Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންކަމް ސަޕޯޓް އެލަވަންސް ދޫކުރުން

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 79.2 މިލިއަން ރުފިޔާ ދޫކޮށްފި: ފިނޭންސް މިނިސްޓްރީ

ސެޕްޓެމްބަރުމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް 18724 މީހުން އިންކަމް ސަޕޯޓް އެލަވަންސްއަށް އެދި ހުށައަޅާފައިވޭ

އަތޫފް އާތިފް
އަތޫފް އާތިފް | 25 ސެޕްޓެމްބަރު 2020 | ހުކުރު 12:33
ބާޒާރު މަތީގެ މަންޒަރެއް

ބާޒާރު މަތީގެ މަންޒަރެއް

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 79.2 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީ އިން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް 18724 (އަށާރަހާސް ހަތްސަތޭކަ ސައުވީސް) މީހުން އިންކަމް ސަޕޯޓް އެލަވަންސްއަށް އެދި ހުށައަޅާފައިވެއެވެ. މީގެތެރެއިން 7742 (ހަތްހާސް ހަތްސަތޭކަ ސާޅީސްދެ) މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އެއީ ޖުމްލަ 79.2 މިލިއަން ރުފިޔާއެވެ.

Advertisement - newsAdvertisement

ފިނޭންސް މިނިސްޓްރީ އިން އިތުރަށް ބުނީ އޮގަސްޓް މަހުގެ އިންކަމް ސަޕޯޓް އެލަވަންސް އަށް އެދި މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ހުށައެޅޭނެ ކަމަށެވެ. އަދި ސެޕްޓެމްބަރު މަހުގެ އިންކަމް ސަޕޯޓް އެލަވަންސް އަށް އެދި އޮކްޓޯބަރު މަހުގެ ނިޔަލަށް ހުށައެޅޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

އިންކަމް ސަޕޯޓް އެލަވަންސް އަކީ ކޮވިޑް-19 އާއި ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުނަށް ހާއްސަކޮށް، އެ މީހުންގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާތުން ދެމުން އަންނަ ހާއްސަ އިނާޔަތެކެވެ.

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

މިިހުރީ ރައީސް މައުމޫނާއެކު، މި ގޮތުގައި ދެމިހުންނާނަން: މެމްބަރު ސައުދު

02 އެޕްރީލު 2017
މިިހުރީ ރައީސް މައުމޫނާއެކު، މި ގޮތުގައި ދެމިހުންނާނަން: މެމްބަރު ސައުދު
28 ފެބުރުއަރީ 2017

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް
26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
12 ފެބުރުއަރީ 2017

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

12 ފެބުރުއަރީ 2017
 ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު