Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޑީ ޗެލްސީއަށް ބަދަލުވުން

ރެނެސްގެ ގޯލްކީޕަރު މެންޑީ ޗެލްސީއަށް

24 ސެޕްޓެމްބަރު 2020 | ބުރާސްފަތި 10:56

މެންޑީގެ ސޮއި ޗެލްސީން ހޯދީ 22 މިލިޔަން ޕައުންޑަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 24 ސެޕްޓެމްބަރު 2020 | ބުރާސްފަތި 10:56
ރެނެސްއަށް ކުޅެމުން އައި ފްރާންސްގެ ގޯލްކީޕަރު އެޑޮއާޑް މެންޑީ

ރެނެސްއަށް ކުޅެމުން އައި ފްރާންސްގެ ގޯލްކީޕަރު އެޑޮއާޑް މެންޑީ

ރެނެސްއަށް ކުޅެމުން އައި ފްރާންސްގެ ގޯލްކީޕަރު އެޑޮއާޑް މެންޑީ ޗެލްސީއަށް ބަދަލުވެއްޖެއެވެ.

ޗެލްސީން މި ޓްރާންސްފާ ބާޒާރުގައި ގޯލްކީޕަރެއްގެ ސޮއި ހޯދީ ޗެލްސީގެ މިހާރުގެ ގޯލްކީޕަރު ސްޕެއިނުގެ ކެޕާ އަރިއްޒަބަލާގާއާ މެދު އެ ޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑް ހިތްހަމަނުޖެހޭތީ ކަމަށް ރިޕޯޓުތައް ބުނެއެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ގޯލްކީޕަރުގެ ގޮތުގައި 2018 ވަނަ އަހަރު ކެޕާ ޗެލްސީއަށް ބަދަލުވީ 71.6 މިލިޔަން ޕައުންޑުގެ ފީއަކަށެވެ. އެކަމަކު ޗެލްސީން ކުޅުނު ގިނަ މެޗުތަކުގެ ކެޕާގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިފައިވާއިރު، ކެޕާއަށް ޗެލްސީގެ ސަޕޯޓަރުންވެސް ނުރުހެއެވެ.

އެއާއެކު ޗެލްސީން އުމުރުން 28 އަހަރުގެ މެންޑީގެ ސޮއި ހޯދީ ރެނެސްއަށް 22 މިލިޔަން ޕައުންޑް ދެއްކުމަށްފަހުއެވެ. ލަމްޕާޑް ވަނީ ޗެލްސީން މެންޑީގެ ސޮއި ހޯދުމަށް އެޓީމުގެ ކުރީގެ ގޯލްކީޕަރު އަދި މިހާރު އެ ކުލަބުގެ ޓެކްނިކަލް ޕާފޯމަންސް އެޑްވައިޒަރު ޕީޓަ ޗެކް މުހިންމު ދައުރެއް އަދާކުރިކަން ހާމަކޮށްފައެވެ. ޗެލްސީގެ ލެޖެންޑެއްގެ ގޮތުގައި ފާހަގަކުރެވޭ ޗެކް މީގެ ކުރިން ޗެލްސީއާ ގުޅުނީ ރެނެސްއަށް ކުޅުމަށްފަހުއެވެ.

ރެނެސް ދޫކޮށް މެންޑީ ޗެލްސީއަށް ބަދަލުވިއިރު، މީގެ ކުރިން ރެއިމްސްއަށްވެސް ކުޅުނު މެންޑީ ވަނީ މިދިޔަ ސީޒަނުގައި ރެނެސްގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އޭނާ ވަނީ މިދިޔަ ސީޒަނުގެ 33 މެޗުގައި ރެނެސްގެ ގޯލް ބަލަހައްޓާފައެވެ. އަދި މި ސީޒަނުގެ ފްރެންޗް ލީގު ފެށިގެން ކުރިއަށްދާއިރު، އޭނާ ޗެލްސީއަށް ބަދަލުވީ ލީގުގެ އެއް މެޗުގައި ރެނެސްގެ ގޯލު ބެލެހެއްޓުމަށްފަހުއެވެ.

ޗެލްސީން މި ސީޒަނަށް މެންޑީގެ ސޮއި ހޯދިއިރު، ޗެލްސީން އަންނަނީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވަމުންނެވެ. އެގޮތުން މިހާތަނަށް އެ ކުލަބުން ވަނީ އަށް ކުޅުންތެރިއެއްގެ ސޮއި ހޯދާފައެވެ. އެއީ މެންޑީގެ އިތުރުން ބަޔާ ލެވަކޫސެނަށް ކުޅެމުން އައި ޖަރުމަންގެ ޒުވާން ތަރި ކައި ހަވާޓްޒް އާއި، ޒުވާން ޑިފެންޑަރު މަލަންގް ސާ އާއި، ލެސްޓާ ސިޓީގެ ޑިފެންޑަރު ބެން ޗިލްވެލް އާއި، އާރްބީ ލެއިޕްޒީގްގެ ފޯވާޑް ޓިމޯ ވާނާ އާއި، އަޔަކްސްގެ ހަކީމް ޒިޔެކް އާއި ޕީއެސްޖީއަށް ކުޅުނު ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާގެ އިތުރުން ނެދަލެންޑްސްގެ ޒުވާން ޑިފެންޑަރު ވިއޭ އެމްބުޔަމްބާއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޗެލްސީން މިހާތަނަށް ވަނީ މި ޓްރާންސްފާ ބާޒާރުގައި 220 މިލިޔަން ޕައުންޑަށްވުރެ ގިނައިން ޚަރަދުކޮށްފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2017

ސިޓީގެ އެއްބަސްވުން އޮޓަމެންޑީ އާކޮށްފި

25 ޑިސެމްބަރު 2017
ސިޓީގެ އެއްބަސްވުން އޮޓަމެންޑީ އާކޮށްފި
06 ޑިސެމްބަރު 2017

ޗެމްޕިއަންސް ލީގު: ގްރޫޕް ސީގެ އެއްވަނަ ރޯމާ އަށް ދެވަނަ ޗެލްސީއަށް

06 ޑިސެމްބަރު 2017
ޗެމްޕިއަންސް ލީގު: ގްރޫޕް ސީގެ އެއްވަނަ ރޯމާ އަށް ދެވަނަ ޗެލްސީއަށް
04 ޑިސެމްބަރު 2017

ފަހު ވަގުތު ގޯލްކީޕަރު ޖެހި ލަނޑުން ބެނެވެންޓޯއަށް ލީގުގެ ފުރަތަމަ ޕޮއިންޓް

04 ޑިސެމްބަރު 2017
 ފަހު ވަގުތު ގޯލްކީޕަރު ޖެހި ލަނޑުން ބެނެވެންޓޯއަށް ލީގުގެ ފުރަތަމަ ޕޮއިންޓް
07 އޮކްޓޯބަރު 2017

ގޯލްކީޕަރުން ތަމްރީން ކުރުމަށް، އޮލިވާ ޚާން ސައުދީއަށް

07 އޮކްޓޯބަރު 2017
ގޯލްކީޕަރުން ތަމްރީން ކުރުމަށް، އޮލިވާ ޚާން ސައުދީއަށް
21 ޖުލައި 2017

ރެއާލް ދޫކޮށްލުމަށްފަހު މޮރާޓާ ޗެލްސީއަށް ސޮއިކޮށްފި

21 ޖުލައި 2017
ރެއާލް ދޫކޮށްލުމަށްފަހު މޮރާޓާ ޗެލްސީއަށް ސޮއިކޮށްފި
16 ޖުލައި 2017

ޗެލްސީއަށް ބަދަލުވުމާ ގާތަށް ޑެނީލޯ ޖެހިލައިފި

16 ޖުލައި 2017
ޗެލްސީއަށް ބަދަލުވުމާ ގާތަށް ޑެނީލޯ ޖެހިލައިފި
17 އެޕްރީލު 2017

ޔުނައިޓެޑް އަތުން ބަލިވެ ޗެލްސީއަށް އިތުރު ހާސްކަމެއް

17 އެޕްރީލު 2017
ޔުނައިޓެޑް އަތުން ބަލިވެ ޗެލްސީއަށް އިތުރު ހާސްކަމެއް
19 މާރިޗު 2017

ޗެލްސީއަށް 13 ޕޮއިންޓުގެ ލީޑެއް، 11 މަހަށް ފަހު ރަށުން ބޭރުގައި ލެސްޓާއަށް މޮޅެއް

19 މާރިޗު 2017
ޗެލްސީއަށް 13 ޕޮއިންޓުގެ ލީޑެއް، 11 މަހަށް ފަހު ރަށުން ބޭރުގައި ލެސްޓާއަށް މޮޅެއް
07 މާރިޗު 2017

ޕްރިމިއާ ލީގު: ވެސްޓްހަމް ބަލިކޮށް ޗެލްސީއަށް 10 ޕޮއިންޓްގެ ލީޑެއް ނަގައިފި

07 މާރިޗު 2017
ޕްރިމިއާ ލީގު: ވެސްޓްހަމް ބަލިކޮށް ޗެލްސީއަށް 10 ޕޮއިންޓްގެ ލީޑެއް ނަގައިފި
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް