Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަސުރުހީ: މަސްވެރިންނަށް ދިމާވާ ދަތިތައް

މަސްވެރިކަމުގެ ސިނާއަތަށް ކޮވިޑް ތެރޭގައި ބޮޑު އަސަރެއް ނުކުރޭ، ދިމާވީ ހަމައެކަނި ފައިސާ ދިނުމުގެ މައްސަލަ: މިނިސްޓްރީ

ކޮވިޑްގެ ތެެރޭގައިވެސް މަހަށް ދިޔަ އެއްވެސް ބަޔަކަށް ހީނަރުކަމެއް އައިކަމަކަށް ފާހަގަ ނުކުރެވޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 25 ސެޕްޓެމްބަރު 2020 | ހުކުރު 07:40
ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު(ވ)، ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދު (ކ)

ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު(ވ)، ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދު (ކ)

މަސްވެރިކަމުގެ ސިނާއަތަށް ކޮވިޑް ތެރޭގައި ބޮޑު އަސަރެއް ނުކުރާކަމަށާއި ދިމާވީ ހަމައެކަނި ފައިސާ ދިނުމުގެ މައްސަލަ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

ކޮވިޑާއި ގުޅިގެން މުޅި ރާއްޖޭގެ އިގްތިސާދު އަނދަވަޅަކަށް ވެއްޓިފައިވާއިރު، ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއަށް އެންމެ ބޮޑަށް ބޭރު ފައިސާ ވަންނަ ފަތުރުވެރިކަމުގެ ސިނާއަތްވެސް ހުއްޓިފައި އޮތެވެ. ގިނަ ގޮންޖެހުންތަކާއި ކުންފުނިތަކުން ކުރިމަތިލިއިރު، ވަޒީފާއިން ވަކި ކުރި މުވައްޒަފުންގެ އަދަދުވެސް ދިޔައީ އިތުރުވަމުންނެވެ.

ސަރުކާރުގެ ފަރާތުން ކޮވިޑާއި ގުޅިގެން އާމްދަނީއަށް އަސަރު ކުރި ފަރާތައް އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި 5000 ރުފިޔާ ދެމުން ގެންދާއިރު ބައެއް މަސްވެރިން ވެސް ވަނީ އެ ފަރާތްތަކަށް އެ އެހީތެރިކަން ނުލިބެނީ ކީއްވެތޯ ސުވާލު އުފައްދާފައެވެ.

މިކަމާއި ގުޅިގެން، ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދު ވިދާޅުވީ ކަނޑުމަހުގެ މަސްވެރިކަމުގައި ކޮވިޑްގެ ތެެރޭގައި ވެސް މަހަށް ދިޔަ އެއްވެސް ބަޔަކަށް ހީނަރުކަމެއް އައިކަމަކަށް ފާހަގަ ނުކުރެވޭކަމަށާއި, މަސްވެރިން ބާނައިގެެން ގެނައި ހުރިހާ މަހެއް މިފްކޯއިން ގަންނަމުން ދިޔަކަމަށެވެ.

ފައިސާ ލިބުމުގައި ލަސްތަކެއް އުޅުނު ނަމަވެސް ލިބެންޖެހޭ އެއްޗެއް ލިބުނު ކަމުގައި އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެހެން ސިނާއަތްތަކުގައި ހަރަކާތްތެރިވި ފަރާތްތަކަށް ކުރި ފަދަ އަސަރެއް ކުރިކަމަށް ބުނެވެން ނެތްކަމަށެވެ. އަދި އެއިރު ފަލަސުރުހީ ތަކުންވެސް ގިނަ ބަޔަކު ވަޒީފާއިން ވަކި ވުމާއި އެކު މަހަށް ގޮސް އާމްދަނީ ހޯދަން ފެށިކަން އޮތުން އެއީ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އިންކަމް ސަޕޯޓާއި ގުޅިގެން ލިބުނު ޝަކުވާތައް ބެލިކަމަށާއި އެކަން ކުރަނީ އެހެން ވުޒާރާއަކަށް ވުމުން ކަން ހިނގާގޮތް ރަނގަޅަށް އެނގިނުލައްވާކަމަށެވެ.

މަސްވެރިކަމުގެ ސިނާއަތް ކުރީގައި އޮތްނަމަވެސް ކަންނެލީގެ މަސްވެރިންނަށް ގޮންޖެހުންތަކަކާއި ދިމާވިކަމަށެވެ. އެގޮތުން، އެ ފަރާތްތަކަށް ރަނގަޅު އަގެއް ލިބެނީ ތާޒާކަންމަތީ ބޭރުކުރުމުން ކަމަށާއި ކަންނެލީގެ މަސްވެރިކަމަށް ވަރަށް ބޮޑު ހީނަރުކަމެއް އައިކަމަށެވެ. އެގޮތުން ކުންފުނިތަކަށް މަސް ގަތުމަށް ވެސް ދަތިތަކާއި ކުރިމަތިވި ކަމަށެވެ.

އަދި މިކަމާއި ގުޅިގެން މިނިސްޓްރީން ބޮޑު ކަންނެލީގެ މަސްވެރިކަމުގައި އުޅުއްވާ ފަރާތްތަކާއި މަޝްވަރާކޮށް އެ ވަގުތައް ގެނެވެން އޮތް ހައްލެއް ގެނައިކަމަށާއި ވައިގެ ދަތުރުތައް ފެށުމާއި އެކު ގަންނަ އަގު އުފުލިފައިވާ ކަމަށް ހަސަން ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު