Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަސުރުހީ

މަސްވެރިކަން އޮންނަން ޖެހޭނީ ދިވެހި އާއިލާތައް އަތް މަތީގައި، ބިދޭސީންނަށް މި ސިނާއަތް ދޫކޮށްލަން ސަރުކާރުން ފުރުސަތު ނުދޭނެ: މިނިސްޓްރީ

ބިދޭސީންނަށް މަދުން ނަމަވެސް ދޯނި ތަކުގައި އުޅުމުގެ ހުއްދަ ދިނުމުގެ ވިސްނުން އެބަހުރި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 25 ސެޕްޓެމްބަރު 2020 | ހުކުރު 05:29
މާލެ ބަނދަރުގައި އޮތް ދޯންޏަކަށް މަސް އަރުވަނީ

މާލެ ބަނދަރުގައި އޮތް ދޯންޏަކަށް މަސް އަރުވަނީ

މަސްވެރިކަން އޮންނަން ޖެހޭނީ ދިވެހި އާއިލާތައް އަތް މަތީގައި ކަމަށާއި ބިދޭސީންނަށް މި ސިނާއަތް ދޫކޮށްލަން ސަރުކާރުން ފުރުސަތު ނުދޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި އަދި މަސްދޯނިތަކުގައި ބިދޭސީން އުޅުނު ނަމަވެސް އެފަދަ ހުއްދައެއް މިހާތަނަށް ދީފައި ނުވާނެކަމަށާާއި ބިދޭސީންނަށް މަދުން ނަމަވެސް ދޯނި ތަކުގައި އުޅުމުގެ ހުއްދަ ދިނުމުގެ ވިސްނުން އެބަހުރި ކަމަށެވެ. އަދި އެ ހުއްދަ ނުދޭކަން ފާހަގަކުރައްވައި ހަސަން ވަނީ މަސްދޯނިތަކުން މިވަގުތު މަހަށް ދާންޖެހޭނީ ގަވާއިދާއި އެއްގޮތަށް ދިވެހިން އެކަނި ކަމަށް ތަކުރާރުކުރައްވާފައެވެ.

އޭނާ ވިދާޅުވީ، ގަވާއިދުތަކަށް އަމަލު ނުކުރާނަމަ، އެއީ އިލީގަލް ފިޝިންގ ކަމަށް ބެލެވޭނެ ކަމަށާއި އެކަމުގެ ސަބަބުން މަސް އެކްސްޕޯޓް ކުރުމަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭކަމަށެވެ. އަދި މިފަދަ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް، އޭނާ ވިދާޅުވިއެވެ. ބިދޭސީން އުޅޭ މިންވަރު ހައްލުކުރުމަށް ކަމާއި ގުޅޭ ވުޒާރަތަކާއި ގުޅިގެން މިނިސްޓްރީން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި ހަސަން ވިދާޅުވީ، އުސޫލުތައް, މިހާރު ކުރަމުންދާ މަސައްކަތްތަކާއި އެކު ވަރަށް އަވަހަށް އާންމުވާނެކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި އެކަންތައްތައް ހައްލުވެގެންދާނެ ކަމަށް ހަސަން ފާާހަގަކުރެއްވިއެވެ.

ޕްރޮގްރާމްގައި އިތުރަށް ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ޒަމާނުއްސުރެން އެކަން އޮންނަ ގޮތަށް އާއިލީ ވިޔަފާރިއަކަށް ހެދުން ކަމަށާއި މަސްވެރިން ވެސް އެބޭފުޅުންގެ އަތްމަތިން މި މަސައްކަތް ބީކޮށްލައިގެން ނުވާނެކަމަށެވެ. މަސްވެރިންނަށް ކޮންމެ ބަޔަކުވެސް އިންވެސްޓްކޮށްފާނެކަމަށާއި ގިނަ ފަހަރު އެ ވިޔަފާރިއެއް ކާމިޔާބު ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ބޭރު މީހުން ސިނާއަތުގައި ހަރަކާތްތެރިވާނަމަ މެދުފަންތީގެ އޮޑިވެރިންނަށް ބޮޑު ގެއްލުމެއް ލިބިދާނެކަމަށާއި މި ސަރުކާރުން އެ ފުރުސަތެއް ނުދޭނަކަމަށް ހަސަން ވިދާޅުވިއެވެ.

ސަރުކާރުގެ ވިސްނުމަކީ، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ދިވެހިންގެ ނިސްބަތް އިތުރުކޮށް، ދިވެހިންގެ އާއިލާތައް އަތްމަތީ ސިނާއަތް އޮތުންކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު