Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލުގައި އޮބާމަޔަން މަޑުކުރުން

އާސެނަލުގައި މަޑުކުރަން އޮބާމަޔަން ނިންމީ ބާސާއަށް ނޫނެކޭ ބުނުމަށްފަހު

28 ސެޕްޓެމްބަރު 2020 | ހޯމަ 16:27

އޮބާމަޔަން އާސެނަލްގައި 2023 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް މަޑުކުރާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 28 ސެޕްޓެމްބަރު 2020 | ހޯމަ 16:27
އާސެނަލްގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން

އާސެނަލްގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން

އާސެނަލްގެ އެއްބަސްވުން އާކުރީ ބާސެލޯނާއިން ލިބުނު ހުށަހެޅުމައް ނޫނެކޭ ބުނުމަށްފަހު ކަމަށް ގޮބެނަށް އުފަން ޕިއޭ-އެމެރިކް އޮބާމަޔަން ބުނެފިއެވެ.

އުމުރުން 31 އަހަރުގެ އޮބާމަޔަން މީގެ ކުރިން އާސެނަލާއެކު ހަދާފައި އޮތް އެއްބަސްވުން ހަމަވަން އޮތީ އަންނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށެވެ. އަދި އާސެނަލްގައި އޮބާމަޔަންގެ ކުރިމަގެއް ނެތް ކަމަށް ބުނެ މީގެ ކުރިން ބައެއް ތަޖުރިބާކާރުން ވަނީ އޮބާމަޔަން އާސެނަލް ދޫކޮށް ދިޔުމަށް ގޮވާލާފައެވެ.

އެކަމަކު ގިނަ މަޝްވަރާތަކަކަށްފަހު އެންމެ ފަހުން އޮބާމަޔަން ވަނީ މި މަހުގެ 15 ވަނަ ދުވަހު އާސެނަލްގެ އެއްބަސްވުން އިތުރު ތިން އަހަރަށް އާކޮށްފައެވެ. އެހެންކަމުން އޭނާ އާސެނަލްގައި 2023 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް މަޑުކުރާނެއެވެ. ރިޕޯޓުތައް ބުނާ ގޮތުން އައު އެއްބަސްވުމާއެކު އޮބާމަޔަންއަށް ހަފުތާއަކު 250،000 (ދެ ލައްކަ ފަންސާސް ހާސް) ޕައުންޑްގެ މުސާރާއެއް ލިބޭނެއެވެ.

ދާދި ފަހުން އޮބާމަޔަން ބުނީ އާސެނަލްގެ އެއްބަސްވުން އާކުރުމުގެ ކުރިން ބައެއް ކުލަބުތަކުން ހުށަހެޅުންތައް ލިބުނު ކަމަށާއި، އޭގެ ތެރޭގައި ބާސާވެސް ހިމެނޭ ކަމަށެވެ. އެކަމަކު އާސެނަލުގައި މަޑުކުރަން ނިންމީ މައިގަނޑު ދެ ސަބަބަކަށްޓަކައި ކަމަށާއި، އެތަނުން އެއް ސަބަބަކީ ކޯޗު މިކޭލް އާޓެޓާ ކަމަށެވެ. އެގޮތުން އެއްބަސްވުން އާކުރުމުގެ ކުރިން އާޓެޓާއާ މަޝްވަރާކުރި ކަމަށްވެސް އޮބާމަޔަން ބުންޏެވެ.

އާސެނަލްގައި މަޑުކުރަން ނިންމި ދެވަނަ ސަބަބަކަށް އޮބާމަޔަން ފާހަގަކުރީ އެ ކުލަބުގެ ސަޕޯޓަރުންނެވެ. އެގޮތުން އޮބާމަޔަން ބުނީ އެ ކުލަބުގެ ސަޕޯޓަރުން ދޭ ސަޕޯޓާއި އޭނާއާ ދޭތެރޭ އޮންނަ ގުޅުން ރަނގަޅު ކަމަށާއި، ބޭނުންވަނީ އާސެނަލުގެ ލެޖެންޑަކަށް ވުމަށް ކަމަށެވެ. އަދި އޮބާމަޔަން ވަނީ އާސެނަލާއެކު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރަން ބޭނުންވާ ކަމަށްވެސް ބުނެފައެވެ.

އާސެނަލްގެ ކޯޗުގެ މަގާމާ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހަވާލުވި އާޓެޓާގެ އިރުޝާދުގެ ދަށުން އެޓީމުން މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، މިހާތަނަށް ވަނީ މިދިޔަ ސީޒަނުގެ އެފްއޭ ކަޕުގެ އިތުރުން މި ސީޒަނުގެ ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފައެވެ. މި ދެ ކާމިޔާބީގައިވެސް އޮބާމަޔަނުގެ ދައުރު ބޮޑެވެ.

ބޮރޫޝިއާ ޑޯޓްމުންޑް ދޫކޮށް 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު 63 މިލިޔަން ޔޫރޯއަށް އާސެނަލަށް ސޮއިކުރި އޮބާމަޔަން ވަނީ މިހާތަނަށް އެޓީމަށް ކުޅެދިން 112 މެޗުގައި 72 ލަނޑު ޖަހާފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

27 މެއި 2017

އަހަރެން ބޭނުންވަނީ ޗެލްސީގައި މަޑުކުރަން: ވިލިއަން

27 މެއި 2017
އަހަރެން ބޭނުންވަނީ ޗެލްސީގައި މަޑުކުރަން: ވިލިއަން
22 މެއި 2017

އަހަރެން އެޓްލެޓިކޯގައި މަޑުކުރަން ނިންމައިފިން: ސިމިއޯނީ

22 މެއި 2017
އަހަރެން އެޓްލެޓިކޯގައި މަޑުކުރަން ނިންމައިފިން: ސިމިއޯނީ
13 މެއި 2017

އެސިސްޓަންޓް ކޯޗާ ދެބަސްވެ ނޭމާ ކުލަބުގައި މަޑު ނުކުރާނެ ކަމުގެ އިންޒާރު ބާސާއަށް

13 މެއި 2017
އެސިސްޓަންޓް ކޯޗާ ދެބަސްވެ ނޭމާ ކުލަބުގައި މަޑު ނުކުރާނެ ކަމުގެ އިންޒާރު ބާސާއަށް
11 މެއި 2017

ރޫނީ އަދިވެސް ބޭނުންވަނީ ޔުނައިޓެޑްގައި މަޑުކުރަން

11 މެއި 2017
ރޫނީ އަދިވެސް ބޭނުންވަނީ ޔުނައިޓެޑްގައި މަޑުކުރަން
16 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ސޮސައިޑާޑް އަތުން ބާސާއަށް ހަނި މޮޅެއް

16 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ސޮސައިޑާޑް އަތުން ބާސާއަށް ހަނި މޮޅެއް
12 އެޕްރީލު 2017

ވިހި ވިހީގެ ނިޔަލަށް ނިއުގައި މަޑުކުރަން ސެންޓޭ ނިންމައިފި

12 އެޕްރީލު 2017
ވިހި ވިހީގެ ނިޔަލަށް ނިއުގައި މަޑުކުރަން ސެންޓޭ ނިންމައިފި
03 އެޕްރީލު 2017

ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް

03 އެޕްރީލު 2017
ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް
09 މާރިޗު 2017

ޑޯޓްމަންޑް ކުއާޓާއަށް ދިޔައިރު ތަރިއަކީ އޮބާމަޔަންގް

09 މާރިޗު 2017
ޑޯޓްމަންޑް ކުއާޓާއަށް ދިޔައިރު ތަރިއަކީ އޮބާމަޔަންގް
22 ފެބުރުއަރީ 2017

ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް

22 ފެބުރުއަރީ 2017
ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް