Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ނަމާދުގެ މުހިންމުކަން

އަޖަލު ޖެހުމުގެ ކުރިން ނަމާދަށް ފަރުވާތެރިވާށެވެ.

ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނީ ނަމާދާ ގުޅޭ ގޮތުން

އައިޝަތު ޝަރުފާ
އައިޝަތު ޝަރުފާ, ރާއްޖެ އެމްވީ | 26 ސެޕްޓެމްބަރު 2020 | ހޮނިހިރު 19:37
ނަމާދަކީ އިސްލާމް ދީނުގެ ތަނބު

ނަމާދަކީ އިސްލާމް ދީނުގެ ތަނބު

ޝަޙާދަތުގެ ދެ ކަލިމަ ކިޔާ އިސްލާމް ވުމަށްފަހު، އެންމެ އިސްކަމެއް ދޭންޖެހޭ އަޅުކަމަކީ ނަމާދެވެ. ނަމާދަކީ އިސްލާމްދީނުގެ ދެވަނަ ރުކުނެވެ. ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ސުވާލު ކުރެވޭ ޢަމަލަކީވެސް ނަމާދެވެ. މި ހުރިހާ ކަމަކުންވެސް ނަމާދަށް އިސްލާމްދީނުގައި ދެވިފައިވާ އަޙައްމިޔަތުކަން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ.

ނަމަވެސް އަޅުގަނޑުމެންގެ ވަށައިގެންވާ މާޙައުލަށް ނަޒަރު ހިންގާލުމުން ފެނިގެންދަނީ ވަރަށް ހިތާމަވެރި މަންޒަރެކެވެ. ފެންނަމުންދަނީ، މި މަތިވެރި އަޅުކަމަށް މީހުން ޣާފިލްވެފައިވާ މިންވަރެވެ. ޚާއްސަކޮށް ޒުވާނުން ނަމާދު ކުރުމަށް ދޭ ސަމާލްކަން ހުންނަނީ ކަންބޮޑުވާ މިންވަރަށް ދަށުގައެވެ. އަޅުގަނޑުމެންނަށް ފެނިގެންދަނީ، ނަމާދު ވަޤުތު އަޅާފައި ހޮޓާ ރެސްޓޯރަންޓްތަކުގައި ކޮފީ ބޯންތިބޭ މަންޒަރެވެ. ނުވަތަ އަމިއްލަ މަސައްކަތުގައި މަޝްޢޫލުވެ އުޅޭ މަންޒަރެވެ. ގޭމް ކުޅުމާއި ފިލްމް ސީރީޒްތައް ބެލުމުގައި ރޭގަނޑުގެ ބޮޑުބައި ހޭލާ އިނުމަށްފަހު، ފަތިސް ނަމާދު އަޅާފައި ނިދަން އޮންނައިރު އުޚްރަވީ ޙަޔާތާމެދު އެއްވެސް ޚިޔާލެއް ފިކުރެއްނެތެވެ.

އަޅުގަނޑުމެންގެ މުޖްތަމަޢުން ފެނިގެންދާ ތަފާތު ނުރަނގަޅު ޢަމަލުތަކާއި، މަސްތުވާ ތަކެއްޗާއި، މާރާމާރީއާއި ވައްކަން ފަދަ ބޮޑެތި ކުށްތަކުގެ އަސްލަކީވެސް ޒުވާނުން ދީނީ އަޅުކަންތަކާއި ދުރުވުމެވެ. އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާ (ޞ.ޢ.ވ) ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ: "ޤިޔާމަތް ދުވަހުން އެކަމަކުން އަޅާގެ ޙިސާބުބެއްލެވޭނެ އެންމެ ފުރަތަމަ އަޅުކަމަކީ ނަމާދެވެ. ފަހެ ނަމާދު ރަނގަޅުވެއްޖެނަމަ އޭނާގެ ހުރިހާ ޢަމަލެއް ރަނގަޅުވާ ހުއްޓެވެ. އަދި ނަމާދު ފާސިދު ވެއްޖެނަމަ އޭނާގެ ހުރިހާ ޢަމަލެއް ފާސިދުވާ ހުއްޓެވެ." މި ޙަދީޘް ބަސްފުޅުންވެސް ދޭހަވާ ގޮތުގައި ނަމާދަކީ އެންމެހާ ނުރަނގަޅު ޢަމަލުތަކުން ދުރުކޮށްދޭ މަތިވެރި އަޅުކަމެވެ. އަޅާއާއި ﷲ ސުބްޙާނަހޫ ވަތަޢާލާމެދު ޤާއިމްކުރެވޭ ވަރުގަދަ ގުޅުމެކެވެ. މާދަމާ މި ޤައުމުގެ ހަރުދަނާ ޒިންމާދާރު މަޤާމުތައް ފުރަން ތިބި ލީޑަރުންނަކީ ޒުވާނުންނަށްވީ ހިނދު ދީނަށް ލޯބިކުރާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް ހިތްވަރުދީ ނަސޭޙަތްތެރިވުމަކީ ފަރުދީ ވާޖިބެކެވެ.

ނަމާދު އެޅުމަކީ އެންމެ ބޮޑު ފާފަ ތަކުގެ ތެރެއިން ހިމެނިގެންވާ ފާފައެކެވެ. ޞަރީޙަ ނައްސު ތަކުން ވާރިދުވެގެންވާ ގޮތުގައި، ޝަރުޢީ އުޒުރަކާއި ނުލައި ނަމާދު އެޅުމަކީ، ޤަތުލު ކުރުން ވާޖިބުވާ ކުފުރުގެ ޢަމަލެކެވެ. ރަސޫލާ (ޞޢވ) ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަހަރުމެންނާއި އެބައިމީހުންނާއި، (މުނާފިޤުންނާއި ދެމެދުގައިވާ ޢަހުދަކީ ނަމާދެވެ. ފަހެ އެ ނަމާދު އަޅައިފިމީހާ ކާފިރުވެއްޖެކަން ކަށަވަރެވެ." ނަމާދަށް ފަރުވާ ކުޑަކޮށް ނަމާދު އަޅާ މީހުންގެ މައްޗަށް މާތް ﷲ ވަޢީދުގެ ބަސްފުޅު ވަޙީކުރައްވާފައި ވެއެވެ. އެ ގޮތުން ސޫރަތުލް މަރްޔަމްގެ 59 ވަނަ ޢާޔަތުގެ މާނައިގައިވެއެވެ. "(އިސްވެދިޔަ ހެޔޮލަފާ މީހުންނަށްފަހު) ނުބައި ބަޔަކު އައެވެ. އެބައި މީހުން ނަމާދު ނަގާލިއެވެ. އަދި އަމިއްލަ އެދުމަށް ތަބާވިއެވެ. ފަހެ ގަދަފަދަ ވެގެންވާ ޢަޛާބާއި ފަހުން އެ މީހުން ބައްދަލު ކުރާނެއެވެ."ކީރިތި ޤުރްއާންގެ ހަމައެކެނި މި ޢާޔަތައް ބަލައިލި ކަމުގައިވިޔަސް، ނަމާދު އަޅާ މީހުންނަށް ގަދަ ފަދަ ވޭންދެނިވި ޢަޛާބުވާކަން އަޅުގަނޑުމެންނަށް ދޭހަވެއެވެ.

ﷲ އަށް އަޅުކަން ކުރުމަކީ އަޅުގަނޑުމެން އިންސާނުން ދުނިޔެއަށް ފޮނުވުމުގެ މަޤްސަދެވެ. އެ މަޤްސަދު ހަނދާން ނައްތާލައި ހަވާ ނަފްސަށް ތަބާވެ ފާފަތަކަށް އަރައިގަތުމަކީ، އަމިއްލަ ނަފްސަށްދެވޭ އަނިޔާއެއްކަން އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރަން ޖެހެއެވެ. މި ދުނިިޔެއާއި ވަކިވުމުގެ ކުރިން، ނުކުރެވި ހުރި ނަމާދަށް ތަޢުބާވެ، އާ ޢަޒުމަކާއެކު ނަމާދަށް ރައްކާތެރިވުމަކީ ދިރިއުޅުމުގެ ޝިޢާރު ކަމުގައި ހަދާށެވެ. ދެ ދުނިޔޭގައިވެސް ކާމިޔާބު މީހަކަށް ވެވޭނީ އޭރުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނަމާދަށް ފަރުވާތެރިވޭ، އުޒުރަކާ ނުލައި ނަމާދު އެޅުމަކީ އެ މީހެއްގެ މައްޗަށް މާތްﷲގެ ކޯފާ އަންނާނެ ކަމެއް: ޚުތުބާ

ނަމާދަށް ފަރުވާތެރިވޭ، އުޒުރަކާ ނުލައި ނަމާދު އެޅުމަކީ އެ މީހެއްގެ މައްޗަށް މާތްﷲގެ ކޯފާ އަންނާނެ ކަމެއް: ޚުތުބާ

21 ނޮވެމްބަރު 2025
ނަމާދަށް ފަހުގައި ދުޢާ ކުރުމާއި ދުޢާގައި އަތް އުފުލުމާއި މޫނުގައި ފިރުމުން

ނަމާދަށް ފަހުގައި ދުޢާ ކުރުމާއި ދުޢާގައި އަތް އުފުލުމާއި މޫނުގައި ފިރުމުން

14 ޖޫން 2020
 ދަތުރަށް ފުރުމުގެ ކުރިން އަމިއްލަ ގައުމުގައި ހައްޖަށްދާ މީހުންގެ ޕާސްޕޯޓް ޕްރޮސެސް ކުރުމުގެ ޚިދުމަތް ސައުދީން ފަށައިފި

ދަތުރަށް ފުރުމުގެ ކުރިން އަމިއްލަ ގައުމުގައި ހައްޖަށްދާ މީހުންގެ ޕާސްޕޯޓް ޕްރޮސެސް ކުރުމުގެ ޚިދުމަތް ސައުދީން ފަށައިފި

15 އޯގަސްޓު 2017

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު