Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖެނޯއާގެ ކުޅުންތެރިން ވައިރަހަށް ޕޮޒިޓިވްވުން

ޖެނޯއާއިން ކޮވިޑް-19 ގެ 14 ކޭސް

ޖެނޯއާގެ 10 ކުޅުންތެރިންވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަމަށް ބުނޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 29 ސެޕްޓެމްބަރު 2020 | އަންގާރަ 03:22
އިޓާލިއަން ލީގުގައި ނާޕޮލީ އާއި ޖެނޯއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗަށްފަހު ޖެނޯއާގެ 14 މެންބަރަކު ޕޮޒިޓިވްވި

އިޓާލިއަން ލީގުގައި ނާޕޮލީ އާއި ޖެނޯއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗަށްފަހު ޖެނޯއާގެ 14 މެންބަރަކު ޕޮޒިޓިވްވި

އިޓާލިއަން ލީގުގައި ވާދަކުރަމުން އަންނަ ޖެނޯއާގެ 14 މެންބަރަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިދިޔަ އާދީއްތަ ދުވަހު ރަށުން ބޭރުގައި ނާޕޮލީ އަތުން 6-0 ން ބަލިވި މެޗަށްފަހު ޖެނޯއާއިން ވަނީ އެ ކުލަބުގެ 14 މެންބަރަކު ވައިރަހަށް ޕޮޒިޓިވް ވިކަން ހާމަކޮށްފައެވެ.

އިޓަލީގެ ރިޕޯޓުތައް ބުނާ ގޮތުން ޖެނޯއާގެ 14 މެންބަރަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވިއިރު، އޭގެ ތެރޭގައި އެ ޓީމުގެ 10 ކުޅުންތެރިންވެސް ހިމެނެއެވެ. މިހާތަނަށް ޖެނޯއާއިން ކޮވިޑް-19 ޖެހުނުކަން ހާމަކޮށްފައިވާ ކުޅުންތެރިންނަކީ ގޯލްކީޕަރު މަޓިއާ ޕެރިން އަދި މިޑްފީލްޑަރު ލަސޭ ޝޯނެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޖެނޯއާގެ 14 މެންބަރަކު ކޮވިޑް-19 އަށް ޕޮޒިޓިވްވީ ނާޕޮލީއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިންނެވެ. އެހެންކަމުން ނާޕޮލީގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންވެސް އަލުން ވައިރަހަށް ޓެސްޓު ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖެނޯއާއިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުލަބުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 14ށް އަރާފައިވާ ކަމަށާއި، އެހެންކަމުން މިހާރު ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން އިދާރާތަކާ ގުޅިގެން ވަރަށް ގާތުން ކަންކަން ބަލަމުންދާ ކަމަށެވެ.

ޖެނޯއާގެ 14 މެންބަރަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވިއިރު، އެ ޓީމުން މި ހަފުތާ ބަންދުގައި ޓޮރީނޯއާ ދެކޮޅަށް ކުޅެން ވަނީ ތާވަލުކޮށްފައެވެ. އެކަމަކު މި މެޗު ފަސްކުރުން އެކަށީގެންވާ ކަމަށް އިޓަލީގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އިތުރަށް ކިޔާލަން

02 އޯގަސްޓު 2021

އޮލިމްޕިކްސްއިން މިހާތަނަށް 90 ޕޮޒިޓިވް ކޭސް

02 އޯގަސްޓު 2021
އޮލިމްޕިކްސްއިން މިހާތަނަށް 90 ޕޮޒިޓިވް ކޭސް
04 މެއި 2021

ކޮވިޑް ކޭސްތައް ގިނަވެ، އައިޕީއެލް މެދުކަނޑާލައިފި

04 މެއި 2021
ކޮވިޑް ކޭސްތައް ގިނަވެ، އައިޕީއެލް މެދުކަނޑާލައިފި
06 އޮކްޓޯބަރު 2020

ކުޅިވަރުތަކަށް ހުއްދަ ދެވޭނީ ފެންނަ ކޭސްތަކުގެ އަދަދަށް ބަލާފައި: ޑރ. ނަޒްލާ

06 އޮކްޓޯބަރު 2020
ކުޅިވަރުތަކަށް ހުއްދަ ދެވޭނީ ފެންނަ ކޭސްތަކުގެ އަދަދަށް ބަލާފައި: ޑރ. ނަޒްލާ
10 އޯގަސްޓު 2020

އެތުލެޓިކޯއިން ކޮވިޑް-19 ގެ ދެ ކޭސް

10 އޯގަސްޓު 2020
އެތުލެޓިކޯއިން ކޮވިޑް-19 ގެ ދެ ކޭސް
04 ޖޫން 2020

ފަސްވަނަ ބުރުން ޕޮޒިޓިވް ކޭސް އެއް ފެނުނީ ޓޮޓެންހަމުން

04 ޖޫން 2020
ފަސްވަނަ ބުރުން ޕޮޒިޓިވް ކޭސް އެއް ފެނުނީ ޓޮޓެންހަމުން
08 މާރިޗު 2020

ޖެނޯއާއިން އޭސީ މިލާން ބަލިކޮށްފި

08 މާރިޗު 2020
ޖެނޯއާއިން އޭސީ މިލާން ބަލިކޮށްފި
01 މެއި 2018

ރެއާލްގެ ބަލިފައި އެނގޭ، މެޗަށް ވަރަށް ރަނގަޅަށް ތައްޔާރު: ހެއިންކޭސް

01 މެއި 2018
ރެއާލްގެ ބަލިފައި އެނގޭ، މެޗަށް ވަރަށް ރަނގަޅަށް ތައްޔާރު: ހެއިންކޭސް
31 މާރިޗު 2018

ބަޔާންގައި މަޑުކޮށް އަހަރެންގެ ރެކޯޑު ލެވަންޑޯސީ މުގުރާލާނެ: ހެއިންކޭސް

31 މާރިޗު 2018
ބަޔާންގައި މަޑުކޮށް އަހަރެންގެ ރެކޯޑު ލެވަންޑޯސީ މުގުރާލާނެ: ހެއިންކޭސް
23 ނޮވެމްބަރު 2017

ހެއިންކޭސް ދާއިމީ ކޯޗަކަށް ހަދަން ބޭނުންވޭ: ރޮބެން

23 ނޮވެމްބަރު 2017
ހެއިންކޭސް ދާއިމީ ކޯޗަކަށް ހަދަން ބޭނުންވޭ: ރޮބެން
05 އޮކްޓޯބަރު 2017

ހެއިންކޭސް އެނބުރި ބަޔާންގެ ކޯޗަކަށް

05 އޮކްޓޯބަރު 2017
ހެއިންކޭސް އެނބުރި ބަޔާންގެ ކޯޗަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު