Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޝްވެތާ ޕޮސިޓިވްވުން

ޝްވެތާ ތިވާރީ ވެސް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ބަލީގެ ޢަލާމާތްތައް ފެންނަކަމަށް

އައިޝަތު ޝަރުފާ
އައިޝަތު ޝަރުފާ | 24 ސެޕްޓެމްބަރު 2020 | ބުރާސްފަތި 17:10
ޝްވެތާ ތިވާރީ

ޝްވެތާ ތިވާރީ

ކަސައުޓީ ޒިންދަގީކޭގެ ސީޒަން 1 ގެ ޕްރޭނާގެ ރޯލްއިން ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ ޝްވެތާ ތިވާރީ ކޮވިޑް19އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިކަމާ ގުޅިގެން އިންޑިއާގެ ނޫސްތަކަށް ދީފައިވާ އިންޓަރވިއުގައި ޝްވެތާ ބުނެފައިވަނީ، މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ބަލީގެ ޢަލާމާތްތައް ފެންނަން ފެށި ކަމަށާއި، ޓެސްޓް ހެދިއިރު ވައިރަސްއަށް ޕޮސިޓިވްވެފައިވާ ކަމަށެވެ.

މިހާރު ސޮނީ ޓީވީ އިން ގެނެސްދޭ ޑްރާމާ ސިލްސިލާ "މެރޭ ޑޭޑްކި ދުލްހަން" ގައި މަސައްކަތް ކުރަމުންދާ ޝްވެތާ ބުނި ގޮތުގައި އޭނާ މިހާރު ހުރީ އަމިއްލަ ގޭގައި ސެލްފް އައިސޮލޭޝަންގައެވެ. ޝްވެތާ އިތުރަށް ބުނެފައިވަނީ، ކުރިޔަށްވުރެ މިހާރު ޙާލު ރަނގަޅު ކަމަށާއި، އޮކްޓޯބަރ މަހުގެ 1 ވަނަ ދުވަހާއި ހަމައަށް އައިސޮލޭޝަންގައި ހުންނަން ޖެހޭ ކަމަށެވެ. އަދި މި މަހުގެ 27 ވަނަ ދުވަހު އިތުރު ޓެސްޓްތައް ހެދުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޝްވެތާ ބުނެފައިވެއެވެ.

އެކްތާ ކަޕޫރު ޕްރޮޑިއުސްކޮށްފައިވާ މި ސީރިޒް، ސްޓާރ ޕްލަސް އިން ގެނެސްދޭން ފަށާފައިވަނީ 2001 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގައެވެ. ދެމަފިރިންގެ ދިރިއުޅުމާއި، ދިރިއުޅުމުގައި ދިމާވާ އެހެނިހެން ކަންތައްތައް ދައްކުވައިދޭ މި ސީރީޒްގެ ޖުމްލަ 1432 އެޕިސޯޑްސް އާންމުންނާއި ހަމަޔަށް ގެނެސްދީފައިވާއިރު މިއީ ދިވެހިންގެ ތެރޭގައި ވެސް ވަރަށް މަޤްބޫލުވެގެން ދިޔަ ސީރީޒްއެކެވެ.

ސަޕޯޓަރުންގެ އެދުމުގެ މަތިން، "ކަސައުޓީ ޒިންދަގީކީ" ގެ ސީޒަން 2 ވެސް މިހާރު ގެނެސްދެމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2020

އަރްޖުންގެ ލޯބިވެރިޔާ މަލައިކާ ވެސް ކޮވިޑަށް ޕޮޒިޓިވް

06 ސެޕްޓެމްބަރު 2020
އަރްޖުންގެ ލޯބިވެރިޔާ މަލައިކާ ވެސް ކޮވިޑަށް ޕޮޒިޓިވް
06 ސެޕްޓެމްބަރު 2020

އަރްޖުން ކަޕޫރް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

06 ސެޕްޓެމްބަރު 2020
އަރްޖުން ކަޕޫރް ކޮވިޑަށް ޕޮޒިޓިވްވެއްޖެ
06 ސެޕްޓެމްބަރު 2020

ހިމާންޝް ކޯލީ އާއި އާއިލާ ކޮވިޑަށް ޕޮޒެޓިވް ވެއްޖެ

06 ސެޕްޓެމްބަރު 2020
ހިމާންޝް ކޯލީ އާއި އާއިލާ ކޮވިޑަށް ޕޮޒެޓިވް ވެއްޖެ
04 ސެޕްޓެމްބަރު 2020

ބެޓްމޭންގެ ތަރި ރޮބާޓް ޕެޓިންސަން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

04 ސެޕްޓެމްބަރު 2020
ބެޓްމޭންގެ ތަރި ރޮބާޓް ޕެޓިންސަން ކޮވިޑަށް ޕޮޒިޓިވްވެއްޖެ
04 ސެޕްޓެމްބަރު 2020

އަމީތާބުގެ ކޭބީސި ސެޓުން ދެ މެންބަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

04 ސެޕްޓެމްބަރު 2020
އަމީތާބުގެ ކޭބީސި ސެޓުން ދެ މެންބަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު