Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިދިކޮޅުގެ އެޑްވައިޒަރުކަމުގެ މަގާމު ޝަހީމަށް

ޕްރޮގްރެސިވް ކޯލިޝަންގެ އެޑްވައިޒަރަކަށް ޝަހީމް

ޔާމީން އަކީ ހެޔޮ ބޭފުޅެއް ކަމަށް ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 24 ސެޕްޓެމްބަރު 2020 | ބުރާސްފަތި 16:44
ބުރާސްފަތި ދުވަހު ޕީޕީއެމް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ޑރ.ޝަހީމް އަށް ވަނީ އެޑްވައިޒަރުގެ މަގާމު ދެއްވާފައި

ބުރާސްފަތި ދުވަހު ޕީޕީއެމް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ޑރ.ޝަހީމް އަށް ވަނީ އެޑްވައިޒަރުގެ މަގާމު ދެއްވާފައި

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އެޑްވައިޒަރު ކަމުގެ މަގާމަށް އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖައްސަވައިފިއެވެ.

ޝަހީމް، އެޑްވައިޒަރު ކަމުގެ މަގާމު ދެއްވާފައިވަނީ ބުރާސްފަތި ދުވަހު ޕީޕީއެމް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

Advertisement - newsAdvertisement

އެޑްވައިޒަރު ކަމާއި ހަވާލުވެވަޑައިގެން ވާހަކަ ދައްކަވަމުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓްކަން ވެސް ކުރެއްވި ޝަހީމް ވިދާޅުވީ، އެންމެ ބޮޑަށް އުފާފުޅުވީ ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވުމަށް ފަހު އަލުން އަނބުރާ ރާއްޖެ ވަޑައިގެންނެވުމުން ކަމަށެވެ.

ސިޔާސީ މަސައްކަތް ކުރައްވަން ޝަހީމް ރާއްޖެ ވަޑައިގެންނެވުމުގެ ކުރިން އޭނާ ހުންނެވީ ސައުދީ އަރަބިޔާގައި ހުންނަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކެރެޓަރީ ޖެނެރަލްގެ މުޝީރުގެ މަގާމުގައެވެ.

ޝަހީމް ވިދާޅުވީ، ޖަލުގައި ހުކްމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަކީ ރައްޔިތުން ދެކެ ލޯބިފުޅުވާ އަދި ގައުމުދެކެ ވަރަށް ލޯބިފުޅުވާ ބޭފުޅެއް ކަމަށެވެ. ރާއްޖެއަށްޓަކައި ޔާމީން ކޮށްދެއްވި މަސައްކަތްޕުޅަކީ ޝަހީމްގެ ނަޒަރުގައި ޤުރުބާނީއެކެވެ.

ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން ވިދާޅުވަމުން ގެންދަވާ ފަދައިން ޝަހީމް ވެސް ވިދާޅުވީ، އަދުލުވެރި ޝަރިޔަތެއް ކުރެއްވިއްޖެނަމަ ޔާމީން މިނިވަން ވާނެ ކަމަށެވެ. މި ދަނޑިވަޅަކީ މާޔޫސް ނުވެ، މަސައްކަތް ކުރަން އެންމެންގެ ސަފުތައް އަތުރަން ޖެހޭ ވަގުތު ކަމަށް އޭނާ ވިދާޅުވިއެެެވެ.

ޑރ. ޝަހީމް ސިޔާސީ މަސައްކަތް ފެއްޓެވީ އަދާލަތު ޕާޓީންނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ޝަހީމް ވަނީ ކުރައްވާފައެވެ. އޭގެ ފަހުން ކުރީގެ ރައީސް ޑރ. ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އަދި ރައީސް ޔާމީންގެ ވެރިކަމުގައި ޝަހީމް ވަނީ އިސްލާމިކް މިނިސްޓަރުކަން ކުރައްވާފައެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ގައި ޔާމީންގެ ރަނިންމޭޓްގެ މަސައްކަތް ކުރެއްވިއިރު ޝަހީމް ފުުރުއްވަމުން ގެންދެވީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ކަމުގެ މަގާމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕޯލްއިން އެނގެނީ ކޯލިޝަންގެ ޕްރައިމަރީއެއް ބޭއްވޭނެކަން: ފައްޔާޒް

ޕޯލްއިން އެނގެނީ ކޯލިޝަންގެ ޕްރައިމަރީއެއް ބޭއްވޭނެކަން: ފައްޔާޒް

01 ޖެނުއަރީ 2018
އެމްޑީޕީގެ ވިސްނުމަށް އިޚުތިރާމް ކުރަން، ނަމަވެސް ކޯލިޝަންގެ ކެނޑިޑޭޓްގެ ގޮތުގައި ނެރެންވާނީ ޤާސިމް: ރިޔާޒް

އެމްޑީޕީގެ ވިސްނުމަށް އިޚުތިރާމް ކުރަން، ނަމަވެސް ކޯލިޝަންގެ ކެނޑިޑޭޓްގެ ގޮތުގައި ނެރެންވާނީ ޤާސިމް: ރިޔާޒް

13 ޑިސެމްބަރު 2017
މިއީ އަޤްޞާ މިސްކިތް ތަޅައިލުމުގެ ފެށުން، ދިވެހިން އަޑުއުފުލަން ޖެހޭ: ޑރ. ޝަހީމް

މިއީ އަޤްޞާ މިސްކިތް ތަޅައިލުމުގެ ފެށުން، ދިވެހިން އަޑުއުފުލަން ޖެހޭ: ޑރ. ޝަހީމް

06 ޑިސެމްބަރު 2017
އަމިއްލަ ގެދޮރުން ނެރެލީމަ އެހެން ތަނަކުން ހިޔާވަހިކަން ހޯދުމަކީ މައްސަލައެއް ނޫން: ޝަހީމް

އަމިއްލަ ގެދޮރުން ނެރެލީމަ އެހެން ތަނަކުން ހިޔާވަހިކަން ހޯދުމަކީ މައްސަލައެއް ނޫން: ޝަހީމް

27 ނޮވެމްބަރު 2017
މަކަރާއި ހީލަތުގެ މައްސަލައެއްގައި ކުރިން ގާނޫނީ ވަކީލުކަން ކުރެއްވި ޝަހީމް ހޯދަން އިއުލާން ކޮށްފި

މަކަރާއި ހީލަތުގެ މައްސަލައެއްގައި ކުރިން ގާނޫނީ ވަކީލުކަން ކުރެއްވި ޝަހީމް ހޯދަން އިއުލާން ކޮށްފި

12 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު