Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަތުރުވެރިކަން

ބޮޑުފިނޮޅާ ގުޅިގެން މެންބަރު ވިސާމުގެ ބޮޑު ކަންބޮޑުވުމެއް

23 ސެޕްޓެމްބަރު 2020 | ބުދަ 13:57

ލ. ބޮޑުފިނޮޅަކީ ބޮޑުމިނުގައި 4.6 ހެކްޓަރުގެ ރަށެއް

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 23 ސެޕްޓެމްބަރު 2020 | ބުދަ 13:57
ލާމު ބޮޑުފިނޮޅު

ލާމު ބޮޑުފިނޮޅު

ބޮޑުމިނުގައި 4.6 ހެކްޓަރުގެ ލ. ބޮޑުފިނޮޅަކީ މީގެ 12 އަހަރު ކުރިން ޓޫރިޒަމް ޓްރެއިނިންގ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ޕްރެމިއަ އެކުއިޓީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވާ ރަށެކެވެ.

މި ރަށަކީ ލާމުގެ އެންމެ ރީތި ރަށްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ގުދުރަތީ މުއްސަނދިކަން ލިބިފައިވާ ރަށެކެވެ. 25 އަހަރު ދުވަހަށް ޕްރެމިއަ އެކުއިޓީ ކުންފުންޏަށް ދޫކޮށްފައިވާ މިރަށުގައި މިއަދާ ހަމައަށް ވެސް އެއްވެސް މަސައްކަތެއް ނުކޮށް އޮތް އޮތުމަކީ ލާމު އަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުމެކެވެ.

Advertisement - newsAdvertisement

މިއީ ލ. ގަމުގެ ވެސް އަދި އަތޮޅުގެ ވެސް ޓޫރިޒަމް ކުރިއެރުވުމަށް ވަރަށް މުހިންމު މަޝްރޫއަކަށްވާއިރު، ޓްރެއިނިން ރިސޯޓު ހަދަން ދީފައިވާ ސަރަހައްދު އެއްކޮށް މިހާރު އޮތީ ވީރާނާ ވެފައެވެ. މި ސަރަހައްދު އަލުން ތަރައްގީކޮށް ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް ލާމު އަތޮޅުގެ ރައްޔިތުން ތިބީ ކެތްމަދު ވެފައެވެ. އަދި މިކަމުގައި ގަމު ދާއިރާގެ މެންބަރުގެ ވެސް ކަންބޮޑުވުން އިންތިހާއަށް ވަނީ ގޮސްފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ވިދާޅުވީ، ލ. ގަމަކީ ލޯކަލް ޓޫރިޒަމަށް ފައްކާވަމުން އޭގެ ވިޔަފާރި ކުރަމުން އަންނަ ރަށެއް ކަމަށެވެ. އެގޮތުން ތުނޑީ އަވަށުގެ ގޮނޑުދޮށުން ސަރަހައްދަކާއި، އެ އަވަށާއި ކައިރީގައިވާ ދެ ފަޅު ރަށް އަމިއްލަ ފަރާތަކަށް ދީފައި އޮތްއިރު، އެތަނުގައި އެއްވެސް މަސައްކަތެއް ނުފެށި އޮތުމަކީ ގަމުގެ ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

ވިސާމް ވަނީ ލާމު ބޮޑުފިނޮޅު ތަރައްގީ ނުކޮށް މިހާ ދުވަސް ވަންދެން ދޫކޮށްލާފައި އޮތުމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމުގެ ސަމާލުކަމަށް ވެސް އެކަން ގެންނަވާފައެވެ. މިނިސްޓަރަކާއެކު ވިސާމް ބޭއްވި ބައްދަލުކުރެއްވުމުގައި އެރަށުގައި ޓޫރިޒަމްގެ މަސައްކަތް ވީއެންމެ އަވަހަށް ފެށުމުގެ މުހިންމު ކަމާގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.

ރައްޔިތުންގެ ކުރިއެރުމާއި ގުޅިފައިވާ މިފަދަ ތަންތަން ތަރައްގީވަމުންދާނަމަ އެކަމަކީ އެސަރަހައްދެއްގައި ދިރިއުޅެމުންދާ އެތައް ރައްޔިތަކަށް އެކަމުގެ ނަފާ ލިބިލިބި ހުންނާނެ ކަމެއްކަން ޔަގީނެވެ. ވިސާމް ވިދާޅުވީ ރައްޔިތުންގެ ހައްގެއް ބަންދުކޮށްގެން ލިބޭނެ އެއްވެސް މަންފާއެއް ނޯންނާނެ ކަމަށެވެ.

ރާއްޖޭގެ ރީތި ރަށްތަށް އެ އަތޮޅުތަކުގެ ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުވާ ގޮތަށް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މަހުޖަނުން ދިގު މުއްދަތަށް ނަގައި އެތަންތަނުގައި އެކަށީގެންވާ މަސައްކަތެއް ނުކޮށް ދޫކޮށްލާފައި ހުރުމަކީ ރައްޔިތުން ކަންބޮޑުވާ ކަމެކެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ ގިނަ ސަރަހައްދުތަކެއްގައި ޓޫރިޒަމަށާއި ދަނޑުވެރިކަމަށް އަދި ސިނާއީ ބައެއް މަސައްކަތަށް ދޫކޮށްފައި ހުރި ރަށްތަކުގައި އެއްވެސް މަސައްކަތެއް ނުކޮށް ހުންނަކަން ފާހަގަކޮށްލެވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް