Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 ޕޮޒިޓިވްވުން

ހަފްތާތަކަކަށްފަހު ކޮވިޑް-19ގެ ކޭސްތައް ރިޕޯޓު ކުރެވުނު އަދަދު ވަރަށް ބޮޑުތަނުން ދަށްވެއްޖެ

26 ސެޕްޓެމްބަރު 2020 | ހޮނިހިރު 17:44

ފާއިތުވި 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވީ 31 މީހުން

އަމްނާ އިމާދު
އަމްނާ އިމާދު | 26 ސެޕްޓެމްބަރު 2020 | ހޮނިހިރު 17:44
މާލެސިޓީ، ކޮވިޑް-19އާ ކޭސްތައް އޮގަސްޓްމަހުގެ ތެރޭގައި އިތުރުވުމާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން އިތުރު ފިޔަވަޅުތަކެއް މާލެސިޓީގައި ވަނީ އަޅާފައި

މާލެސިޓީ، ކޮވިޑް-19އާ ކޭސްތައް އޮގަސްޓްމަހުގެ ތެރޭގައި އިތުރުވުމާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން އިތުރު ފިޔަވަޅުތަކެއް މާލެސިޓީގައި ވަނީ އަޅާފައި

ހަފްތާތަކަކަށްފަހު ކޮވިޑް-19ގެ ކޭސްތައް ރިޕޯޓު ކުރެވުނު އަދަދު ވަރަށް ބޮޑަށް ދަށްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ހުކުރު ދުވަހުގެ އިރުއޮއްސި 6:00ން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00 ގެ ނިޔަލަށް 31 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 26 މީހުން ޕޮޒިޓިވްވީ މާލެ ސަރަހައްދުން ކަމަށްވާއިރު، 5 މީހަކު އަތޮޅުތެރެއިން ވަނީ ޕޮޒިޓިވްވެފައެވެ. އެއީ 25 ދިވެހިންނާއި އެހެނިހެން ގައުމުތަކަށް ނިސްބަތްވާ 6 މީހުންނެވެ. އަދި 81 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.

Advertisement - newsAdvertisement

1250 އެކްޓިވް ކޭސް ހިމެނޭއިރު، މިހާރު ވެސް 84 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އަދި މިވަގުތު ވެސް އައިސޮލޭޝަން ފެސިލިޓީގައި 771 މީހަކު އެބަ ތިބި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19ގެ 10،045 ކޭސް ރިޕޯޓު ކުރެވިފައިވެއެވެ. އަދި 8754 މީހަކު ބަލިން ވަނީ ފަސޭހަވެފައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ގިނަ ބަޔަކު ޓެސްޓު ކުރަމުންދާއިރު، މިހާތަނަށް ރިޕީޓެޑް ސާންޕަލްތަކާއެކު ޖުމްލަ 147،681 ސާންޕަލެއް ނަގާފައިވެއެވެ.

ކޮވިޑް-19 ގައި މިހާތަނަށް މަރުވެފައިވަނީ 34 މީހުންނެވެ. މީގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ.

މާލޭގެ އިތުރުން އަތޮޅު ތެރެއިން ވެސް ވަނީ ކޮވިޑް-19ގެ ކޭސްތައް ފެނިފައެވެ. އެގޮތުން މިހާތަނަށް 20 ރަށަކުން 24 ރިސޯޓަކުން އެކްޓިވް ކޭސް ވަނީ ފެނިފައެވެ.

މިހާރު މޮނިޓަރިންގެ ހާލަތުގައި އޮތީ ގދ. ހޯނޑެއްދޫ، ހދ. ކުޅުއްދުއްފުށި އަދި ހދ. ނޮޅިވަރަމްއެވެ.

ކޮވިޑް-19ގެ ކޭސްތައް ދަށްވި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއި ދިނުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް އެޗްޕީއޭގެ ކޮންސަލްޓެންޓް ޑރ. ޝީނާ މޫސާ ވަނީ ވިދާޅުވެފައެވެ. އަދި ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ފަރުވާ ކުޑަ ނުކުރުމަށް ކަމާބެހޭ އެންމެހައި ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

16 ޖޫން 2017

މުދިމު ނެތިގެން އިބްރާހިމީ މިސްކިތުގައި ދަމު ނަމާދު ނުކުރެވުނު

16 ޖޫން 2017
މުދިމު ނެތިގެން އިބްރާހިމީ މިސްކިތުގައި ދަމު ނަމާދު ނުކުރެވުނު
22 މެއި 2017

ސުޕަމެޖޯރިޓީ އޮވެގެން ޕީޕީއެމްއަށް ހާސިލުކުރެވުނު ކަމެއް ނެތް: އަމީތު

22 މެއި 2017
ސުޕަމެޖޯރިޓީ އޮވެގެން ޕީޕީއެމްއަށް ހާސިލުކުރެވުނު ކަމެއް ނެތް: އަމީތު
22 މެއި 2017

ހުކުމްތަކާއި ނިންމުންތަކުގެ ރޫހަށް ބަދަލު އަންނަ ގޮތަށް ރިޕޯޓު ނުކުރުމަށް ޝައުރީ ދައިރާއިން އެދިއްޖެ!

22 މެއި 2017
ހުކުމްތަކާއި ނިންމުންތަކުގެ ރޫހަށް ބަދަލު އަންނަ ގޮތަށް ރިޕޯޓު ނުކުރުމަށް ޝައުރީ ދައިރާއިން އެދިއްޖެ!
23 މާރިޗު 2017

ބްރޯޑްކާސްޓަރުންގެ އަހަރީ ރިޕޯޓު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

23 މާރިޗު 2017
ބްރޯޑްކާސްޓަރުންގެ އަހަރީ ރިޕޯޓު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
01 މާރިޗު 2017

ވަޅިހަރައި މަރާލާނެ ކަމުގެ އިންޒާރުދިންތާ ފަސް ދުވަސް ވީއިރު ވެސް އެމީހާ ހައްޔަރެއް ނުކުރެވުނު!

01 މާރިޗު 2017
ވަޅިހަރައި މަރާލާނެ ކަމުގެ އިންޒާރުދިންތާ ފަސް ދުވަސް ވީއިރު ވެސް އެމީހާ ހައްޔަރެއް ނުކުރެވުނު!
16 ފެބުރުއަރީ 2017

ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!

16 ފެބުރުއަރީ 2017
ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!
11 ފެބުރުއަރީ 2017

މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު

11 ފެބުރުއަރީ 2017
މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް