Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޒިކުރާ މިސްކިތުގެ މައްސަލަ

ބާގިރުގެ މައްޗަށް ދައުވާ ކުރަނީ އެއްވެސް އަސާސެއް، އަސްލެއް ނެތް މައްސަލައެއްގައި: ޕީޕީއެމް/ޕީއެންސީ

29 ސެޕްޓެމްބަރު 2020 | އަންގާރަ 03:19

ޕީޕީއެމް/ޕީއެންސީން ތުހުމަތުކޮށްފަިއވަނީ ސަރުކާރުން ކަންކަން އޮޅުވާލަން އުޅޭކަމަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 29 ސެޕްޓެމްބަރު 2020 | އަންގާރަ 03:19
ކުރީގެ އިސްލާމިކް މިނިސްޓަރ

ކުރީގެ އިސްލާމިކް މިނިސްޓަރ

އިސްލާމިކް މިނިސްޓްރީން ޒިކުރާ މިސްކިތް އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަން އާއެކު ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް އެކުލެވޭތީ އެމައްސަލާގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުގެ ދައުވާ ކުރުމަށް ހުށަހެޅުމުން، ބާގިރުގެ ދިފާއުގައި ޕީޕީއެމް/ޕީއެންސީން ތެދުވެއްޖެއެވެ.

ޒިކުރާ މިސްކިތު ޕްރޮޖެކްޓަށް ހިޔާނަތްތެރިވެވަޑައިގެންނެވިކަމުގެ ތުހުމަތުކުރޭ ބާގިރުގެ ދިފާއުގައި ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބާޤިރުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް ދައުވާ ކުރުމަށް ސަރުކާރުގެ ފަރާތުން ފޮނުވާފައިވާ މައްސަލަ އަކީ އެއްވެސް އަސާސެއް އަދި އަސްލެއް ނެތް މައްސަލައެއް ކަމަށެވެ. އަދި ހުރިހާގޮތަކުން ވެސް ސަރުކާރު ފެއިލްވެ، ހެދޭ ނުހެދޭ ނޭނގޭ ހިސާބަށް ކަންކަން ގޮސް، ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒުވާން ފެށުމުން، ރައްޔިތުންނަށް ކަންކަން އޮޅުވާލާ، މަތި ޖެހުމަށްޓަކައި ރައީސް ޔާމީން ނުވަތަ އެމަނިކުފާނުގެ ވެރިކަމުގައި އިސް މަޤާމެއް އަދާ ކުރައްވާފައިވާ ކޮންމެވެސް ބޭފުޅަކާއި ގުޅުވައިގެން މައްސަލައެއް އުފައްދާ ދައުވާ ކުރުމަށް ފޮނުވުމަކީ މި ސަރުކާރުން ކުޅެމުން އަންނަ ސިޔާސީ ޑްރާމާއެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

ޕީޕީއެމްގެ ބަޔާނުގައި އެގޮތަށް ބުނެފައިވީނަމަވެސް، އޭސީސީގެ ރިޕޯޓާއި، އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައިވާ ފާހަގަކޮށްފައިވާ އެއްވެސް ކަމަކަށް އެ ބަޔާނުގައި ރައްދެއް ދީފައި ނުވެއެވެ. އޭސީސީގެ ރިޕޯޓާއި، އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި ވާގޮތުން އެ ޕްރޮޖެކްޓަކީ ދައުލަތަށް އެއްވެސް ފައިދާއެއް ވާގޮތަށް ފަރުމާކޮށްފައިވާ ޕްރޮޖެކްޓެއް ނޭނެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އެސްޖޭ ކޮންސްޓްރަކްޝަންއަށް އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާއިރު އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ނުލިބި އެސްޖޭ ކޮންސްޓްރަކްޝަން އަށް ނާޖާއިޒު ފައިދާއެއް ހޯދާދީފައިވެއެވެ.

ޒިކުރާ މިސްކިތް އަލުން އިމާރާތްކޮށް އެތަނުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލު ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ ޖުލައި މަހުއެވެ. އެ މިސްކިތް އިމާރާތް ކުރުމުގެ މަޝްރޫއުއަށް 130 މިލިއަން ރުފިޔާ އަރާނެ ކަމަށް އޭރުގެ ސަރުކާރުން ވަނީ ބުނެފައެވެ. އޭގެ ތެރެއިން 30 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދީފައެވެ.

މަނީ ލޯންޑަރ ކުރެއްވުމުގެ ކުށް ސާބިތުވެ، ޖަލު ގޮޅީގައި އޮންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމުން، އެ މަނިކުފާނުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކުގެ ދިފާއުގައި ތެދުވެފައިވާއިރު، އެ ދެ ޕާޓގެ ލީޑަރޝިޕްގައި ތިއްބެވި ގިނަ ބޭފުޅުންނަކީ ވައްކަމާއި ހިޔާނާތުގެ ތުހުމަތުތައް ކުރެއްވޭ ބޭފުޅުންނެވެ. އެގޮތުން ޕާޓީގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި ނުހައްޤު މުއްސަނދިކަމެއް ކުއްލި ގޮތަށް ލިބިވަޑައިގެންނެވި ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް