު ތަންފީޒު ކުރުމުގެ ގޮތުން ކަނޑައަޅަންޖެހޭ އުސޫލުތައް ކަނޑައެޅުމާއި އޮތޯރިޓީ ހިންގުމުގެ ސިޔާސަތުތައް ކަނޑައެޅުމާއި ގަވާއިދު ހެދުމަކީ ޤާނޫނުގެ ދަށުން އައްޔަނުކުރާ ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑުގެ މަސްއޫލިއްޔަތެއް ކަމަށާއި އެ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ޓްރާންސްޕޯޓް އޮތޯރިޓީން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތް ބޯޑުގެ ލަފަޔާއި އިރުޝާދުގެ ދަށުން ހިންގާނީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް މަގާމުގައި ހުންނަ މީހެއްކަމަށް ބަޔާންކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ ހިންގުމާއި އެއޮތޯރިޓީން ހަދަންޖެހޭ ޤާނޫނުތަކާއި ގަވާއިދުތައް ހެދުމާއި އެ ޤާނޫނުތަކާއި ގަވާއިދުތައް ބާތިލްކުރުމަކީ ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑުން ކުރަންޖެހޭ ކަމެއް ކަމަށާއި އެއީ ބޯޑުން ފާސްކުރުމެއްނެތި އެއިރަކު ހުންނަވާ މިނިސްޓަރަކަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކުރެވޭނެކަމެއް ނޫންކަމަށްވެސް ބުނެފައިވެ އެވެ.

އެހެންނަމަވެސް ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާއި ބެހޭ ގަވާއިދު ބާތިލްކޮށްފައިވަނީ އޮތޯރިޓީގެ ބޯޑުން ފާސްކުރުމެެއްނެތި ކަމަށް އޭސީސީއަށް ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ.

އެހެންކަމުން ކޮރަޕްޝަން ހުއްޓުވުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ ހ ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބަޔަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުން ކަމަށް ބެލެވޭތީ އެމައްސަލަ ބަލައިދިނުމަށް ވަނީ ހުށަހަޅާފައެވެ.

މި ގަވާއިދުު އުވާލި ސަބަބު ސާފުކޮށްދެމުން ޓްރާންސްޕޯޓު އޮތޯރިޓީން މީގެކުރިން ބުނެފައިވަނީ، ގަވާއިދު އުވާލީ ޝިޕިންގ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އެ ގަވާއިދުގައި މައްސަލަތަކެއް ހުރިކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންދާތީ އަލުން މުރާޖައާ ކުރުމަށްޓަކައި ކަމަށެވެ. ގަވާއިދުގައި ބުނާ ގޮތުން، ދިވެހިރާއްޖޭގައި ޝިޕިންގ އެޖެންސީގެ ޚިދުމަތްދޭ ކުންފުނިތަކުން 16 އޮގަސްޓް 2020 ވަނަ ދުވަހުގެ ކުރިން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ޝިޕިންގ އެޖެންސީއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރަން ޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން

ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން

07 މާރިޗު 2017
ފ. އަތޮޅު ވިއްކާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް މެމްބަރަކު ތާއިދެއް ނުކުރޭ:އެމްޑީޕީ

ފ. އަތޮޅު ވިއްކާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް މެމްބަރަކު ތާއިދެއް ނުކުރޭ:އެމްޑީޕީ

28 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

19 ފެބުރުއަރީ 2017
މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު

މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު

11 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު