Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމް

ހިންނަވަރުގައި ޑައިވިން ދަސްކޮށްދިނުމާއި ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމެއް

ސްކޫލް ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ރަށުގެ ގިނަ ޒުވާނުންތަކެއް ވެސް މި ހަރަކާތުގައި ބައިވެރިވެފައިވޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 22 ސެޕްޓެމްބަރު 2020 | އަންގާރަ 07:44
މޫދާއި ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން

މޫދާއި ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން

ޅ. ހިންނަވަރުގައި ޑައިވިން ދަސްކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާ، މޫދާއި ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމެއް ބާއްވައިފިއެވެ.

މި ޕްރޮގްރާމަކީ ހިންނަވަރު ސޮސް ބޯއިޒް އާއި ކަމަދޫ ޑައިވް އެންޑް ވޯޓަރ ސްޕޯޓްސްގެ އިތުރުން ކޮމްޕްލީޓް މޯލްޑިވްސް.ކޮމް އާއި ގުޅިގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

Advertisement - newsAdvertisement

ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ ތެރެއިން ވަނީ ޑައިވިންގް އަލަށް ދަސްކުރަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ހުޅުވާލަދީ ރަށުގެ ލޯކަލް ބީޗް ސަރަހައްދުގެ މޫދާއި ގޮނޑުދޮށް ސާފު ކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަރަކާތުގައި މުޅި ބީޗު ސަރަހައްދު އެއްކޮށް ސާފުކޮށް، 15 ފަރާތަކުން ޑައިވިންގ ފުރަތަމަ ފަހަރަށް ތަޖުރިބާކޮށްފައިވެއެވެ.

މި ހަރަކާތް ރާވާ، އިންތިޒާމް ކުރި ސޮސް ބޯއިޒްގެ 30 ވަރަކަށް މެމްބަރުންނާއި ކަމަދޫ ޑައިވުން 3 ފަރާތެއް ބައިވެރިވެފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ. އަދި ސްކޫލް ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ރަށުގެ ގިނަ ޒުވާނުންތަކެއް ވެސް މި ހަރަކާތުގައި ބައިވެރިވެފައިވެއެވެ.

ކުރިއަށް އޮތް ތަނުގައި ވެސް މި ފަދަ ހަރަކާތްތައް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

އިތުރަށް ކިޔާލަން

12 ސެޕްޓެމްބަރު 2017

ޑައިވިންއަށް ގޮސް ގެއްލިގެން ހޯދަމުންދިޔަ ދެ މީހުން ފެނިއްޖެ

12 ސެޕްޓެމްބަރު 2017
ޑައިވިންއަށް ގޮސް ގެއްލިގެން ހޯދަމުންދިޔަ ދެ މީހުން ފެނިއްޖެ
30 އޯގަސްޓު 2017

ހިންނަވަރުގައި ޓީވީއެއްގެ ތެރެއިން މަސްތުވާތަކެތި ހޯދައިފި

30 އޯގަސްޓު 2017
ހިންނަވަރުގައި ޓީވީއެއްގެ ތެރެއިން މަސްތުވާތަކެތި ހޯދައިފި
20 އޯގަސްޓު 2017

އެމްޓީސީސީ އާއި ސޭވްދަ ބީޗް ގުޅިގެން ހިރިލަންދޫގައި ސާފުކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

20 އޯގަސްޓު 2017
އެމްޓީސީސީ އާއި ސޭވްދަ ބީޗް ގުޅިގެން ހިރިލަންދޫގައި ސާފުކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި
19 އޯގަސްޓު 2017

މުޅިރަށް ސާފުކުރުމުގެ ޕްރޮގްރާމެއް މަތިވެރީގައި ހިންގައިފި

19 އޯގަސްޓު 2017
 މުޅިރަށް ސާފުކުރުމުގެ ޕްރޮގްރާމެއް މަތިވެރީގައި ހިންގައިފި
06 ޖޫން 2017

މިސަރުކާރުން މިހާތަނަށް 25.5 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކޮށްފައިވާނެ: ތޯރިގް

06 ޖޫން 2017
މިސަރުކާރުން މިހާތަނަށް 25.5 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކޮށްފައިވާނެ: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު