Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުސްވިޓްޒަލެންޑާއި ރާއްޖެއާ ދެމެދު ދަތުރުތައް ފެށުން

އެޑެލްވެއިސް އެއަރލައިން އިން، ސްވިޒަލޭންޑާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފަށައިފި

އެ އެއަރލައިނުން ހަފުތާއަކު 2 ދަތުރުކުރާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 27 ސެޕްޓެމްބަރު 2020 | އާދީއްތަ 17:59
ސްވިޓްޒަލޭންޑުގެ އެޑެލްވެއިސް އެއަރލައިން، ދަތުރުތައް މެދުކަނޑާލީ ކޮވިޑް-19އާ ގުޅިގެން

ސްވިޓްޒަލޭންޑުގެ އެޑެލްވެއިސް އެއަރލައިން، ދަތުރުތައް މެދުކަނޑާލީ ކޮވިޑް-19އާ ގުޅިގެން

ސްވިޒަލޭންޑުގެ އެޑެލްވެއިސް އެއަރލައިންއިން، ސްވިޓްޒަލެންޑާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފަށައިފިއެވެ.

ކޮވިޑް-19އާ ގުޅިގެން ދަތުރުތައް މެދުކަނޑާލުމަށްފަހު އަލުން ދަތުރުތައް ފަށާ، އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތުގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ފުރަތަމަ ފްލައިޓް ވަނީ ޖައްސާފައެވެ.

އެ އެއަރލައިނުން ހަފުތާއަކު 2 ދަތުރު ކުރާއިރު، މި ދަތުރުތައް ކުރާނީ ސްވިޒަލެންޑުގެ ޒިއުރިކުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.

ސްވިޒަލޭންޑަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މުހިއްމު މާކެޓެކެވެ. 2019 ވަނަ އަހަރު ރާއްޖޭގެ ޓޮޕް މާކެޓުގެ ތެރޭގައި ސްވިޒަލޭންޑު ހިމެނެއެވެ. ސްވިޒަލޭންޑުގެ ރައްޔިތުންނަށް ރާއްޖެ އަކީ މަގުބޫލު މަންޒިލެއް ކަމަށްވާއިރު، ސްވިޓްޒަލެންޑާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމުން ކުރިއަށް އޮތްތާނގައި ގިނަ އަދަދެއްގެ ފަތުރުވެރިން އަންނާނެ ކަމަށް ބެލެވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ތިން މަހަށް ވުރެ ގިނަ ދުވަހަށް ފަހު ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށްފަހު، ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލިފަހުން ގިނަ އެއަރލައިންތަކުން އަންނަނީ އަލުން ދަތުރުތައް ފަށަމުންނެވެ. އަދި މިހިނގާ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހާ ހަމައަށް ރާއްޖެ އައިސްފައިވަނީ 11629 ފަތުރުވެރިންނެވެ.

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2017

ސްރީލަންކަން އެއަރލައިންސް: އޭޝިއާ ސަރަހައްދުގެ ވައިގެ ދަތުރުފަތުރުގެ ގަދަ ބާރަކަށް ވަނީ

23 ނޮވެމްބަރު 2017
ސްރީލަންކަން އެއަރލައިންސް: އޭޝިއާ ސަރަހައްދުގެ ވައިގެ ދަތުރުފަތުރުގެ ގަދަ ބާރަކަށް ވަނީ
20 ނޮވެމްބަރު 2017

ވީއޭއެމްކޯއާއި އަލްޝާލީމެރިންއާ ދެމެދު އެމްއޯޔޫއެއްގައި ސޮއި ކޮށްފި

20 ނޮވެމްބަރު 2017
ވީއޭއެމްކޯއާއި އަލްޝާލީމެރިންއާ ދެމެދު އެމްއޯޔޫއެއްގައި ސޮއި ކޮށްފި
16 އޮކްޓޯބަރު 2017

ސްރީ ލަންކަންގެ ޕަސެންޖަރުންނަށް ފުވައްމުލަކާއި ގަމާ ދެމެދު ލޯންޗް ފެރީއެއް

16 އޮކްޓޯބަރު 2017
ސްރީ ލަންކަންގެ ޕަސެންޖަރުންނަށް ފުވައްމުލަކާއި ގަމާ ދެމެދު ލޯންޗް ފެރީއެއް
18 ސެޕްޓެމްބަރު 2017

ރާއްޖެ އާއި ޗައިނާއާ ދެމެދު ފެށުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ނިންމާލައިފި

18 ސެޕްޓެމްބަރު 2017
ރާއްޖެ އާއި ޗައިނާއާ ދެމެދު ފެށުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ނިންމާލައިފި
21 ޖޫން 2017

ސީއެމްޑީއޭ އާ ވިމެން އޮން ބޯޑްސް އާ ދެމެދު އެމްއޯޔޫ އެއްގައި ސޮއިކޮށްފި

21 ޖޫން 2017
ސީއެމްޑީއޭ އާ ވިމެން އޮން ބޯޑްސް އާ ދެމެދު އެމްއޯޔޫ އެއްގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު