Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންފޮރމޭޝަން ކޮމިޝަނަރ ފިޔާޒް

"އަޅުގަނޑަށް އެނގޭ އެން އުކަން، ރަނގަޅު އައިނެއްގައި އެން އުކަން އެނގޭ ކެޔޮޅެއް ހުރެއްޖެނަމަ މަސް ދަހިވާނެ"

އައްސަސާތައްވެސް މި ޤާނޫނަށް އަހުލުވެރި ވަމުންދާކަން ފާހަގަ ކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 ސެޕްޓެމްބަރު 2020 | ހޯމަ 17:23
އިންފޮރމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމަށް ދެއްވި އިންޓަރވިއުގެ ތެރެއިން

އިންފޮރމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމަށް ދެއްވި އިންޓަރވިއުގެ ތެރެއިން

މައުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤަށް ރައްޔިތުން އަހުލުވެރި ކުރުވައި، އެ ޤާނޫނު ފުރިހަމައަށް ތަންފީޒު ކުރައްވާނެ ގޮތް އެނގިވަޑައިގަންނަވާކަމަށް އިންފޮރމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފިޔާޒް ވިދާޅުވީ، ޤާނޫނު އަސާސީގެ 29 ވަނަ މާއްދާގެ ދަށުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ކަށަވަރު ކޮށްދީފައިވާ ކަމަށާއި، އެކަމުގައި ކުރިއެރުންތަކެއް ހާސިލު ކުރެވިފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުން މި ޙައްޤުގެ ބޭނުން ކުރަމުންދާ މިންވަރުވެސް ފަހަކަށް އައިސް އިތުރުވެފައިވާކަން ފާހަގަކުރެވޭކަމަށް ފިޔާޒް ވިދާޅުވިއެވެ.

އޭގެ އިތުރުން، މި ޙައްޤަށް ރައްޔިތުން އަހުލުވެރި ކުރުވައި، ޤާނޫނު ފުރިހަމައަށް ތަންފީޒު ކުރައްވާނެ އުކުޅުތައް އެނގިވަޑައިގަންނަވާކަމަށް ފިޔާޒް ވިދާޅުވިއެވެ. އެގޮތުން ފިޔާޒް ވަނީ "ރަނގަޅު އައިނެއްގައި އެން އުކަން އެނގޭ ކެޔޮޅެއް ހުރެއްޖެނަމަ މަސް ދަހިވާނެ" ކަމަށް ވިދާޅުވެ، މިސާލު ޖައްސަވާފައެވެ.

މި ޤާނޫނުގެ ދަށުން މުއައްސަސާތަކުން ހުށައަޅާފައިވާ ރިޕޯޓުތަކަށް އަލިއަޅުވާލައްވާ ފިޔާޒް އިތުރަށް ވިދާޅުވީ، 2014 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ހުށައަޅާފައިވާ އަދަދާއި ގާތްކުރާ އަދަދަކަށް މި ސަރުކާރު ވުޖޫދަށް އައިސް ފާއިތުވެގެން މިދިޔަ އެއް އަހަރު ތެރޭގައި ރިޕޯޓުތައް ހުށައަޅާފައިވާ ކަމަށެވެ. އަދި އެކަމުން ދޭހަވާ އެއްކަމަކީ މުއައްސަސާތައްވެސް މި ޤާނޫނަށް އަހުލުވެރިވަމުންދާކަން ކަމަށް ފިޔާޒް ވިދާޅުވިއެވެ.

މި ރިޕޯޓުތަކާއި ގުޅިގެން ކޮމިޝަނަށް މިދިޔަ އަހަރު 1567 މައްސަލަ ހުށައަޅާފައިވާއިރު އޭގެ ތެރެއިން 1456 މައްސަލައަށް މިހާރު ވަނީ ކޮމިޝަނުން ޖަވާބުދީފައެވެ.

މިއަދަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ދުވަހެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު (1/2014) ގެ ދަށުން 13 ޖުލައި 2014 ގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހެއް އުފެއްދިތާ 6 އަހަރު ވެފައިވާއިރު، ދައުލަތުގެ ބައެއް މުއައްސަސާތަކާއި އިދާރާތަކުން އެކަށީގެންވާ ގޮތެއްގައި މަޢުލޫމާތު ނުލިބޭ ކަމުގެ ޝަކުވާ މީގެ ކުރިން ގިނަ ބަޔަކު ކޮށްފައި ވެއެވެ.

އެހެން ނަމަވެސް، އުނގެނުމާއި، އުނގަންނައި ދިނުމާއި، މަޢުލޫމާތު ހޯދުމާއި، މަޢުލޫމާތު ލިބިގަތުމުގެ މިނިވަންކަން ކޮންމެ މީހަކަށްވެސް ލިބިގެންވާ ކަމަށް ޤާނޫނު އަސާސީގެ 29 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާއިރު، މި ދާއިރާ ކުރިއަށް އޮތް ތަނުގައި އިތުރަށް ހަރުދަނާވެގެންދާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ފިޔާޒް ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު