Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަރްމީނިއާގެ އިދިކޮޅު ލީޑަރު

ޙިޔާނާތުގެ ބޮޑެތި ތުހުމަތުތަކާއެކު އަރްމީނިއާގެ އިދިކޮޅު ލީޑަރު ހައްޔަރަށް!

2017 ވަނަ އަހަރު އެ ޤައުމުގައި ބޭއްވި މަޖިލިސް އިންތިޚާބުގައި ވޯޓު ގަތްކަމުގެ ތުހުމަތު ކުރެވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 ސެޕްޓެމްބަރު 2020 | ހޮނިހިރު 19:24
އަރްމީނިއާގެ އިދިކޮޅު ލީޑަރު ގަޖީކް ސަރުކިޔަންގެ- އޭނާގެ މައްޗަށް ވޯޓު އޮޅުވާލުމުގެ ތުހުމަތުވެސް ކުރެވޭ

އަރްމީނިއާގެ އިދިކޮޅު ލީޑަރު ގަޖީކް ސަރުކިޔަންގެ- އޭނާގެ މައްޗަށް ވޯޓު އޮޅުވާލުމުގެ ތުހުމަތުވެސް ކުރެވޭ

މާލީ މުއާމަލާތްތަކަށް އޮޅުވާލުމާއި ޙިޔާނާތުގެ ބޮޑެތި ތުހުމަތުތަކާއެކު އަރްމީނިއާގެ އިދިކޮޅު ލީޑަރު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އެ ޤައުމުގެ ކޯޓުން އަމުރުކޮށްފިއެވެ.

އަރްމީނިއާގެ އިދިކޮޅު ލީޑަރު ގަޖީކް ސަރުކިޔަންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި 2017 ވަނަ އަހަރު އެ ޤައުމުގައި ބޭއްވި މަޖިލިސް އިންތިޚާބުގައި ވޯޓު ގަތުމާއި، ޖުވާގެ ވިޔަފާރި ހިންގައި ދައުލަތަށް އެތަކެއް ގެއްލުންތަކެއް ދިނުން ހިމެނެއެވެ. އެގޮތުން ދައުލަތަށް 60 މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ދީފައިވާކަމަށް އެ ޤައުމުގެ ނޫސްތަކާ ޙަވާލާދީ އަލްޖަޒީރާގައި ރިޕޯޓް ކޮށްފައިވެއެވެ.

އެހެން ނަަމަވެސް ސަރުކިޔަން މި ތުހުމަތުތައް ދޮގު ކުރައްވައެވެ. އަދި މިއީ އެ ޤައުމުގެ ބޮޑުވަޒީރު ނިކޯލް ޕާޝިޔާ ކުޅުއްވާ ސިޔާސީ ގޭމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މިކަމުގެ ފަހަތުގައިވާ މީހުން ޒިންމާ ކުރުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން، މިހާރުގެ ސަރުކާރުން ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެކަށީގެންވާ ފިޔަވަޅު ނާޅާ ކަމަށާއި، އެ ޤައުމުގެ އިޤްތިސާދު އަނދަވަޅަކަށް ވައްޓާލަމުންދާކަމަށް ވިދާޅުވެ ސަރުކިޔަން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ސަރުކިޔަންގެ ވަކީލާ ޙަވާލާދީ އޭއެފްޕީ ނިއުސްގައި ރިޕޯޓް ކޮށްފައިވާ ގޮތުން ކޯޓުގެ މި އަމުރު އިސްތިއުނާފު ކުރެއްވުމަށް މިހާރު އެމަނިކުފާނު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

އިތުރަށް ކިޔާލަން

05 ސެޕްޓެމްބަރު 2017

ގައުމަށް ޣައްދާރުވިކަމުގެ ތުހުމަތުކޮށް ކެމްބޯޑިއާގެ އިދިކޮޅު ލީޑަރު ހައްޔަރުކޮށްފި

05 ސެޕްޓެމްބަރު 2017
ގައުމަށް ޣައްދާރުވިކަމުގެ ތުހުމަތުކޮށް ކެމްބޯޑިއާގެ އިދިކޮޅު ލީޑަރު ހައްޔަރުކޮށްފި
02 އޯގަސްޓު 2017

ހައްޔަރުކޮށްފައިވާ ވެނެޒުއޭލާގެ އިދިކޮޅު ދެ ލީޑަރުންގެ ރައްކާތެރިކަމަށް ޒިންމާވާން ޖެހޭނީ "ސީދާ ރައީސް ނިކޮލަސް މަޑޫރޯ": ރައީސް ޓްރަމްޕް

02 އޯގަސްޓު 2017
ހައްޔަރުކޮށްފައިވާ ވެނެޒުއޭލާގެ އިދިކޮޅު ދެ ލީޑަރުންގެ ރައްކާތެރިކަމަށް ޒިންމާވާން ޖެހޭނީ "ސީދާ ރައީސް ނިކޮލަސް މަޑޫރޯ": ރައީސް ޓްރަމްޕް
18 ޖުލައި 2017

ވެނެޒުވޭލާގައި 24 ގަނޑިއިރަށް ދެމިގެންދާ މުޒާހަރާއަކަށް އިދިކޮޅު ފަރާތްތަކުން ގޮވާލައިިފި

18 ޖުލައި 2017
ވެނެޒުވޭލާގައި 24 ގަނޑިއިރަށް ދެމިގެންދާ މުޒާހަރާއަކަށް އިދިކޮޅު ފަރާތްތަކުން ގޮވާލައިިފި
09 ޖުލައި 2017

ވެނެޒުއޭލާގެ އިދިކޮޅު ލީޑަރު ލިއޮޕޮލްޑޯ ލޯޕެޒް ގޭ ބަންދަށް ބަދަލު ކުރި ކުރުމަށް ރައީސް މަޑޫރޯ ތައުރީފު ކުރައްވައިފި

09 ޖުލައި 2017
ވެނެޒުއޭލާގެ އިދިކޮޅު ލީޑަރު ލިއޮޕޮލްޑޯ ލޯޕެޒް ގޭ ބަންދަށް ބަދަލު ކުރި ކުރުމަށް ރައީސް މަޑޫރޯ ތައުރީފު ކުރައްވައިފި
13 ޖޫން 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި

13 ޖޫން 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު