Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިބްރާހީމް އިސްމާއީލް ރިޓަޔާ ކުރެއްވުން

އިބްރާހިމް އިސްމާއިލް ކުޅިވަރުގެ ދާއިރާއިން ރިޓަޔާވެ ވަޑައިގެންފި

އިބްރާހިމް އިސްމާއިލް ކުޅިވަރުގެ ދާއިރާއަށް 44 އަހަރު ޚިދުމަތް ކުރެއްވި

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް, ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2020 | އަންގާރަ 03:55
އިބްރާހިމް އިސްމާއިލް: ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި ވަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފައި

އިބްރާހިމް އިސްމާއިލް: ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި ވަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފައި

ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ރައީސްގެ މަގާމުން އިބްރާހިމް އިސްމާއިލް އިސްތިއުފާ ދެއްވައި، ކުޅިވަރުގެ ދާއިރާގައި އަމަލީ ގޮތުން ކުރައްވަމުން ގެންދެވި މަސައްކަތްތަކުން ރިޓަޔާވެ ވަޑައިގެންފިއެވެ.

ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ވަކިވެވަޑައިގެން ހޯމަ ދުވަހު އިބްރާހިމް އިސްމާއީލް ގެއަށް ވަޑައިގެންނެވިއިރު، މީގެ ކުރިންވެސް އެ މަގާމުން ވަކިވެވަޑައިގަތުމަށް ބޭނުންފުޅުވެގެން އެ ވާހަކަ އިބްރާހިމް އިސްމާއިލް ދެންނެވި ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވިއެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ހޯމަ ދުވަހުގެރޭ ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ އިބްރާހިމް އިސްމާއިލަކީ ދިވެހި ކުޅިވަރަށް އަގުނުކުރެވޭނެ ގިނަ ޚިދުމަތްތައް ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި، އެހެންކަމުން އެމަނިކުފާނުގެ އަގުހުރި ޚިދުމަތްތައް އަބަދުވެސް ވަޒަންކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ފަރާތުން ކުޅިވަރުގެ ދާއިރާއަށް ޚިދުމަތެއް ލިބޭނެ ކޮންމެ ދިމާއަކުން އެ ޚިދުމަތެއް ހޯއްދަވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކުޅިވަރުގެ ހަރަކާތްތަކުން ރިޓަޔާ ކުރެއްވުމާ ގުޅޭ ގޮތުން އިބްރާހީމް އިސްމާއީލް ވިދާޅުވީ މިހާރު ދެން މަސައްކަތާއި ދުރުވެލަން ޖެހޭ ވަގުތު އަތުވެއްޖެ ކަމަށާއި، ކޮންމެ ކަމަކަށްވެސް ނިމުމެއް އަންނާނެ ކަމަށެވެ. އެގޮތުން ކުޅިވަރުގެ ދާއިރާގައި އަދާކުރަމުން އައި ޒިންމާތަކުން ރިޓަޔާ ކުރެއްވުމަށް ނިންމުމާއެކު، ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުންވެސް އިސްތިފާ ދެއްވީ ކަމަށާއި، އެގޮތުން އެއްވެސް ކުޅިވަރުގެ ހިންގާ ކޮމިޓީއެއްގައި ދެން ނުހުންނަވާނެ ކަމަށް ވިދާޅުވިއެވެ.

އެންމެ ފުރަތަމަ އެކުލަވާލި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގައި ތައުލީމާ ބެހޭ ވަޒީރު އައްޔަން ކުރައްވާ މެންބަރުގެ ގޮތުގައި މަޖިލީހުގައި އިންނެވުމަށްފަހު، އެ މަޖިލީހުގެ ރައީސް ކަމަށް އައްޔަން ކުރެއްވީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އެއަށްފަހު މި ސަރުކާރުން އަލުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީސް އެކުލަވާލައި، ރައީސް ކަމަށް އިބްރާހިމް އިސްމާއިލް އައްޔަން ކުރެއްވިއެވެ.

ރާއްޖޭގެ ކުޅިވަރަށް 44 އަހަރު ޚިދުމަތް ކުރެއްވި އިބްރާހިމް އިސްމާއިލަކީ ރާއްޖޭގެ ކުޅިވަރުގެ އެތައް ޚިދުމަތްތައް ކުރެއްވި ބޭފުޅެކެވެ. ދުނިޔޭގައި މިހާރު ތިއްބެވި ބޭފުޅުންގެ ތެރެއިން ކުޅިވަރުގެ ބައްޕަގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރައްވާ އިބްރާހިމް އިސްމާއިލް ވަނީ ގިނަ ދުވަސްތަކެއްގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސްކަން އަދި ހޭންޑްބޯލް މޯލްޑިވްސްގެ ރައީސްކަމުގެ އިތުރުން މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ރައީސްކަންވެސް ކުރައްވާފައެވެ.

އުމުރުފުޅުން މިހާރު 70 އަހަރުވެފައިވާ އިބްރާހިމް އިސްމާއިލަކީ ގައުމީ ފެންވަރުގައި އެތައް ކުޅިވަރެއްގައި ވިދާލި ކުޅުންތެރިއެކެވެ. އޭނާ އަކީ 1970ގެ އަހަރުތަކުގެ ފަހުކޮޅާއި 1980ގެ އަހަރުތަކުގެ ކުރީކޮޅު ރާއްޖެއިން ފެނުނު އެންމެ ހުނަރުވެރި މިޑްފީލްޑަރެވެ.

ރާއްޖޭގައި ފުރަތަމަ އެކުލަވާލި ގައުމީ ފުޓްބޯޅަ ޓީމު، 1979 ވަނަ އަހަރު ރިޔޫނިއަނުގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ކުޅުނުއިރު ތާރީޚީ ކެޕްޓަނަކީ އިބްރާހިމް އިސްމާއިލެވެ.

ފުޓްބޯޅައިގެ އިތުރުން ކްރިކެޓާއި ޓެނިހުގައިވެސް، ރާއްޖޭގެ އެންމެ މަތީ ފެންވަރުގައި ވާދަކުރައްވައި، ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައިވެއެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް 2008 ގައި އޮތް އޮލިމްޕިކް ކޮމިޓީގެ އިންތިޚާބު ކާމިޔާބުރައްވައި، އެ އިދާރާގެ ރައީސްގެ މަގާމަށް އިބްރާހިމް އިސްމާއިލް ވަޑައިގެންނެވިއެވެ.

ހާއްސަކޮށް ފުޓްބޯޅައިގެ ގިނަ ކަންކަމުގައި އިބްރާހިމް އިސްމާއިލް ފާހަގަކުރެވޭއިރު، ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަމާއި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީކަންވެސް ކުރެއްވިއެވެ. ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ފެނުނު އިބްރާހިމް އިސްމާއިލް ރެފުރީއެއްގެ ގޮތުގައިވެސް ގިނަ ބައެއްގެ އިހުތިރާމް ހޯދެއްވިއެވެ. ރާއްޖޭގެ އެންމެ ފުރަތަމަ ފީފާ ދެ ރެފުރީންގެ ތެރެއިން އެއް ރެފުރީގެ ގޮތުގައި އިބްރާހިމް އިސްމާއިލް ހިމެނިވަޑައިގެން ދިޔައިރު، ގައުމީ އެތައް ޓީމެއްގެ މެނޭޖަރުކަމާއި، ބޮޑެތި ގޭމްސްތަކަށް ދިޔައިރު، ޗެފް ޑި މިޝަނުގެ ޒިންމާވެސް ވަނީ އުފުއްލަވާފައެވެ.

ރާއްޖޭގެ ކުޅިވަރުގެ މުހިއްމު ޝަޚުސިއްޔަތެއްގެ ގޮތުގައި ހުންނެވި އިބްރާހިމް އިސްމާއިލް ވަނީ 43 އަހަރު ތައުލީމީ ދާއިރާގައިވެސް ޚިދުމަތް ކުރައްވާފައެވެ. ތައުލީމީ ދާއިރާއާ ދުރަށް ވަޑައިގެންނެވީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުއެވެ. އިބްރާހިމް އިސްމާއިލް ތައުލީމާ ބެހޭ ވުޒާރާގައި އެންމެ ފަހުން ހުންނެވީ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމުގައެވެ.

ކިޔަވައިދިނުމުގެ ތަޖުރިބާއާއެކު 1989 ގައި ތައުލީމާ ބެހޭ ވުޒާރާގައި މަސައްކަތްކުރައްވަން ފެއްޓެވި ފަހުން އިބްރާހިމް އިސްމާއިލް ވަނީ އެ ދާއިރާގައިވެސް އަގުހުރި ގިނަ ޚިދުމަތްތަކެއް ކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮރޯނާވައިރަހާ ގުޅިގެން އެންމެ ބޮޑު އަސަރެއް ކުރާނީ ކުޅިވަރުގެ ދާއިރާއަށް: މަހުލޫފް

ކޮރޯނާވައިރަހާ ގުޅިގެން އެންމެ ބޮޑު އަސަރެއް ކުރާނީ ކުޅިވަރުގެ ދާއިރާއަށް: މަހުލޫފް

09 ޖޫން 2020
ކުޅުންތެރިންނަށް ދިމާވާ ކުޅިވަރުގެ އަނިޔާތަކަށް ފަރުވާދެވޭނެ އިންޝުއަރެންސް ސްކީމެއް ތަޢާރަފްކުރަނީ

ކުޅުންތެރިންނަށް ދިމާވާ ކުޅިވަރުގެ އަނިޔާތަކަށް ފަރުވާދެވޭނެ އިންޝުއަރެންސް ސްކީމެއް ތަޢާރަފްކުރަނީ

03 ފެބުރުއަރީ 2020
މަގްސަދު ހާސިލުވެއްޖެ، އުފަލާއެކު މިހާރު ރިޓަޔާވެވޭނެ: މުއީނާ

މަގްސަދު ހާސިލުވެއްޖެ، އުފަލާއެކު މިހާރު ރިޓަޔާވެވޭނެ: މުއީނާ

27 ޖުލައި 2019
ކުޅިވަރުގައި ނުފޫޒު ގަދަވަނީ ކުޅިވަރުގެ ވަޒީރުކަން ވަރަށް އަވަހަށް ސާފުވާނެ: ސުޒެއިން

ކުޅިވަރުގައި ނުފޫޒު ގަދަވަނީ ކުޅިވަރުގެ ވަޒީރުކަން ވަރަށް އަވަހަށް ސާފުވާނެ: ސުޒެއިން

29 ޑިސެމްބަރު 2018
މިރޭ ދުންތަރި އިބްރާހިމް މަނިކް މެމޯރިއަލް ޗެމްޕިއަންޝިޕް ފަށަނީ

މިރޭ ދުންތަރި އިބްރާހިމް މަނިކް މެމޯރިއަލް ޗެމްޕިއަންޝިޕް ފަށަނީ

31 މެއި 2018

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު