Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފިޔާ އަގުބޮޑުކޮށް ވިއްކުން

ފިޔާގެ އަގު ބޮޑުވާންޖެހޭ ސަބަބެއްނެތް، ނަމަވެސް އަގު އުފުލިއްޖެ!

ފިޔާ ކިލޯއެއްގެ އަގު އުޅެނީ 25 އާއި 40 ދެމެދުގައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 21 ސެޕްޓެމްބަރު 2020 | ހޯމަ 12:19
ފިޔާ

ފިޔާ

ރާއްޖެއަށް ފިޔާ އިމްޕޯޓް ކުރުމުގައި އެއްވެސް ދަތިކަމެއް ދިމާ ނުވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވަނިކޮށް ފިހާރަތަކުގައި ފިޔާާ ވިއްކާ އަގު އުފުލިއްޖެ އެވެ.

ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު ހުރީ 25 ރުފިޔާ އާއި 40 ރުފިޔާ އާ ދެމެދުގައެވެ.

ބައެއް ވިޔަފާރިވެރިން ބުނެފައިވަނީ ފިޔާ ވިއްކާއަގު ބޮޑުވެފައި މިވަނީ ފިޔާ ލިބުގައި ދަތިތަކެއް ދިމާވަމުންދާތީ ކަމަށެވެ. އަދި ބާޒާރުމަތީ ބައެއް ފިހާރަތަކުގައި ފިޔާނެތްކަންވެސް ފާހަގަ ކޮށްލެވެއެވެ.

ރާއްޖޭގައި ފިޔާލިބުން ދަތިވެފައިވާ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެފައިވާއިރު އަނެއްބައި ވިޔަފާރިވެއރިން ބުނަމުންދަނީ ފިޔާ ލިބޭ ކަމަށާއި އަގުބޮޑުކޮށް ފިޔާ ވިއްކަމުންދަނީ އިންޑިއާގައިވެސް ފިޔާގެ އަގު އުފުލިފައިވުމުގެ ސަަބަބުން ރާއްޖެ އިމްޕޯޓްކުރާ ފިޔަލުގެ އަގު އުފުލިފައިވުމުން ކަމަށެވެ.

އާންމު ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ވިޔަފާރިވެރިން ދަނީ ގުދަންތަކުގައި ފިޔާ ރައްކައުކޮށްފައި ބަހައްޓައިގެން ފިހަާރަތަކަށް ދުވާލަކަށް ވަކި އަދަދަކަށް ފިޔާނެރެ އަގުބޮޑުކޮށް ވިއްކަމުނެވެ.

އިންޑިއާގެ ބައެއް ސަރަހައްދުތަކަށް ވިއްސާރަ ކުރުމާއި ގުޅިގެން ފިޔާގެ ސަޕްލައިއަށް ދަތިތަކެއް ކުރިމަތިވުމުންން މިދިޔަ ހޯމަ ދުވަހުން ފެށިގެން އެގައުމުން ވަނީ ފިޔާ އެކްސްޕޯޓް ކުރުން މަނާކޮށްފައެވެ. ބައެއް ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ފިޔާގެ ސަޕްލައި އަށް ދަތިތަކެއް ކުރިމަތިވެފައިވެއެވެ.

އިންޑިއާ އިން ފިޔާ އެކްސްޕޯޓް ކުރުން މަނާކުރި ނަމަވެސް ޚާއްސަ ހުއްދައެއްގެ ދަށުން ރާއްޖެއަށް އެއްވެސް ދަތިކަމެއް ނެތި ފިޔާ ލިބެމުންދާނެކަމުގެ ޔަޤީންކަން ދެ ޤައުމުގެ ސަރުކާރުންވެސް ދީީފައިެވއެވެ.

އިތުރަށް ކިޔާލަން

17 މެއި 2017

ވިލާ ގޭހުގެ އަގުހެޔޮކޮށްފި

17 މެއި 2017
ވިލާ ގޭހުގެ އަގުހެޔޮކޮށްފި
17 މެއި 2017

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

17 މެއި 2017
މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން
15 މެއި 2017

ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް

15 މެއި 2017
ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް
09 މެއި 2017

ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ

09 މެއި 2017
ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ
22 އެޕްރީލު 2017

ކާޑުގެ ބާވަތްތައް އަގު ހެޔޮ ކުރުން – ރައްޔިތުން ގުނބޯ ހެއްދުން؟

22 އެޕްރީލު 2017
ކާޑުގެ ބާވަތްތައް އަގު ހެޔޮ ކުރުން – ރައްޔިތުން ގުނބޯ ހެއްދުން؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު