Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުތާޅާފިލި އަލިބެގެ މައްސަލައެއް ބެލުން

ތާޅަފިލި އަލިބެއަށް ޓީޓީ ހޯލަށް ވަނުން މަނާކޮށްފި

22 ސެޕްޓެމްބަރު 2020 | އަންގާރަ 10:55

މައްސަލަ ބަލައި ނިމެންދެން ޓީޓީ އެސޯސިއޭޝަނުގެ އެއްވެސް ކުޅިވަރު ކުޅޭ ތަނެއް ބޭނުންކުރުން ތާޅަފިލި އަލިބެއަށް ވަނީ މަނާކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 22 ސެޕްޓެމްބަރު 2020 | އަންގާރަ 10:55
މިދިޔަ އަހަރުގެ ފުރަތަމަ ޑިވިޝަނުގެ ޑަބަލްސް އަދި މިކްސް ޑަބަލްސްގެ ޗެމްޕިއަންކަން ހޯދި ތާޅަފިލި އަލިބެ

މިދިޔަ އަހަރުގެ ފުރަތަމަ ޑިވިޝަނުގެ ޑަބަލްސް އަދި މިކްސް ޑަބަލްސްގެ ޗެމްޕިއަންކަން ހޯދި ތާޅަފިލި އަލިބެ

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުރީގެ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގެންނެވި އަދި މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ) ގެ މައްސަލައެއް ބަލަމުންދަތީ، ޓީޓީ އެސޯސިއޭޝަނުގެ ކުޅިވަރު ކުޅޭ އެއްވެސް ތަނެއް ބޭނުންކުރުން މަނާކޮށްފިއެވެ.

"ރާއްޖެ.އެމްވީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތާޅަފިލި އަލިބެގެ މައްސަލައެއް ބަލަމުންދާކަން ޓީޓީ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ވަނީ މެސެޖަކުން އަލިބެއަށް އަންގާފައެވެ. އަދި މައްސަލަ ބަލައި ނިމެންދެން ޓީޓީ އެސޯސިއޭޝަނުގެ އެއްވެސް ކުޅިވަރު ކުޅޭ ތަނެއް ބޭނުންކުރުން އަލިބެއަށް މަނާކުރިއިރު، ޓީޓީ ހޯލުގައި ކުޑަކުދިންނަށް ކޯޗު ކޮށްދިނުންވެސް ވަނީ މަނާ ކޮށްފައެވެ.

އެހެންކަމުން އަލިބެ ވަނީ އޭނާގެ އެއްވެސް މައްސަލައެއް ބަލަމުން ދޭތޯ އާއި، ބަލަމުންދާނަމަ އެއީ ކޮން މައްސަލައެއްކަން އަންގައިދިނުމަށް ޓީޓީ އެސޯސިއޭޝަނުގައި ސިޓީއަކުން އެދެފައެވެ. އަދި މިހާތަނަށް އެ ސިޓީއަށް ޓީޓީ އެސޯސިއޭޝަނުން ޖަވާބުދީފައި ނުވާއިރު، ޓީޓީ އެސޯސިއޭޝަނުން މައްސަލައެއް ބަލަން ޖެހޭ ވަރުގެ ކަމެއް ކޮށްފައި ނުވާނެ ކަމަށް އަލިބެ ދެކެވަޑައިގަންނަވައެވެ.

އަލިބެގެ މައްސަލައެއް ބަލަމުން އަންނައިރު، އޭނާ އަކީ ވޭތިވެދިޔަ އެތައް އަހަރެއްގެ ގައުމީ ޓީޓީ ޓީމުގެ ކެޕްޓަންކަން ކުރައްވައި އަދި ފާއިތުވީ ދިގު މުއްދަތުގައި ގިނަ އަހަރުތަކެއްގެ ޗެމްޕިއަނުގެ އިތުރުން މިދިޔަ އަހަރުގެވެސް ފުރަތަމަ ޑިވިޝަނުގެ ޑަބަލްސް އަދި މިކްސް ޑަބަލްސްގެ ޗެމްޕިއަނެވެ. އަދި އަލިބެ އަންނަނީ ކުޑަކުދީންނަށް ކޯޗުކޮށްދެމުންވެސް މެއެވެ.

އަލިބެގެ މައްސަލައެއް ޓީޓީ އެސޯސިއެޝަނުން ބަލަން ފެށިއިރު، މީގެ ކުރިން ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބުގެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުއްވީ އަލިބެއެވެ. އަލިބެ އިންތިޚާބުގެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު އިންސާފުވެރި ދެފުށްފެންނަ އިންތިޚާބަކަށް ހައްދަވާދެއްވުން އެދި ޤާނޫނުގައި ބަޔާންކޮށްފައިވާ ރާއްޖޭގެ ކުޅިވަރާ ބެހޭ އެންމެހައި ފަރާތްތަކަށް ހުށަހެޅުމަށްފަހު، އެކަށީގެންވާ ގޮތެއްގައި އެކަން ކޮށްދެއްވުމަށް އެފަރާތްތަކުން އުޒުރުވެރިވެ، އެހުރިހާ ދޮރެއް ބަންދުވުމުން، އެ ފަރާތްތަކުން އިންސާފު ލިބޭނޭ ކަމަށް ޤަބޫލު ނުކުރެވޭތީ ކަމަށް ވިދާޅުވެއެވެ.

އެކަމަކު ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު ވަގުތީ ގޮތުން ފަސްކޮށްދިނުމަށް އަލިބެ ކޯޓުގައި އެދުނު ނަމަވެސް، ކޯޓުން ވަގުތީ އަމުރެއް ނެރެދީފައެއް ނުވެއެވެ. އެއާއެކު މި މަހުގެ އަށްވަނަ ދުވަހު ވަނީ ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު ބާއްވައި އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް އަލީ ރަޝީދު (އައްޔަ) އިންތިޚާބުކޮށްފައެވެ.

އަލިބެ ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުމެއް މިމަހުގެ 17 ވަނަ ދުވަހަށް ތާވަލު ކޮށްފައިވީ ނަމަވެސް، އިންތިޚާބު ނިމިފައިވުމުން އެ މައްސަލައިގެ މުއާލާތް މިހާރު ކެނޑިފައިވާ ކަމަށް ކޯޓުގައި ވިދާޅުވެ އަލިބެ ވަނީ މިމަހުގެ 16 ވަނަ ދުވަހު އަމިއްލަފުޅަށް އެމައްސަލަ އަނބުރާ ކޯޓުން ނަންގަވާފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

21 މެއި 2017

ޒުވާން ޓީޓީ ޓީމުން ތިން ލޯ މެޑަލް ހޯދައިފި

21 މެއި 2017
ޒުވާން ޓީޓީ ޓީމުން ތިން ލޯ މެޑަލް ހޯދައިފި
12 އެޕްރީލު 2017

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ސިންގަލްސް އިވެންޓުން ރަފާއަށް މޮޅެއް

12 އެޕްރީލު 2017
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ސިންގަލްސް އިވެންޓުން ރަފާއަށް މޮޅެއް
11 އެޕްރީލު 2017

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި

11 އެޕްރީލު 2017
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި
10 އެޕްރީލު 2017

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޓީމް އިވެންޓުގެ އަންހެން އަދި ފިރިހެން ބައިން ރާއްޖެ ކަޓައިފި

10 އެޕްރީލު 2017
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޓީމް އިވެންޓުގެ އަންހެން އަދި ފިރިހެން ބައިން ރާއްޖެ ކަޓައިފި
31 މާރިޗު 2017

ކުޅުންތެރިންގެ އަމާޒަކީ ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުން

31 މާރިޗު 2017
ކުޅުންތެރިންގެ އަމާޒަކީ ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުން
30 މާރިޗު 2017

އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ޓީޓީ ޓީމު ޗައިނާއަށް ފުރައިފި

30 މާރިޗު 2017
އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ޓީޓީ ޓީމު ޗައިނާއަށް ފުރައިފި
18 މާރިޗު 2017

އޮފީސް ކުންފުނި ޓީޓީ މުބާރާތް: ފުރަތަމަ ޑިވިޝަންގެ ތަށި ދިރާގުން މިލްކުކޮށްފި

18 މާރިޗު 2017
އޮފީސް ކުންފުނި ޓީޓީ މުބާރާތް: ފުރަތަމަ ޑިވިޝަންގެ ތަށި ދިރާގުން މިލްކުކޮށްފި
22 ފެބުރުއަރީ 2017

ޓީޓީ ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް މުހައްމަދު ޒީސްތު އަދި އަންހެން ޗެމްޕިއަނަކަށް ރަފާ

22 ފެބުރުއަރީ 2017
ޓީޓީ ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް މުހައްމަދު ޒީސްތު އަދި އަންހެން ޗެމްޕިއަނަކަށް ރަފާ
11 ފެބުރުއަރީ 2017

ޓީޓީއަށް ކުޑަކުދިން އަހުލުވެރި ކުރުމަށް ކޭމްޕެއް ބާއްވައިފި

11 ފެބުރުއަރީ 2017
ޓީޓީއަށް ކުޑަކުދިން އަހުލުވެރި ކުރުމަށް ކޭމްޕެއް ބާއްވައިފި
02 ފެބުރުއަރީ 2017

ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް