Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޭ ލެވެލް އިމްތިހާނު

ކޮވިޑަށް ޕޮޒިޓިވް ވިޔަސް އޭ ލެވެލް އިމްތިހާނުގައި ބައިވެރިވެވޭނެ، ވަކި އިމްތިހާނު ހޯލެއް އެބަ ޤާއިމުކުރަން: އެޑިޔުކޭޝަން

މާލެ ސަރަހައްދުގައި 4 ސެންޓަރުގައި އިމްތިހާނު ހަދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2020 | ހޯމަ 19:40
އެޑިޔުކޭޝަން މިނިސްޓްރީގެ ޑެފިއުޓީ މިނިސްޓަރު މުހައްމަދު އިހްސާން ނޫސްވެރިންގެ ބައްދަލުވުމުގައި

އެޑިޔުކޭޝަން މިނިސްޓްރީގެ ޑެފިއުޓީ މިނިސްޓަރު މުހައްމަދު އިހްސާން ނޫސްވެރިންގެ ބައްދަލުވުމުގައި

އޭ ލެވެލް އިމްތިހާނު ހަދާ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވިޔަސް އިމްތިހާނުގައި ބައިވެރިވެވޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ހޯމަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ޑެފިއުޓީ މިނިސްޓަރު މުހައްމަދު އިހްސާން ވިދާޅުވީ ކޮވިޑަށް ކުއްޖަކު ޕޮޒިޓިވްވި ކަމުގައިވީ ނަމަވެސް ހާލު ރަނގަޅު ކަމަށްވާނަމަ އިމްތިހާނު ފޯރުކޮށްދިނުމުގެ ވަސީލަތްތައް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

މާލެ ސަރަހައްދުގައި 4 ސެންޓަރުގައި އިމްތިހާނު ހަދާނެ ކަމަށާއި ވަކި އިމްތިހާނު ހޯލެއް ޤާއިމު ކުރުމުގެ މަަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަމަށް ބޭނުންވާ ގައިޑްލައިންތަކާއި އެސްއޯޕީތައް ވެސް އެކުލަވާލާފައިވާ ކަމަށް ޑެފިއުޓީ މިނިސްޓަރު މުހައްމަދު އިހްސާން ވިދާޅުވިއެވެ.

ވައިރަސްއަށް ޕޮޒިޓިވްވާ ކުދިންގެ އިތުރުން ކަރަންޓީނުވާ ކުދިންނަށް ވެސް އިމްތިހާނު ފޯރުކޮށްދޭނީ ވަކި އިމްތިހާނު ހޯލެއްގައި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުންޏެވެ.

ޑެފިއުޓީ މިނިސްޓަރު މުހައްމަދު އިހްސާން ވިދާޅުވީ ރާއްޖޭގައި 33 ސެންޓަރެއްގައި އިމްތިހާނު ހެދޭނެ ކަމަށާއި ކޮންމެ ރަށެއްގައި ވެސް އިމްތިހާނު ފޯރުކޮށްދޭނެ ވަސީލަތްތައް ޤާއިމުކޮށްފައިވާ ކަމަށެވެ. އަދި ރަށެއްގައި ވެސް ކުއްޖަކު ޕޮޒިޓިވްވެ ނުވަތަ ކަރަންޓީނަށް ގޮސްފިކަމަށްވާނަމަ އެހެން ކުދިންނާއި ވަކިން އިމްތިހާނު ހެދޭނެ ހޯލުތައް ޤާއިމު ކޮށްފައިވާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑެފިއުޓީ މިނިސްޓަރު މުހައްމަދު އިހްސާން ވިދާޅުވީ ސީއެޗްއެސްސީން ގިނަ އަދަދެއްގެ ކުދިން މިފަހަރު އޭލެވެލް އިމްތިހާނުގައި ބައިވެރިވާ ކަމަށެވެ. އެހެންކަމުން އެ ކުދިންނަށް ސީއެޗްއެސްސީ ފިޔަވާ އިސްކަންދަރު ސްކޫލު، އަރަބިއްޔާ ސްކޫލުގައި ވެސް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތަށް ހަމަޖެއްސީ ގައިދުރުކަން ބެހެއްޓުމުގެ ގޮތުން ކަމަށް ވެސް ވިދާޅުވިއެވެ.

ޑެފިއުޓީ މިނިސްޓަރު މުހައްމަދު އިހްސާން އިތުރަށް ވިދާޅުވީ އިމްތިހާނު އޮފިޝަލުންނަށް ތަމްރީނު ފޯރުކޮށްދިނުމުގެ މަސަައްކަތް މިހާރު ކުރަމުންދާ ކަމަށާއި ކޮންމެ ރަށެއްގައި ވެސް މަދުވެގެން ދެ އޮފިޝަލުން ތަމްރީނު ކުރާނެ ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިހެން ބުނެފައިވާއިރު މި އަހަރުގެ އޮކްޓޯބަރ/ނޮވެމްބަރު މަހު ބާއްވާ އޭލެވެލް އިމްތިހާނު ހަދާ ސެންޓަރު ހުރި ރަށަކަށް ދިއުމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕިއީ) އިން ވަނީ އެދިފައެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕިއީ) އިން ވަނީ ކޮވިޑް-19 އާއި ގުޅިގެން އިމްތިޙާނު ހަދާ ސެންޓަރު ހުރި ރަށް ނޫން އެހެން ރަށް ރަށުގައި ތިބި ދަރިވަރުން، މި އަހަރުގެ އޮކްޓޯބަރ/ނޮވެމްބަރ މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އައިއޭއެޓް އެޑެކްސެލް އޭލެވެލް އިމްތިޙާނު ހެދުމަށްޓަކައި، އެ ކެންޑިޑޭޓަކު އިމްތިޙާނު ހަދާ ސެންޓަރ ހުރި ރަށަށް މި ހިނގާ ސެޕްޓެންބަރު 27 ވާ އާދީއްތަ ދުވަހުގެ ކުރިން ދިއުމަށް އިލްތިމާސް ކޮށްފައެވެ.

ޑީޕީއީން މިގޮތަށް އަންގާފައިވާ އިރު، ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ފެށުމާއި ގުޅިގެން ގިނަ ދަރިވަރުން ވަނީ ރަށަށް ގޮސްފައެވެ.

އިތުރަށް ކިޔާލަން

26 މާރިޗު 2017

އެޗްވަންއެންވަންގެ ބިރު: ސްކޫލްތައް ހުޅުވިޔަސް ހާޒިރީ ވަރަށް ދަށް!

26 މާރިޗު 2017
އެޗްވަންއެންވަންގެ ބިރު: ސްކޫލްތައް ހުޅުވިޔަސް ހާޒިރީ ވަރަށް ދަށް!
25 މާރިޗު 2017

އެޗްވަން އެންވަން ޖެހިގެން އިތުރު މީހަކު މަރުވެ، އިތުރު ނުވަ މީހަކު ޕޮޒިޓިވް ވެއްޖެ

25 މާރިޗު 2017
އެޗްވަން އެންވަން ޖެހިގެން އިތުރު މީހަކު މަރުވެ، އިތުރު ނުވަ މީހަކު ޕޮޒިޓިވް ވެއްޖެ
25 މާރިޗު 2017

ރޯގާއާ ގުޅިގެން އިއުލާނު ކުރި ކުއްލި ހާލަތު އަދިވެސް އޮތީ ލެވެލް ތިނެއްގައި!

25 މާރިޗު 2017
ރޯގާއާ ގުޅިގެން އިއުލާނު ކުރި ކުއްލި ހާލަތު އަދިވެސް އޮތީ ލެވެލް ތިނެއްގައި!
20 މާރިޗު 2017

އެޗްވަންއެންވަން ވައިރަސް ޖެހިގެން އަނެއްކާ ވެސް މީހަކު މަރުވެ، އިތުރު 24 މީހުން ވައިރަސް ޕޮޒިޓިވް ވެއްޖެ

20 މާރިޗު 2017
އެޗްވަންއެންވަން ވައިރަސް ޖެހިގެން އަނެއްކާ ވެސް މީހަކު މަރުވެ، އިތުރު 24 މީހުން ވައިރަސް ޕޮޒިޓިވް ވެއްޖެ
15 މާރިޗު 2017

އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 82 އަށް އަރައިފި

15 މާރިޗު 2017
އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 82 އަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު